ފިނޭންސް މިނިސްޓްރީގެ އޮފީސް. އެސްޑީއެފް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 550 މިލިއަން ރުފިޔާއަށް އަރައިފި-- ފޮޓޯ: މިހާރު
30 ޖުލައި 2023 - 13:34
ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ކުރީގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 500 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެސްޑީއެފް އަށް ވަނީ 550 މިލިއަން ރުފިޔާ ޖަމާވެފަ އެވެ. އެ ފަންޑަށް މި އަހަރު ޖުމްލަ 870 މިލިއަން ރުފިޔާ ޖަމާކުރަން ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ. މިހާތަނަށް ޖަމާ މި ކުރީ އޭގެ 63 ޕަސެންޓެވެ.
މިދިޔަ އަހަރު ނިމުނު އިރު އެ ފަންޑަށް ވަނީ 820 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެސްޑީއެފްގެ ޖުމްލަ އަދަދު ހާމަކުރުން ހުއްޓާލައިފަ އެވެ. ފިނޭންސް އިން ބުނީ، އެސްޑީއެފްގެ އަދަދުތައް ހާމަކުރުން މެދުކަނޑާލީ، އެކަމާ ގުޅޭ ވަކި ހާއްސަ ރިޕޯޓެއް ތައްޔާރުކުރާތީ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް އެސްޑީއެފް އަށް ވަނީ 6.4 ބިލިއަން ރުފިޔާ ޖަމާވެފަ އެވެ. އަދި އޭރު އެސްޑީއެފް ބެލެންސްގައި ހުރީ 1.8 ބިލިއަން ރުފިޔާ އެވެ.
ސޮވަރިން ފަންޑު 2017 ވަނަ އަހަރު އުފެއްދީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގަ އާއި އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އުފެއްދި ފަންޑެކެވެ. އެއީ އެމްއެމްއޭގެ ރިޒާވާ މުޅިން ތަފާތު، އެކަމަކު ފައިސާ ރައްކާ ކުރުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ. އެސްޑީއެފްގައި ހުންނަ ފައިސާގެ ގާތްގަނޑަކަށް 70 ޕަސެންޓު ސަރުކާރުން މިހާރު އިންވެސްޓްކުރަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީބިލަށެވެ. ބޭންކްތަކުގައި ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ވެސް ފައިސާ އިންވެސްޓް ކުރެ އެވެ.
އެ ފަންޑު ކުރިން ބަލަހައްޓަމުން އައީ އެމްއެމްއޭއާ އެކު ހަދާފައިވާ ހާއްސަ ކޮމިޓީއަކުންނެވެ. އެހެންނަމަވެސް މިދިޔަ މަހު ވަނީ އެ ފަންޑު ބެލެހެއްޓުމުގެ ހުރިހާ ބާރެއް ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
ސަރުކާރުން ހަދާފައިވާ މި ފިސްކަލް ރިޒާވްގެ 90 ޕަސެންޓް ހުރީ ރުފިޔާ އިންނެވެ. އެ ފަންޑުގައި ޑޮލަރުން ހުރީ 10 ވަރަކަށް ޕަސެންޓެވެ. ކުރިން ޑޮލަރުން ހުރި އެ ފަންޑުގައި ހުރި ޑޮލަރު މާރުކުރީ 2020 ވަނަ އަހަރު ޑޮލަރުގެ ތާށިކަން ބޮޑުވެ، އެމްއެމްއޭގެ އެދުމުގެ މަތިން ކަމަށް ސަރުކާރުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަނއ.ާ
31 July 2023
މިގައުމަށް ވަންނަ ބޭރު ފައިސާ އާއި ރައްޔިތުން ދައްކާ ޓެކްސް ފައިސާ އާއި ބޭރު ގައުމުތަކުން ލިބޭ އެހީ އަށް ވާގޮތެއް އިގޭ މީހަކު އެބަ ހުރިބާ؟
ފައްޔަބޯ
31 July 2023
ވޯޓަށް ވެގެން ދައްކާ ދަޅަ
ކޮރަލް
30 July 2023
ބޭރުގެ ލޯން ތައް ދައްކަން ޖެހެނީ ބޭރު ފައިސާ އިންނެވެ.
