ދަ މާވެލްސްގެ ޕޯސްޓަރެއް.
22 ޖުލައި 2023 - 08:54
މާވެލް ސްޓޫޑިއޯސް އިން އަންނަ ނޮވެމްބަރު މަހު 10 ގައި ރިލީޒްކުރާ ސުޕަހީރޯ ފިލްމު "ދަ މާވެލްސް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ބްރީ ލާސަން، ޓެޔޯނާ ޕެރިސް އަދި އީމާން ވެލާނީ ލީޑުން ފެންނާނެ މި ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ 33 ވަނަ ފިލްމެވެ. އަދި މިއީ 2019 ވަނަ އަހަރު ގެނެސްދިން "ކެޕްޓަން މާވެލް"ގެ ސީކުއެލް އެވެ.
މި ފިލްމުގައި ނިކް ފިއުރީގެ ރޯލުން ސެމިއުލް ޖެކްސަން އަނެއްކާވެސް ފެންނާނެ އެވެ.
“ދަ މާވެލްސް” އަކީ މި އަހަރު ކުރީކޮޅު ނުކުތް "އެންޓް-މޭން އެންޑް ދަ ވާސްޕް: ކުއަންޓޫމަނިއާ" އާއި "ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އަށް ފަހު ނުކުންނަ އެމްސީޔޫގެ ފަސްވަނަ ފޭސްގެ ތިންވަނަ ފިލްމެވެ.
މި ފިލްމު ޑައިރެކްޓުކުރީ ނިއާ ޑަކޯސްޓާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާބޭގަމް
22 July 2023
މާރްވެލް ފިލުމްތަކަކީ ޒުވާން ސިކުނޑިތަށް ދޮވެލާ ފައްކާ މެޝިނެއެއް! ހިޔާލީ ބޭކާރު ފިކުރުތަކުން މީހާ ޑިޕްރެޝަން އަދި ފަސާދައަށް މަގުފަހު މަޑު މަޑުން ކުރޭ!
ހުސެއިނުބޭ
22 July 2023
ރަނގަޅު ވާހަކައެއް! އެހެން ވާން ފެށީމާ ދެން ފެންނާނީ ހިންދީ ނަންނަން ޖަހައިގެން ތަންތަނަށް ކޮމެންޓް ކުރާތަން!