މީގެކުރިން އަދީބު ކޯޓަށް ހާޒިރުކުރުމަށްފަހު ޖަލަށް ގެންދަނީ: އޭނާ ވަނީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރާފައި
12 ޖުލައި 2023 - 00:10
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
އަދީބުގެ ޕާޓީ އެމްޓީޑީން ބުނި ގޮތުގައި އަދީބު މިރޭ ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ޑޮކްޓަރުން އެކަމަށް ލަފާ ދެއްވާފައިވާތީ އެވެ. އަދީބު ފަރުވާ ހޯއްދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
އަދީބު ސިންގަޕޫރަށް މިރޭ ފުރާވަޑައިގެންފައިވަނީ ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ. އޭނާއަށް ހުއްދަ ދީފައިވަނީ 10 ދުވަހަށް ރާއްޖޭން ބޭރަށް ދިޔުމަށެވެ.
ބޭސްފަރުވާ އަށް އަދީބު ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ދީފައިވާއިރު، މިފަހުން އޭނާ އަށް ވަނީ އައިޖީއެމްއެޗްގެ އެމެޖެންސީގައި ފަރުވާދީފަ އެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދައަށް އެދުނީ އޭގެފަހުންނެވެ.
ފުރާނަ އަށް ނުރައްކާވާ ފަދަ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން އަދީބަށް ޖެހުނީ 2015 އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު ކަމަށް އެމްޓީޑީން ބުނެ އެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ. އެކަމަކު ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު އެ ހުކުމަށް ފަހު އަދީބު، ޖަލު ބަންދުން، ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ އެވެ. އަދީބު ވަނީ ޕެރޯލްގެ ދަށުން ޖަލު ހުކުމްގެ ލުޔަކަށް ވެސް އެދިފަ އެވެ. ނަމަވެސް، އެ ފުރުސަތު އަދި ދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫރު
13 July 2023
އެއްކަލަ ތިޖޫރި ހުޅުވަން އެދިޔައީ. މީހަކު މިހާރު އިންނާނެ ހަމަ ރަނގަޅަށްވެސް ތެޔޮއަރާފަ
ކޮންސްޓޭ
13 July 2023
ތި އަނބުރާ ނަޔަސް މަނުވާނެ ހައިރާނެއް
ވައި ރޭ
13 July 2023
އަދީބު އެންމެ ކުރިން ބަލިވެގެން އޭނަގެ ޕްރައިވެޓް ގުނަވަންތައް ފެންނަ ގޮތަށް ހުރި އެކްސްރޭވެސް މި ނޫހުން ބަލާލަން ލިބުނު. އެކަމު މިފަހަރު ނުރައްކާތެރިވެގެންކަމަށް ބުނާ ނާރުގެ ބައްޔަށް ކިޔާ ނަމެއްހާ ހިސާބުވެސް ފެންނާކަށް ނެތް.
ނުވެދާނެ
13 July 2023
ވޯޓްގެ ކުރިން އަދީބު ގައުމުން ބޭރަށް ދެވޭނެ ގޮތަކަށް އެއްބަސްވެފަ ނޫނީ ކިހިނެތް އަދީބު އެ އިއުތިރާފްވި ކަންކަމަށް ޝަރީއަތުގަ އިއުތިރާފްވާނީ..
އެކްސިް
12 July 2023
ސިންގަޕޯގަ ވަރަށް ލާރި ފޮރުވާފަ ދޯ ހުންނާނީ.
ކައްޕިތާނު
12 July 2023
ދެން ފެންނާނެ ހަބަރަކީ ބޭސްފަރުވާ ނުނިމޭތީ މުއްދަތު އިތުރުކޮށްދިން ވާހަކަ. ސޭވް ދިސް ކޮމެންޓް
ޢިބްރާހީމަށް ވެދުން
12 July 2023
ކިހާ ހެޔޮފުޅު! ދައުލަތް ދަވާލިކަމްށް ކުއް ސާބިތުވީމަ ، އެތަށް މިލިއަން ރުފިޔާގެ ގޯއްޗެއް ދީފަ ޗުއްޓިއަށް ފުރުވާލީ!
ޖަނބޯ
12 July 2023
އެހެންތަ؟؟؟؟؟؟؟ ޢެނބުރި ދިވެހިޤައުމަށް އަންނާނެބާ؟؟؟؟؟؟ ނައިނަމަ ވާނީ ވަރަށް ހުތުރު ނަމެއް މިސަރުކާރަށް ތާރީޚު ލިޔެދޭނެ.
ހީހީ ސުލީހް
12 July 2023
ސޯލިހުގެ ކެމްޕެއިނަށް ފޮރުވާފަހުރި ލާރރިގަނޑުން ބަޔެއްބަލާ އެދަނީ. ރަތްޔިތުމީހާގެ ލާރި މިވަރަށް ހިޔާނާތްވެފަ އޭގެން ލޯލާރިއެއްވެސް ނުދީ ސިންގަޕޫރަށް ބޭސްފަރުވާއައް ދިޔުން މީ އަރަތެއް. މީ ސޯލިހް އެބުނާ އަދުލުއިންސާފުވެރި އަމާންކަމަކީ. މަގޭ ވޯޓް ހަރާމް.
އެނީ
12 July 2023
ރެޓިނާ ބޭނުންކޮށްގެން ކެމްޕެއިނަށް ކޭޝްކޮޅެއްބަލާ އެދިޔައީ . ޔާމީން ވިދާޅުވި އަދީބުގެ ރެޓިނާ ބޭނުންކޮށްގެންނޭ ސިންގަޕޫރުގައި ލާރި ނެގޭނީ . މި އިއްތިފާގެއްނޫން.
ނާރިނގު
12 July 2023
ރެޓީނާ ބޭނުންކޮށްގެން ހުޅުވޭ ތިޖޫރީ ހުޅުވިޔަ ނުދޭން ލޮލަށް މިރުސް އެޅީ ކާކުގެ ވެރިކަމެއްގަތޯ؟ އެހެންވެ ދެން އެލޯ ރަނގަޅު ކުރެވޭއިރު ނޭނގެއެއް ނުން ދެން އެތިޖޫރީ ހުޅުވޭނެކަމެއް.