"ވަންގަވް" ޕޯޓަލް ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
10 ޖުލައި 2023 - 16:00
މި ވެރިކަމަށް އައި އިރު، ދައުލަތުގެ އިދާރާތަކުގެ މެދުގައި މުއާމަލާތްކުރަން ބޭނުންކުރާ ޖެމްސް ނިޒާމު އޮތީ އައިސީޔޫގައި ކަމަށް، ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ހުރިހާ އިދާރާއަކުން އާއްމުން ހިދުމަތް ހޯދުމަށް އޮންލައިން ޕޯޓަލް، "ވަންގަވް" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ ސަރުކާރުގެ އެއް އިދާރާއަކުން އަނެއް ތަނަކަށް ފޮނުވާ ސިޓީތައް ޑްރާފްޓްކޮށް ނުފޮނުވި ދެ ތިން ދުވަސް ފާއިތުވެދާނެ ކަމަށެވެ. އެކަމުގެ ޝަކުވާތައް އެކި ފަރާތްތަކުން ދިޔައީ ހިއްސާކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ 13 އަހަރު ކުރިން، 2010 ވަނަ އަހަރު ލޯންޗުކުރި ޖެމްސް އޮތީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރު އައިއިރު އައިސީޔޫގަ އެވެ. އެހެންވެ، އޭނާ ޓެކްނޮލޮޖީ މިނިސްޓަރުކަމަށް ވަޑައިގެން އެންމެ އިސްކަންދެއްވި އެއް ކަމަކީ ސަރުކާރަށް ފޮނުވާ ސިޓީތަކަށް އަވަހަށް ޖަވާބު ދިނުމުގައި ލުއި ފަސޭހަތަކެއް ހަމަޖައްސައިދިނުން ކަން ފާހަގަކުރެއްވި އެވެ.
ޝައުނާ ވިދާޅުވީ އިދާރާތަކަށް ފޮނުވާ ސިޓީތައް، މިނިސްޓަރުންނަށް ޖެމްސް އިން ފަސޭހައިން ފެންނާކަށް ނުހުރެ އެވެ. އެ ސިސްޓަމަށް އަލަށް ގެނައި ބަދަލަކީ، މިނިސްޓަރުން އަދި ތަންތަނުގެ ވެރިންނަށް، އެ މިނިސްޓްރީ ނުވަތަ އިދާރާއެއްގެ މުވައްޒަފުންނަށް ހަވާލުކޮށްފައި ހުންނަ މަސައްކަތްތައް އަދި ޖަވާބުދޭ މިންވަރު ބެލޭނެ ގޮތެކެވެ.
ފަސް މިނިސްޓްރީއަކާއެކު ޖެމްސްގެ ފަހުގެ އަޕްޑޭޓު އަންނަނީ ތަޖުރިބާކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ތަނުގެ އަމާޒަކީ ސަރުކާރުގެ 400 އެއްހާ އިދާރާ، ޖެމްސްގެ އާ ނިޒާމުގެ ތެރެއަށް ވެއްދުމެވެ.
ޖެމްސް އަދި އާއްމުންނަށް ހިދުމަތް ދޭ "ވަންގަވް" އާއެކު ޑިޖިޓަލް ރާއްޖެއަކަށް ދާއިރު މައުލޫމާތުގެ ރައްކާތެރިކަމަށް ވިސްނަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ސައިބަ ސެކިއުރިޓީ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތްކުރާއިރު، ޑޭޓާ ޕްރައިވެސީ އަދި ޕްރޮޓެކްޝަން ބިލަށް އާއްމުންގެ ހިޔާލު ހޯދަން ވަނީ ފަށައިފަ އެވެ.
ޑިޖިޓަލް ރާއްޖެއަށް ހެދުމަށް ކުރާ މަސައްކަތް ފުރިހަމަވާނީ، ޝައުނާ ވިދާޅުވި ގޮތުގައި، އެ ގާނޫނުތަކާއެކުގަ އެވެ.
