މާލޭގެ މަގެއްގައި ބަޔަކު ސައިކަލް ދުއްވާފައި ދަނީ: ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އަންނަ ހަފުތާގައި ގޭގެއަށް ދާން ފަށާނެ ކަމަށް މިނިސްޓްރީން ބުނޭ. -- ފޮޓޯ | މިހާރު
10 އޯގަސްޓް 2023 - 11:59
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ފޯމުގައި ހުށަހަޅާފައިވާ ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ސައްހަކަން ދާއިމީ ލިސްޓުގެ ކުރިން ކަށަވަރުކުރަން އަންނަ ހަފުތާގައި ގޭގެއަށް ދާން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވި ލިސްޓުގައި ހިމެނޭ ހުރިހާ އެންމެންގެ ގޭގެއަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ޔަގީން ކުރުމަށް ފަހު ދާއިމީ ލިސްޓު ނެރޭނީ، އެ މީހަކަށް ލިބުނު ޕޮއިންޓް ވެސް އެނގޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ގޭގެއަށް ވެސް ދެވޭތޯ މިއުޅެނީ. މިހާރު އޮތީ އަސްލު ތަރުތީބެއް ނޫން. ޕޮއިންޓާ އެކު ނެރޭނީ ލިސްޓް ލިބޭ ތަރުތީބަށް. ޕޮއިންޓް ފައިނަލް ކުރާނީ، މިހުރިހާ އެއްޗެއް ފައިނަލް ވީމަ،" އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން 13،000 ފްލެޓް ދޫކުރަން ވަނީ ނިންމައިފަ އެވެ. މިވަގުތު އަމަލީ މަސައްކަތް ކުރަނީ، 4،000 ފްލެޓްގަ އެވެ. އަދި މިދިޔަ ހަފްތާގައި ވަނީ 4،000 ފްލެޓްގެ އަމަލީ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފަ އެވެ.
މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނީ، އެ ދެ ޕްރޮޖެކްޓްގެ އިތުރުން 2،000 ފްލެޓަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބާކީ ބޭނުންވާ ފްލެޓް އަޅާނީ، ގިރާވަރާއި ގުޅީފަޅުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
10 August 2023
މިގޮތައް ބަލައިގެން އިންސާފެއްނުވާނެ ކުއްޔައްއުޅޭމީހުންގެ ހާލަތަކީ ބަދަލުވާއެއްޗެއް އެމީހުންއުޅެނީ އަމިއްލަތަނަކުނޫން މިއަދު ވެސް ވެރިފަރާތުންބޭނުންވީމާ ހާލަތުބަދަލުވީ ގެއިން ނުކުންނަންޖެހުނީ އަނެއްކާ ބައެއްމީހުނަކީ ލާރިފޮރުވައިގެން އެއްކޮޓަރީގައި އުޅޭބައއެއް އަނެއްބައިމީހުންނަކީ މުޅިމުސާ އެއްކޮންދީގެން ބޮޑުތަނުގައި އުޅޭމީހުން ވީމާ އެންމެ އިންސާފުވެރިގޮތަކީ ސަރުތުފުރިހަމަވާމީހުން ގުރުއަތުންހޮވުން
ޙައްޤު ފްލެޓް
10 August 2023
ޢެކުދިންބަޔަކަށް ބޭނުންވާ ތެރަޕީތައް މާލެއަށް ބަރޯސާވާތީ ހިޔާފްލެޓުން ޚާއްޞައެހީތެރިކަމަށް ބޭނުންވާ ކުދިންގެ އާއިލާތަކަށް ކުރީ ސަރުކާރަކުން ދިން ފްލެޓްތައް. ފްލެޓްދޭވަރަށްވުރެ ހާލަތު ރަގަޅޭ ކިޔާފަ ކަޓުވާލާފަނުދީ އެބަހުރި. މިޙާރު ފަހުން ނޫހުގަ އޮތްވާދުށިން ސިވިލްސާވިސްގެ 50ޕޮއިންޓަށްވުރެ މަދުން ލިބުނު މީހުންނަށް ދޭވާހަކަ. މިހާރު ބަހާ ހުސްނުކުރާކަމެއްނޭގެ. މީ ކިހާބޮޑު ބޭއިންސާފެއްތޯ
އުދުހޭ
10 August 2023
ދިރިއުޅުމުގެ ހާލަތު ބަލަން އަންނަ ދުވަސް އަދި ގަޑި ކުރިން އަންގާލީމާދޯ އެނގޭނީ ރައްރަށުގަ އުޅޭ މީހުންނަށް މާލެއައިސް ޖިފުޑިއެއް ކުށްޔަށް ހިފަން.
ދެރަ
10 August 2023
ބޯހިޔާވަހިކަމަށް ހައްލެއް ގެންނަން އުޅޭ ސަރުކާރެއް ނެތް. ޢެހެންނަމަ ބޯހިޔާވަހިކަން ހުރި މީހުންނަކަށް ނުދޭނެ.
