ހަަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ. އެ ސްކޮލާޝިޕްތައް ދޫކޮށްފައި ވަނީ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް އަދި ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސްގެ ދެ ދާއިރާއަށް -- ފޮޓޯ: މިހާރު
06 ޖުލައި 2023 - 17:49
ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް 200 ސްކޮލާޝިޕް ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ދީފި އެވެ.
ސަރުކާރުން ހަރަދުކުރާ ގޮތަށް އެ ސްކޮލާޝިޕަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ސްކޮލާޝިޕްތައް ދެނީ ދެ ކެޓެގަރީއަކުންނެވެ.
އެއީ ޕަބްލިކް ސެކްޓާއަށް ހުޅުވާލައިގެން ދިން 50 ޖާގަ އާއި އޯޕަން ކެޓެގަރީއަށް ހުޅުވާލާ 152 ޖާގަ އެވެ.
އެ ސްކޮލާޝިޕް ސްކީމް ހާއްސަކޮށްފައިވަނީ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) އަދި ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (CIMA) ދާއިރާއަށެވެ.
- ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
- އެނުއަލް ސަބްސްކްރިޕްޝަން ފީ
- އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
- އެގްޒާމް ފީ
- މެމްބާޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާ ނަމަ)
- އެޕްލިކޭޝަން ފީ
- ބުކް އެލަވަންސް
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
- އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި އެހެން ހުރިހާ ހަރަދެއް
މިނިސްޓްރީން ބުނީ ސްކޮލާޝިޕަށް ހޮވުނު ބައިވެރިން ދެ އަހަރު ދުވަސް ތެރޭ ކިޔަވައި ނިންމަން ޖެހޭނެ ކަމަށާއި ކިޔަވައި ނިންމުމަށްފަހު ދެ އަހަރު ދުވަހަށް ރާއްޖޭގައި ހިދުމަތް ކުރަން ޖެހޭނެ ކަމަށެވެ
މިއީ އެ ދާއިރާއިން ސްކޮލާޝިޕަށް ހުޅުވާލި ދެވަނަ ބުރެވެ. ފުރަތަމަ ބުރުގައި 173 ކުދިންނަށް ވަނީ ސްކޮލާޝިޕް ދޫކޮށްފަ އެވެ. އެ ކުދިން މިހާރު އަންނަނީ ކިޔަވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބައިތަ
08 July 2023
ކޮބައިހޭ އައިޓީ ދާއިރާ. މި ގައުމުގައި މިއުޅެނީ ރަނގަޅަށް ކޯޑުކޮށްގެން އެއްޗެއް ލިޔަން ދަންނަ މީހަކު ނެތިގެން ނޫންތަ! އޮފީސްތައް މިހިންގެނީ އިހުގައި ޚިދުމަތްދިން ގޮތާ މާކަބޮޑު ތަފާތެއް ނެތި ނޫންތަ! ގިނަ އޮފީސްތަކުގައި ރަނގަޅު ފެންވަރުގެ އައިޓީ މީހަކު ނުވެސް ނެތް. އޭގެ އެންމެ ރަނގަޅު މިސާލަކަށް އައިޑީކާޑު ހަދަން މި އުފުލަންޖެހޭ ތަކުލީފުވާނެ. އޮފީސްތަކުގައި ކޮމްޕިއުޓަރުތަކެއް ހުއްޓެއް ކަމަކު އެއީ ހަމަ ކޮމްޕިއުޓަރ ޓައިޕްރައިޓަރެއް ނޫންތަ!
ކަތްދައްތަ
06 July 2023
މިގައުމުގެ ދަރިންނަށް ތިޔަ ކިޔަވައިދޭ އެކައުންޓިންގެ ސިލަބަސް ރައްޔިތުންނަށް ދައްކަބަލަ. މުޅިގައުމުގަ ވަގުން މިއުފެދެނީ. މަ ނުބުނަން 200 ވަގުން އުފައްދާށެކޭ ތިޔަ އުޅެނީ. އެކަމު ވައްކަންކޮށް ޚިޔާނާތްވީމަ އެކޮނޮމިސްޓް ބޭލީ. ދެން މިގެނައީ އިގުތިސޯދީ ސީކުރެޓް ރެސިޕީއެއް ގެންގުޅޭ މީހެއް. އެކަމު އެކައުންޓް ބަލަހައްޓާ ކުދިން ޕެޓީއާ ފައިކޭޓު ކޭސް ގެ ގޮތުގަ މިލިޔަނުން އެދަވާލަނީ. މިކަހަލަ ކިތައް އެކައުންޓްތޯ މިގައުމުގަ އެހެން އެދަވާލަނީ.
ތިމަރަ
06 July 2023
ބޭނުންބަޔަކަށް ތިޔަ ކިޔެވުމުގެ ލޯނުވެސް ތިދިނީ
އޮނަރަބްލް އަފީފު ދީދީ
06 July 2023
ކޮމާޝަލް ޕައިލެޓުންޏާއި އެކައުންޓިންގ ދާއިރާއިން މީހުން ތަމްރީނު ކުރަމުންދަނީ "ސަޓިފިކޭޓުން މުައްސަނދި ޤައުމަކަށް" ރާއްޖެ ހަދާ ގީނިސްބޫކް އޮފް ދި ވޯލްޑް ރެކޯޑްސް އަށް އެރުމުގެ ބޭނުމަށްތޯ. # ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ 200 ވަރަކަށްތަން ހުރިއިރު މިތަންތަނުގެ އެކައުންޓްސް ދާއިރާއާއި މަތިންދާބޯޓް އޮޕަރޭޓްކުރާ ޤައުމީ އެއަރލައިން ކުންފުނި މޯލްޑިވިއަންގެ އިތުރުން މަންޓާ، ވިލާ އަދި TMA ގައި ބިދޭސިން ތިބިވަރުު ބޭޅާއަށް އެގިވަޑައިގަނޭތޯ؟