ޔާމީން ކޯޓުގެ ޝަރީއަތުގައި: ޔާމީންގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ކޯޓަށް
07 އޯގަސްޓް 2023 - 09:50
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާގެ ފައިސާ މުއްދަތުގައި ދައްކާފައިނުވާތީ، އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މަނީ ލޯންޑްރިން ހިންގުމާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭ ދައްކަން ޔާމީންގެ މައްޗަށް އަމުރުކޮށްފައި އޮތެވެ. ޔާމީންގެ މައްޗަށް އެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ކަމަށްވާއިރު މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ މުއްދަތު ހަމަވެފަ އެވެ.
ނަމަވެސް، މުއްދަތުގައި ޔާމީން ފައިސާ ދައްކަވާފައިނުވާއިރު އެ ފައިސާ ދައްކަން މީރާއިން މިހާތަނަށް އަންގާފައިނުވާ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހުކުމްގެ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ އާއި މީރާއިން އެ ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމުން ވެސް އެކަން ކޮށްފައިނުވާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 363 ވަނަ މާއްދާގައިވާ ގޮތުން ކްރިމިނަލް ކޯޓުން ކުރާ ހުކުމްތަކުގައި ހިމެނޭ މަދަނީ ބައި ތަންފީޒުކުރުމުގެ އިހްތިސޯސް ސިވިލް ކޯޓަށް އޮވެ އެވެ.
މީރާއިން ނޯޓިސް ފޮނުވާފައި ނެތް ކަމަށް ޔާމީން ވިދާޅުވިޔަސް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމް ވަނީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް މީރާއިން އަންގާފައިވާ ކަމުގެ ލިޔުމެއް އޮތްކަން ހާމަކޮށްފަ އެވެ. އެ ލިޔުމުގެ ނަންބަރާ އެކު ފަނޑިޔާރު ވިދާޅުވީ، ޖޫރިމަނާ އަށް ހަ މަސް ދުވަހުގެ މުއްދަތު ހަމަވެފައިވާކަން އަންގައި އެކަން ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"އެ ލިޔުން ޔާމީން ބަންދުކުރެވިފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލުކުރުމަށް ގެންދިއުމުން، އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމަށް ހަވާލުކޮށްދިނުން ކަރެކްޝަންގެ އޮފިސަރުންގެ ގާތުގައި އެދިފައިވާ ކަމުގައި، އެ އިދާރާގެ 6 ޖުލައި 2023 ގެ އިގުރާރުގައި ބަޔާންވެފައިވޭ. އަދި އެ ލިޔުމުގައި ޔާމީން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޔާމީންގެ މައްޗަށް އޮތް އެއް ހުރަކަށް ވެސްވީ ޖޫރިމަނާގެ މި ފައިސާ އެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި ހުރިއްޔާ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ ޖިނާއީ އުގޫބާތެއްގެ ގޮތުގައި ޝަރީއަތުން މީހެއްގެ މައްޗަށް ކަނޑައަޅާ ޖަލަށް ލުމުގެ އަދަބަކީ އެ މީހާ ޖިސްމާނީ ގޮތުން ތަހައްމަލު ކުރަންޖެހޭ އަދަބެއް ކަމަށާއި އެއާ ހިލާފަށް ޖޫރިމަނާގެ އަދަބަކީ، އެ މީހާ މާލީ ގޮތުން އުފުލުމަށް ޖައްސާ ބުރައެއް ކަމަށެވެ. އަދި އެއީ މަދަނީ ގޮތުން އުފުލަންޖެހޭ އިލްތިޒާމެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްމީރު
08 August 2023
މިއޮތީވާ ދައުލަތެއް. މިގޮތަށް ފައިސާ ހޯދަންއޮތީ ހަމަ އެކަނި ރައީސް ޔާމީންގެ އަތުންބާ.؟ ތެލޭނެ ކަމެއްނެތް. މި ވެރިކަން މިފަހަރު ބަދަލު ކުރާނަން. އިންސާ ﷲ
ދައުލަތޫ
07 August 2023
ތިޔަހެން ދައުލަތަށް ނުލިބިފަ ހުރި އެހެން ހުރިހާ ފައިސާއެއްވެސް ހޯދާލަން އުޅެއްޗޭ. ވަރަށް އައްޗިކަމެއް ތިއީ ޔާމީން ފަހަތުން އެކަނި ތިހެން ދުވުން.
ލާރިކާ
07 August 2023
ބަލަ ސަރުކާރުން ސިންގަޕޫރަށް ފޮނުވި ކަލޭގެ އަތުން ފައިސާ ހޯދާފަަ އަދި އެމްއެމްޕީއާރުސީންގެ ފައިސާބޭނުންކުރި އެމްޑީޕީގެ 2190 މީހުންގެ އަތުން އެފައިސާ ހޯދާފަ ޔާމީންގެ ނެގިކަމަށް ބުނާ ފައިސާ ދޮށަށް ދާށެވެ. ވައްކަން ކުރިކަމަށް އެއްބަސްވީ މީހުން އަތުން ބައިރުފިޔާއެއްވެސް ނުނަގާ ޔާމީންގެ ފަހަތުން ދުވުމަކީ ސަރުކާރަކުން ކުރާނެ އެންމެ ނުބައި އެއްކަމެވެ. ޔާމީންގެ ފައިސާ ސްޕްރީމްކޯޓުން ނިންމީމަ ހޯދަން އުޅުން މާރަގަޅުވާނެއެވެ.