ގައްސާން އަހްމަދު
10 August 2023
ފޯނުތައް ހުރީ ބިޒީވެފަ. ޝަރުތު ހަމަވާކަމަށް ހޮވިފައި އިންނަމަ ޝަކުވާއެއް ނުވަތަ މެސެޖެއް ވެސް ކޮށްލެވޭނެ ގޮތެއް ނީނދޭ. ބައެއް މީހުންނަކީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި މީހުން. އެމީހުން ފޯމު ފުރާފައި ވަނީ ދިވެހި ފޯނު ނަމްބަރު ޖަހައިގެން، އެ ނޫން ފޯނު ނަމްބަރެއް ޖެހެން ނީންނާތީ. ދެން އެމީހުންގެ ދިރިއުޅުމުގެ ހާލަތު ނުބެލުނީމަ ފްލެޓު ކަންތައް ނިމޭނެ ދެއްތޯ؟
ބޮޑުމީހާ
10 August 2023
ގޯތި ދޭންވީމާ ދިރިއުޅުން ބަލާކަށްނުޖެހޭ. ހާދަ މޮޅެތި ގަވާއިދޭ. ފްލެޓް ދިނީ އެހެނޭ މިހެނޭ ކިޔާފަ ރައްޔިތުން ކޮމެންޓްކުރިޔަސް ނުވާނެ. އިބޫ ސޯލިހު ރަށްރަށަށް ވަޑައިގަންނަވާއިރު ހީވަނީ ހުރިހާ ކަމެއް ފުދިފަތިބި ބައެއްހެން. ވާރޭވެހުނަސް އަވިދިނަސް ހަދާލާފަ އޮންނަ ކިޔު އަދި އެ ނަގާ ފޯރި ފެނިފައި މީހުން ހީކުރާނީ ހުރިހާ ކަމެއް ހަމަޖެހިފަ އުފަލުން ގޮސް ފޮޅިފަތިބޭ ބައެއްހެން. މިހެންވީމަ ވެރިންނަށްވެސް އޮޅޭނެ
ތުނޑުހަސަނު
10 August 2023
ގޯތި ދިން އިރު ނުބެލިކަމެއް މިހާރު ބަލަންޖެހިގެން ތިޔަ އުޅެނީ ދެވަނަ ދަރަޖައިގެ ނިކަމެތި ރާއްޖެތެރެއަށް އުފަންވި މީހުންނަށް ދޭންޖެހުނީމަތޯ!
ޞބބވވ
10 August 2023
ތަޅުދަނޑި ނުދީފިއްޔާ އިބޫއަށް މަށާ މަގޭ ސްޕައުޒްގެ ވޯޓު ގެއްލޭނެ ގެރެންޓީ
ޙައިރާން
10 August 2023
ސްޓެލްކޯގެ ވަޒީފާގަ ރައްރަށުގައުޅޭމީހުން،، އޭނަގެ ގެ މަންމަގެ ގެ، ބައްޕަަގެ ގެ ރަށުގަ. ދަރީން ކިޔަވަނީ ރަށުސްކޫލުން،، ދިރިއުޅެނީ ރަށުގަ،، ހުޅުމާލެ ސްޓެލްކޯ ފްލެޓަށް ސަރުތު ފުރިހަމަވެ ފްލެޓް ލިބުނު،،،
އެސްޓީއޯ
10 August 2023
ހަމަ ތިގޮތަށް އެސްޓީއޯވެސް. ރަށު ބޭސް ފިހާރައަށް ވަދެ އަދި 5 އަހަރު ނުވޭ. އަންބެއް ދަރިއެއް ނެތް. އެކަމަކު ޝަރުތު ހަމަވެގެން އެސްޓީއޯ ފްލެޓް ލިބިފަ. ޕާޓީ ކުދިން ވީމަ
ކިމް
10 August 2023
މިހެންވެ އަސްލު ބޯހިޔާވަކިކަމަށް ހައްލެއް ނުލިބެނީ
ހިއްކިބިން
10 August 2023
ފްލެޓްބެހުން މީ ސަރުކާރުތަކުން ވ ދޯދިޔާކޮށް ކުރާ ކަމެއް. ރަށުގަ ގެ ހުރެ ފްލެޓް، އިއްޔެ މާލެ އައި މީހުނަށްވެސް ފްލެޓް، ދެމަފިރިންނަށްވެސް ފްލެޓް، ރަށުގަ އުޅެމުން މާލެއިން ފްލެޓް، އެކި ސްކީމްން ފްލެޓް މީ ހަގީގަތް. މިގޮތަށް މިކަން ކުރުމަކީ ބޮޑު ބޭއިންސާފެއް. އިހުމާލެއް، ބިޔަ އިސްރާފެއް. ދެކޮޅުޖެހޭ ކަމެެއް ނޫން. ހަގީގީ މައްސަލައަށް ހައްލެއް ލިބޭނެކަމެއް ނޫން. މިއަށްވުރެ މާ ތާހިރުވާނެ މާލެ ސަރަހައްދުގަ އެކަނި މީހުުންއުޅެން ސިޔާސަތެއް ރަސްމީކުރީމަ