އުމަރުގެ ކެންޑިޑޭންސީ ފޯމު އިލެކްޝަނަށް ހުށަހެޅަނީ: އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުމަރުގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ ސަލީމު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
07 އޯގަސްޓް 2023 - 13:11
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުމަރުގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. އޭނާއަކީ އުމަރުއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.
އުމަރަކީ 2008 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އެ އިންތިހާބުގައި އުމަރަށް ލިބިވަޑައިގަތީ 2،472 ވޯޓެވެ. އަދި 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރެއްވި އެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޔާމީނެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވަން އުމަރު ދަރުބާރުގެ އަށް ވަޑައިގަތީ ސަޕޯޓަރުންނާ އެކު އެވެ.
އަމިއްލަ ގޮތުން އިންތިހާބަށް ވާދަކުރައްވާ ނަމަ 1،500 ސޮޔާއި 100،000ރ. އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އެއީ އަނބުރާ ލިބޭ ފައިސާއެއް ނޫނެވެ.
އުމަރު ނަސީރު އާއި ރަނިންމޭޓް ސަލީމް (ކ) .-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން މިއަދު މެންދުރު 2 ގައި ހަމަވާއިރު، މިހާތަނަށް ފޯމު ހުށަހެޅުއްވީ އުމަރުގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ހަސަން ޒަމީލެވެ. ޒަމީލަކީ ޓޫރިޒް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ ނައިބުކަން ކުރިން ކުރެއްވި ބޭފުޅެކެވެ.
އިދިކޮޅު ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ވެސް މިއަދު ހެނދުނު ވަނީ ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
07 August 2023
ޢުމަރަކީ ކޯމާގައި އޮންނަވާފައި ކޮންމެ 5 އަހަރުން އެއްފަހަރު ރިޔާސީ އިންތިޚާބަށް ނުކުންނަން އަޑުއަރުވާ، ނުރައްކާތެރި މީހެއް. ވިސްނުން ހުންނަނީ އަފްޣާނިސްތާނުގެ ކަންދަހާރުގަ. ވަޢުދަކީ ބޭރުކުރުން. ރަނގަޅު ޕޮލިސީތަކަކާ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ކުރާނެ ކަމެއް ނުބުނެދެވޭ.
ސައިޒް
07 August 2023
ޢުމަރަށް ލިބޭނީ 526 ވޯޓު
އެލެކްސް އަހުމަދު
07 August 2023
މާޒަށްވުރެ ތަންކޮޅެއް ތައުލީމީ މީހެއް އުމަރަށް ހަމަމުވީތޯ؟
ޢަރުތަ
07 August 2023
އުމަރަށްވެސް ރަނގަޅުވާނީ އެކަހަލަ ރުންކުރު މީހެއްތާ.
ކުޑާ
07 August 2023
ހަމަ ޔަގީނުންވެސް މިފަހަރު ވޯޓް ދޭނީ އުމަރައް.
ދަލޭކަ ދައިތަ
07 August 2023
އުމަރު ނޫނީ ދެންތިބީ އެއް ފިކުރެއްގެ މީހުން. ތަފާތު މީހަކަށް ގަޢުމު އޮތީ ވ ބޭނުންވެފަ. ގައިމުވެސް އުމަރުނޫނީ ނެތް ގޭންގްތައް ފުޑާލާނަމޭ ބުނަން ކެރުނު މީހެއް. ޓްރައިކޮށްލަން ރަނގަޅު ކެންޑިޑޭޓެއް. އުމަރަށް ނޭގުނަސް ވ ގިނަބަޔަކު ތިބީ އުމަރަށް ވޯޓު ދޭން.
ގެދާށޯމޮސް
07 August 2023
ބަޔަކު ބޯގޯސްވެގެން ވެރިކަމަށް ކުރިމަތިލާއިރު ވިސްނާލިޔަސް އެނގޭނެ ވާނީ ބޭކާރުކަން ދެމަގަށް މަގުފަހި ކޮށްދެއްވި ﷲ ގެ ހުސްތާޙިރުވަންތަކަމާއެވެ. މިއަދު ގައުމުން މިފެންނަނީ ޕީޕީއެމާއި / އެމްޑީޕީގެވެސް ސިޔާސަތެވެ.
އެލެންކީ
07 August 2023
ގައުމުގެ އިޖުތިމާއީ ފޭރާން ރަގަޅުކޮށް މާދަމާގެ މުސްތަގުބަލު ބިނާކުރަން އުމަރަށް ވޯޓް ދޭން ތައްޔާރު
ބޮޑުއަނގައެއް
07 August 2023
އުމަރަކީ ފާރައިޓް ޕޮޕިއުލިސްޓެއް. އެކަމަކު ކުރެވޭކަމަކީ ފަތިސްކޮނޑުއަޅާގެން އޮފީހަށްނުކުމެފަ ނޫހުގަ ސުރުހީ އެޅުން.
ޖުން
07 August 2023
މިފަހަރު 2500 ވޯޓް ލިބޭނެކަމަށް އުއްމީދު ކުރަން.
ތަނބިކަށި
07 August 2023
މިފަހަރު ވޯޓު އުމަރަށް ދޭން ނިންމައިފިން. ޕާޓީތަކުން ޤައުމު ހަލާކުކޮށްފި