އައިޓީ ދާއިރާގެ މުވައްޒަފުން މަގާމުގައި ދެމެހެއްޓުމަށް އުނދަގޫ ކަމަށާއި އެންސީއައިޓީގައި ތިބީ އަތުން ގުނާލެވޭ ފަންނީ މުވައްޒަފުން ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ. ނަމަވެސް، މުސާރަ ބޮޑުކޮށް، އެންއައިސީޓީގެ ބަޖެޓު 122 ޕަސެންޓަށް އިތުރުކޮށް މުވައްޒަފުންގެ އަދަދު 38 އަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާދައިތަ
11 July 2023
މި ސަރުކާރުން 5 އަހަރުވަންދެން ހުރިހާއެއްޗެއް އައިސީޔޫގަ ބާއްވާފަ ކުއްލިއަކަށް ގަދަވެގެން މި ނިކުންނަންފެށީ އެ "10 އަހަރު" ކީއްހޭ ކުރީ؟؟؟؟؟؟؟؟
ބޮޑުމީހާ
11 July 2023
މިސަރުކާރާއި ހަމައަށް ދަރަނި އޮތީ 40 ބިލިއަން. މިއަދު 110 ބިލިއަން. ސިޔާސީ މަގާމު 400..މިއަދު 1400.
ހަސަދު
11 July 2023
މިސަރިކާރުވެސް އަސީޔޫގައި ނޫންތޯ
ދެބަންދިހާރު
11 July 2023
ނަސީބެއްނު އައިސީޔޫގަ ވެސް އޮތްކަން. އައިސީޔޫގެ ފެންވަރު ރަނގަޅީ
މިނިސްޓަރ ޝައުނާ
11 July 2023
މިނިސްޓަރަށް ވެދުން ސަލާމަށްފަހު ދަންނަވަން ޖެމްސް އިން ނަންބަރެއް ނަގަން ހުޅުވާލީމަ އެނބުރި އެނބުރި އިންނަތާ 02 ދުވަސް. މާބޮޑަށް ހޫނު ދުވަހެއް ނަމަ ނުވެސް ހުޅުވޭ. މިހާރު ތިބުނާ ޖެމްސް އޮތީ ކޯމާއެއްގައި. ހީވަނީ ދެން އެފަކީރު ހޭލާނީ އަންނަ ދައުރުގަހެން
ަސޭޑް
11 July 2023
މިއީ ހުޅަނގުގެ ޕަޕެޓެއް
ރައްޔި
11 July 2023
ޕޭޕަލް އާއި އިންޓަރނޭޝަނަލް ޕޭމެންޓްސް ލިބޭނެގޮތެއް ހަދާދެވޭނެ ވެރިޔަކު ރައްޔިތުން ބޭނުމީ. ހުސް ފައިސާދެއްކޭގޮތް އިތުރުކުރަނީ، ފައިސާ ލިބޭނެމަގެއްނެތް ގައުމެއްމީ
ދެން ލަލަލަ
11 July 2023
ޝައުނާ މާ ބޮޑަށް އަނގަ ނުހުޅުވަބަ ދޯ. ވަންގަވް އަކީ ވެސް ޝައުނާ މެންނަށް ނުވެގެން ފައްޔާޒުގެ ޓްރޭޑްނެޓުން ހަދާފަ އޮތް އެއްޗެއް. ދެން ލަލަލަ. ޝައުނާ މެންނަށް ނިދިން ހޭލެވުނު އިރު ޖެމްސްއާ ވަންގަވް ނިމިފަ މިއޮތީ.
މުހައްމަދު އައްބާސް
11 July 2023
މިހާރުވެސް ޖެމްސް އަށް ނުވަދެވިގެން މި އުޅެނީ. 1 ހަފުތާ މިވަނީ ޖެމްސް އައި.ސީ.ޔޫގައި އޮންނަތާ
ކަނޑުކޮސްބެ
11 July 2023
ކުރީގެ ސަރުކާރުން ނުވަތަ ސަރުކާރުތަކުން މަސައްކަތްކޮށްފަ ހިދުމަތަށް ނެރެފަ ހުންނަ މަސައްކަތް ވަކި ސާއަތެއް ޖެހެންދެން ފޮރުވާފަ ބެހެއްޓުމަށްފަހު، ނަން ބަދަލުކޮށްގެން ބޮޑުބެރުޖަހާ ނަށާފަ އަލުން ނެރުނަސް ރައްޔިތުންނަށް ހަގީގަތް އެގޭ މެޑަމް. މަގެއްގަ ތާރުކޮޅެއް އަޅަން 5 އަހަރު ނެގި ބަޔަކަށް ކުރެވޭނެ ކަމެއް އޮންނާނެބާ؟؟؟!!!