ހަސަން ސާޖިން ހއ. ގެ ދަތުރުތައް ނިންމާލުމުން ކައުންސިލުން އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ދެނީ
20 ޖުލައި 2023 - 20:43
ޒުވާން މަސްވެރިޔާ ހަސަން ސާޖިންގެ "ސާޖިންއާ އެކު އުތުރުން ދެކުނަށް" ފެށި ދަތުރުގެ ފުރަތަމަ އަތޮޅުގެ ހުރިހާ ރަށަކަށް ކުރި ދަތުރުތައް ނިންމާލައިފި އެވެ.
ސާޖިންގެ މި ދަތުރުގައި އެ އަތޮޅުގެ 14 ރަށަކަށް ގޮސް އެ ރަށްރަށުގެ ތާރީހީ އަދި ސަގާފީ މައުލޫމާތު އެއްކޮށް، ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނަށް ވަނީ ހިއްސާކޮށްފަ އެވެ. ހއ. ގެ 14 ރަށުން އެ ރަށްރަށުގެ ވާހަކަތައް ގެނެސްދިނުމުގެ އިތުރުން އެކި ރަށްރަށުގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރަމުން އަންނަ ގޮތް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ރަށްރަށުގެ ފާހަގަކޮށްލެވޭ ބައެއް ޒުވާނުންގެ ހުނަރާއި ރަށްރަށަށް ލިބިފައިވާ ގުދުުރަތީ ރީތިކަން ވެސް ދައްކާލި އެވެ.
ސާޖިންގެ ދަތުރުގައި ހއ. ޕްރޮމޯޓުކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލުން ހާއްސަ ރަސްމިއްޔާތެއް ބާއްވާ ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ. އެ އަތޮޅު ކައުންސިލުން ބުނި ގޮތުގައި ސާޖިން ވަނީ އެ އަތޮޅުގެ މަސްވެރިކަމާއި މާއްދީ އަދި މައުނަވީ ތަރިކަ ޕޮރޮމޯޓްކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ހއ. ގެ ރަށްރަށަށް ސާޖިން ކުރި ދަތުރުގައި އެކި އުމުރުގެ މަސްވެރިންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށް ތަޖުރިބާތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ. އަދި ކުދި މުޖުތަމައުތަކުގައި ވިޔަފާރިތައް ބިނާކޮށް މުޖުތަމައުތަކުގެ މެދުގައި އިގްތިސޯދީ ހަމަހަމަކަން ގާއިމުކުރެވޭނެ ގޮތްތަކުގެ މައުލޫމާތުތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.
ހއ. ގެ ހުރިހާ ރަށަކަށް ކުރި ދަތުރު ނިންމާ ސާޖިން މިހާރު ވަނީ ހދ. އަތޮޅުގެ ދަތުރުތައް ފަށައިފަ އެވެ. ސާޖިންގެ ދަތުރު ފެށިތާ މިހާރު ފަސް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ސާޖިންގެ ދަތުރުގެ އަޕްޑޭޓުތައް "ޒުވާން މަސްވެރިޔާ"ގެ ޔޫޓިއުބް ޗެނަލާއި ފޭސްބުކް ޕޭޖުން ބަލާލެވޭނެ އެވެ.
"ސާޖިންއާ އެކު އުތުރުން ދެކުނަށް" ކުރާ ދަތުރުތަކުގެ މެއިން ސްޕޮންސަރަކީ ވިލާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކ ވހ ޗ
23 July 2023
ހއ އެކަނި 5 މަސް؟
ރިއަލިޓި
21 July 2023
މިލިޔުމަށް ކުރިން މީހުން ކޮއްފަ ހުރި ހުރިހާ ކޮމެންޓެއް ޑިލީޓްކުރިއަސް ބުނެވޭނީ ހަމަ ބޭކާރު ލާރިތަޅަނީއެ އެހާމެ ސުލޯ އޭ
މަހަށްނުދާމަސްވެރިޔާ
21 July 2023
ހިލޭ ދަތުރުކޮށްލަކޮށް އަތުންފައި މަސެއްކަތެއްނުކޮށް