ކުޅިވަރު

މިސްޓަ މޯލްޑިވްސް ޔާންބެ އާއި ސްޕޯޓްސް ފިޒީކް އަޒްނީނަށް ރެކޯޑެއް

ރޭ ބޭއްވި ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން މުބާރާތުގައި މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ހޯދި ޔާންބެ (ވ) އާއި ބޮޑީބިލްޑިން ސްޕޯޓްސް ފިޒީކް ކެޓަގަރީން ޗެމްޕިއަންކަން ހޯދި އަޒްނީން (ކ) ޓައިޓަލް އުފުލާލަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑިން މުބާރާތުގެ ބޮޑީ ބިލްޑިން ކެޓަގަރީ ނުވަތަ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ވިދިވިދިގެން ތިންވަނަ ފަހަރަށް މުހައްމަދު ޔާމީން (ޔާންބެ) ހޯދައިފި އެވެ.

ސްޕޯޓްސް ފީޒީކް ކެޓަގަރީން ޗެމްޕިއަންކަން ހޯދީ މިދިޔަ ތިން އަހަރު ވެސް އެ އެވޯޑް ދިފާއު ކުރި އަޒްނީނު ރަޝާދެވެ.

މިއީ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ޔާންބެ ހޯދި ހަތަރުވަނަ ފަހަރެވެ.

ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ބޭއްވި އިވެންޓްތަކުގައި ދެ ކެޓަގަރީން ދެ އެތުލީޓުން ހޯދި ޓައިޓަލް އާއެކު ޔާންބެ އާއި އަޒްނީން ވެސް ވަނީ އެންމެ ގިނަ ފަހަރު އެ އެވޯޑްތައް ހޯދި ބޮޑީބިލްޑަރުންގެ އެވޯޑް ހޯދައިފަ އެވެ. މީގެ ކުރިން ހަތަރު ފަހަރަށް މި ދެ އެވޯޑް އެހެން މީހަކަށް ލިބިފައެއް ނެތެވެ.

ޔާންބެގެ ހަށިގަނޑު ސްޓޭޖުގައި ދައްކާލަނީ: އޭނާ ވަނީ ހަތަރުވަނަ ފަހަރަށް މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ހޯދާފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރީގެ ބޮޑީ ބިލްޑަރުން ކަމަށްވާ އާދިލް އާއި މުހައްމަދު ރަޝީދު (ރަޗޭ) ވަނީ ކޮންމެ ބޮޑީ ބިލްޑަރަކު ތިން ފަހަރު މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ހޯދައިފަ އެވެ.

ވިދިވިދިގެން ތިންވަނަ ފަހަރު އެ ޓައިޓަލް ހޯދުމުގެ ކުރިން ޔާންބެ ވަނީ 2017 ގައި ވެސް މިސްޓަ މޯލްޑިވްސް ޓައިޓަލް ކާމިޔާބު ކުރި އެވެ.

އޭގެ ޖެހިގެން އައި އަހަރު މުބާރާތް ނުބާއްވަ އެވެ. އަލުން 2019 ގައި ބޭއްވި މުބާރާތުގެ މިސްޓަ މޯލްޑިވްސް ޓައިޓަލް ހޯދީ ގިޔާސް އިބްރާހިމެވެ. ކޮވިޑްގެ ހާލަތު ކަމަށްވުމުން 2020 ގައި މުބާރާތް ނުބާއްވަ އެވެ.

މިސްޓަ މޯލްޑިވްސްގެ ޓައިޓަލްއާއެކު ޔާންބެ: އޭނާ ވަނީ ވިދިވިދިގެން އެ ޓައިޓަލް ހޯދާފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު 2021 އަދި 2022 ގައި އަނައްކާ ވެސް ޔާންބެ ވަނީ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ހޯދައިފަ އެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ބޮޑިބިލްޑިން ޗެމްޕިއަންޝިޕްގައި ފައިނަލަށް ނުދެވުނަސް އެކަމުގެ ހިތްދަތިކަމުން ޔާންބެ އަރައިގަތީ މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ޗެލެންޖް ބޮޑު ބޮޑީބިލްޑިން ސުޕަ 90 ކިލޯގެ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދައިގެންނެވެ.

މި އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި 2022 ގެ އެތުލީޓް އޮފް ދި އިއާގެ އެވޯޑް ހޯދި އަޒްނީން ވިދިވިގެން ހަތަރުވަނަ ފަހަރު ހޯދުމުން އޭނާ ވެފައި ވަނީ ސްޕޯޓްސް ފީޒީކް ކެޓަގަރީގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓަށެވެ.

ސަޕޯޓްސް ފިޒީކް ކެޓަގަރީން ހަތަރުވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން، އަޒްނީން ވަނީ މިދިޔަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދައިފަ އެވެ. އޭނާ އަކީ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން އެތުލީޓެވެ.

ދެން ޔާންބެ އާއި އަޒްނީނަށް ވެސް އޮތީ އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ސައުތު އޭޝިއަން ބޮޑި ބިލްޑިން ޗެމްޕިއަންޝިޕެވެ. އެ މުބާރާތް ވެސް އޮންނާނީ ސޯޝަލް ސެންޓަރު އިންޑޯ ހޯލްގަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454