އަސްރަދަ
30 July 2023
ދިވެހި ރައްޔިތުންް ހަނާ ކޮށްލި 5 އަހަރު
ޢަސްހަދާ
31 July 2023
ހެއުބަހަކާ ތެ ބުނީ
ފިނރުޓޭ
30 July 2023
ކީކޭ ހޭ ބުނާނީ އަޅެފަހެ؟
ހނކބ
30 July 2023
ތިކަހަލަ ފަންޑ ތަކުގަ ހުންނަން ޖެހޭނީ ޑޮލަރ ނަުނީ ރަން ބުލިއަން.. އަމިއްލަ ފައިސާ އެއްނުން
ގުދުބެއްޔާ
30 July 2023
ތިހަމަ ކަރުދާސް ޖަމާކުރުން ނުވަތަ ނަންބަރެއް އިތުރުކުރުން. ބަޖެޓް ޑެފިސިޓްގައުޅޭއިރު ތީގެ މާނައެއްނެތް. ހިޓުލަރުވެސް ލާރިޖެހި ބޭނުންވަރަކަށް، ނަތީޖާއަކީ ފައިސާގެ އަގުވެއްޓުން. ރާއްޖޭގަވެސް މިހާރު ޑޮލަރުގެެ އަސްލުއަގު އުޅެނީ 18 ހިސާބުގަ.
ރާއްޖެ
30 July 2023
މި ފަސްއަހަރު މުޅި ދައުލަތް ދާރައި ވިކިއްޖެ. ާދައުލަތުގެ ރިޒާވްގައިހުރި ޑޮލަރުތަށް ހިތުހުރުގޮތެއް ހަދައި ހުސްކޮށްފި. ޑޮލަރެއް 18ރ އަށް އަރައިފި. މީނާ ވެރިކަމާއި ހަވާލުވިއިރު 15.42ރ ބްލެކުންވެސްލިބޭ. ދިވެހިންނޭވެ ބޭރުގައި ތިބި ކިޔަވާކުދިންނަށްވެސް ވ ދަތި ފަސްއަހަރު މި ނިމެނީ. ވިސްނަވާ.
އުދުހޭ
30 July 2023
ޗާޕުކޮށްފަ އެޅީ ދޯ؟ ދެން ޑޮލަރުގެ ރޭޓު ދާނީ މައްޗަށް. އެއީ ޗާޕުކުރި ކަރުދާސްތަކުން ލޯނުދައްކަން ހޭދަކުރީމާ އެތަކެތި ފައިސާއަށް ބަދަލުވާނެތީ.
އަފްރާސިޔާބު
30 July 2023
ޑޮލަރަކީ ޗާޕް ކޮށްފައި ނެރޭ ކަރުދާސް ނުން ދެން ކޮން އެއްޗެއް. ޑޮަލަރ ހުންނަނީ ރަނުން ބާ؟
ައަހުމަދު1
30 July 2023
މިތަނުން ހިލޭ ޑިގްރީ ހެދޭ. މިތަނުން ނުލިބޭ ފަރުވާތަކަށް އާސަންދަ ލިބޭ. ބޭރައް ދާނީ ފުދިގެން އެވަރު ލިބޭތީ. ޖެހި މިސާލު ބައިކޮޅައް ގޯލު.
އޮނަރަބްލް އަފީފު ދީދީ
30 July 2023
މަސްގަނޑެއް މޮޑޭގޮތަށް ދައުލަތުގެ ޙަޒާނާގައި ހުރި ފައިސާ އެގޮތް މިގޮތަށް މޮޑެ އެވަގުތަކު ދައްކާން ބޭނުންވާ މަންޒަރެއް ދެއްކުމަށްޓަކާ އެތަން މިތަނުގެ ހިސާބު ކަރުދާހުގައި ވިޔަ އަކުރު ތަކެއް ދައްކަމުންދަނީ މިކަންކަމުގެ ފަހަތުގައި މަކަރުވެރި ހީލަތް ތެރި ރޭވުންތަކެއް އެކުލެވޭތީ. # ތެޅިބާލަމުން އެދަނީ ރާއްޖޭގެ އެއްވެސް ހުސާބަކުން "ވޯޓުން ކުރިނުލިބޭނެތީ" ޤަބީލާތަކުގެ ކޮންމެމީހަކަށް 18މ ރުފިޔާގެ ބިމެއް ދީގެންވެސް އިންތިހާބު ކާމިޔާބުވޭތޯ. ހަދާން ނައްތާލާ.