ބީއެމްއެލްގެ އެހީގައި ށ. މިލަންދޫގެ ސްކޫލުގައި ގާއިމުކުރި ރީޑިން ޕާކުގައި އެ ސްކޫލްގެ ދަރިވަރުންތަކެއް ފޮތެއް ކިޔަނީ. -- ފޮޓޯ: ބީއެމްއެލް
05 ޖުލައި 2023 - 12:40
ށ. މިލަންދޫ ސްކޫލުގައި، ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ދީގެން އައުޓްޑޯ ރީޑިން ޕާކެއް ހުޅުވައިފި އެވެ.
އެ ޕާކަކީ އެ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސްކޫލް ދަރިވަރުންގެ މެދުގައި ކިޔުންތެރިކަމަށް ޝައުގު އުފެއްދުމުގެ ގޮތުން ތަރައްގީކުރި ޕާކެކެވެ. މި ޕްރޮޖެކްޓު ކުރިއަށް ގެންދިޔައީ މިލަންދޫ ސްޕޯޓްސް ކްލަބުންނެވެ.
އެ ކްލަބުގެ ނައިބު ރައީސް އަހުމަދު ސަމީހު ވިދާޅުވީ އެ ޕާކުގެ ސަބަބުން ދަރިވަރުންނަށް ކިޔުންތެރިކަމުގެ މުހިންމުކަން ދަސްވެ، ކިޔުންތެރިކަމަށް ލޯބި އުފެދި، ހިތްގައިމު މާހައުލެއްގައި އެކަން ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީދޭ ފަންޑެކެވެ. މި ފަންޑުން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 90 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
މި ފަންޑުގެ ދަށުން މި އަހަރުގެ ފުރަތަމަ ފިޔަވަހީގައި އެހީ ހޯދުމަށް ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ދަށުން ފަންޑު ކާމިޔާބުކުރި 10 ޕްރޮޕޯޒަލް ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
06 July 2023
އޭ، މި ބީރަށްޓެހި ކުދިން މަހަށް ދާން ނޫޅެ، މާލޭ ކުދިން އުޅޭ ގޮތަށް މި އުޅެނީ ކީއްވެގެން؟ 75 އަހަރުވީ ޝުކޫލެކޭ؟ 75 އަހަރު ކުރިން ހުރީ އެދުރުދައިތަގެ. ޝުކޫލެއް ނޫން.
ނަސީމާ.
05 July 2023
މުޅި ށ.އަތޮޅަކީވެސް ޑިމޮކްރެޓްސް ގެ އަތޮޅެއް.