02 ޖުލައި 2023 - 11:12
ދުވާލަކު ކިޔޭ ޓުވީޓްތަކުގެ އަދަދަށް ވަގުތީ ލިމިޓެއް ކަނޑައަޅާފައިވާ ކަމަށް ޓުވިޓާގެ ވެރިފަރާތް އަދި މަހުޖަން އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
މަސްކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިފައި ނުކުރާ އެކައުންޓްތަކުން ދުވާލަކު 1،000 ޓުވީޓް ކިޔޭ ގޮތަށް ލިމިޓެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އަލަށް ހަދާ އެކައުންޓްތަކުގެ ލިމިޓަކީ 500 އެވެ. އަދި "ވެރިފައިޑް" ސްޓޭޓަސް ލިބިފައިވާ އެކައުންޓްތަކަށް މިވަގުތު ލިމިޓްކޮށްފައި ވަނީ ދުވާލަކަށް 10،000 ޓުވީޓެވެ.
Now to 10k, 1k & 0.5k
— Elon Musk (@elonmusk) July 1, 2023
މަސްކް އެންމެ ފުރަތަމަ ކަނޑައެޅުއްވީ އެއަށް ވުރެ ވެސް ކުޑަ ލިމިޓްތަކެކެވެ. ނަމަވެސް އެކަން އިއުލާންކުރެއްވިތާ ގަޑިއެއްހާއިރުގެ ތެރޭގައި އޭނާ ވަނީ އެ އަދަދުތަކަށް ބަދަލު ގެންނަވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ވަގުތީ ލިމިޓްތަކަކީ "ޑޭޓާ ސްކްރޭޕިން އާއި ސިސްޓަމް މެނިޕިއުލޭޝަން"ގެ ކަންކަން ހައްދުފަހަނައަޅާފައި ވާތީ އެކަންކަން ހައްލުކުރުމަށް ކުރި ކަމެކެވެ.
"ސިސްޓަމް މެނިޕިއުލޭޝަން" އޭނާ މާނާކުރެއްވި ގޮތެއް ތަފުސީލެއް ނުކޮށްދެއްވަ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާ މާނަކުރައްވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން ބޮޑެތި ލޭންގުއޭޖް މޮޑެލްތައް ތަމްރީނުކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ޑޭޓާ ސްކްރޭޕް ކުރުމެވެ.
މި ބަދަލާ ގުޅިގެން ޓުވިޓާ ބޭނުންކުރާ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަސްކްއަށް އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެނިހެން
05 July 2023
މަސްކު މަނިކްފާން ތި ކަންތަ ތި ކުޅައީ ރަނގަޅަށް، މަމެން މި ރާއްޖޭގަވެސް ޓުވިޓާގަ ޒުވާބުކުރާ ކުދިން ކޮޅު 24 ގަޑިއިރު އެނޫން ކަމެއް ނުކުރޭ. ހުސް ޓުވީޓު ކޮށްފަ ޒުވާބު ކުރަނީ. ނުވިތާކަށް މަމެން ގައުމުގެ ސަރުކާރުވެސް ހިންގަނީ ޓުވިޓާގަ. ބަރާބަރު މަނިއްކްފާން އެއް.
ކޮރަލް
02 July 2023
މަސްކް ޓްވިޓާ ގަތީ ވ އަގު ބޮޑޫ ކޮށެވެ. ދެން ހަރަދު ކުރި ފައިސާ ބޭނުން ކުރާ މީޙުން އަތުން ހޯދާނެ ގޮތް ތަކެއް ހޯދަނީ އެވެ.