ވަރަބިންދާލި
07 August 2023
5މިލިޔަނޭ ކިޔާހުކުމެއް ކުރާހާފަހަރަކު 5 މިލިޔަނާހަވާލު ވާކަށް ނުޖެހޭ . ބަފައިން ދަރިންނަށް ކުރާހަރަދަކާ މިކަމަކާއަޅާކިޔާކަށް ވެސް ނުޖެހޭ . މިލިޔަނުން ދަރިންނަށް ހަރަދު ދޭކަށް ނުޖެހޭ . އެއްފަހަރާއެއް އަނބިންނަށް ދޭން ޖެހުނަސް ދޭނީ ލިބޭއާއްމުދަނީއަކުން. ދޭން ނުޖެހޭނެ ފަދަ އެއް އޮތްތޯބެލުން އިސްތިއުނާފު ހައްޤަކީ އޮތް ގޮތަކަށް ވާއިރު . ހުކުމެއް މިހާތަނަށް ސާބިތުވެފަ ނުވާއިރު . ގަލިން ހައްތާވެސް .
ރަދީފްއޮފިޝަލް
07 August 2023
އެންމެ ލޯ ލާރީއެއް ވެސް ނުލިބޭނެ.
އަބްދުއްލޯ
07 August 2023
ދައުލަތަށް ދައްކަންޖެހޭ ފައިސާ ސަންޝިޔާމް. އަބްދުﷲ ޖާބިރު، ގާސިމް އިބުރާހިމް، އަދި ވެރިކަމުގައި ހުރެ އެތައް ޕްރޮޖެކްޓެއް ފައިސާނެތި ހިންގާ ކުންފުނިތަކަށް ފައިސާނުދީ ހުރި ރައީސްވެސް މީގެތެރަށް ނުފެތެނީބާ. ގާނޫނަކީ އެމީހަކަށް މީރުގޮތަކަށް މާނަކުރެވޭ އެއްޗެއް.
ޢަލީ ބަލީ
07 August 2023
އަދި ތިޔަލިސްޓް ގަ ރީކޯމޫސަ މަދު
ވަރަބިންދާލި
07 August 2023
ސަރުކާރެެއް ތަމްސީލުކުރަން އަރާތިބޭއިރު ، ސަރުކާރުތަމްސީލު ކުރި ފީކަލާގޮތް ގައުމުގެ ބޮލުގައެޅުވި ދަރަންޏާ ކުންފުނި ތަކުން އާއްމު ރައްޔިތުން ގެ ހޮޓާތަކުން ކައިފަ ބިލްނުދައްކާ މަސައްކަތް ކުރުވާ ފައިސާ ނުދީ ތިބެ2 ވަނަ ބުރަށް ފޯމް ފުރާހުށައަޅާންވެސް ލަދުވެތި . ދަރަންޏޭ ކިޔާ ބޮޑު ސަރުކާރަކުން ރައްޔިތުން ނަށް ދަރާތިބެ ދެވަނަ ދައުރައް ކުރިމަތިލަނީ ސަރުކާރަށް ވެސް އަންގަން ޖެހޭ ދޭން ޖެހޭ ފައިސާ ހަލާސް ކޮއްފަ އިންތިހާބަށް ކުރިމަތިލާން . އިންސާފޯ
ސިޔާސީ ޖަޖުން
07 August 2023
ޓެކްސް ފައިސާ/ ޖޫރިމަނާ/ އަދި ޓްރެފިކް ވައިލޭޝަން މިހާރު ސްޕްރީމް ކޯރޓުގެ ޖަޖުން ނިންމިގޮތުން ވާނީ ސާބިތު ދަރަންޏަށް ދޯ / މަރުމޯލުން ތަކެއް އުޅޭ ޤައުމެއް ދޯ މި / ޓޮމް އެންޑް ޖެރީއަށްވުރެން ކަމުނުދޭ
އެހެންޏާ
07 August 2023
ކިހާ ފައްކާ ގޮތެއް އެވީ. ޔާމީނަށް ޖެއްސުންކުރަން ހަދައިގެން ހުރިހާ އެންމެންނަށް އެކަމުގެ އުނދަގޫ ޖެހުނީ.
ގުލުމީ
07 August 2023
ކެމުޕޭނައް ދައުލަތިން ލާރިހޯދަނީ ރައްޔިތުން ޖޫރިމަނާ ލާރި އާ ފެންސަން ޕަންޑުގަ ހުރި ލާރިކޮޅުގތ؟
ހަސަނުބެގެ އަލ
07 August 2023
މައްސަލަ ހައިކޯޓުގަ އިސްތިއުނާފުކޮއްފަ އޮއްވާ ޖޫރިމަނާ އެހެން ހޯދޭތަ؟ މައްސަލަ ޔާނުކޮޅަށް ނިމިއްޖިއްޔާ ދެންވާނީ ކިހިނެއް؟
ޒެއިން
07 August 2023
އަދި ކިރިޔާތޯ ރޭކާލީ.