ގައުމީ ލަފާ ދޭ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ މަންދޫބު ރިޔާޒް ރަޝީދު: އޭނާ ކޮމިޓީ ދޫކުރައްވައި ނިކުމެވަޑައިގެންނެވީ ކަންބޮޑުވުންތަކުގެ އަޑު ނާހާ ކަމަށް ވިދާޅުވެ-- ފޮޓޯ: މިހާރު
14 އޯގަސްޓް 2023 - 13:52
ސަރުކާރުގެ ކުންފުނިތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ ޝަކުވާ ކުރި ނަމަވެސް އިންތިހާބާ ގުޅިގެން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގައި އެ ހިޔާލުތައް ފާޅުނުކުރެވޭ ކަމުގެ ކަންބޮޑުވުމާ އެކު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދުގެ ބައްދަލުވުން ދޫކޮށް، ނުކުމެއްޖެ އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމުގައި އީސީން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ތިން ވަނަ ބައްދަލުވުމުގައި ފުރަތަމަ އޮތީ އެހެން ގައުމުތަކުގައި ވޯޓު ދޭ ވަގުތުތަކާ މެދު މަޝްވަރާ ކުރުމެވެ. އެ މަޝްވަރާގެ ފުރުސަތުގައި އިންތިހާބަށް ނުފޫޒު ފޯރުވާ ވާހަކަ ޖޭޕީގެ މަންދޫބު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު ދައްކަވަން ފެއްޓެވުމުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީ ހުއްޓުވައިފަ އެވެ. ހަބީބް އެދިވަޑައިގަތީ މަންދޫބުންނަށް އިތުރު ވާހަކަ ދައްކަވަން ލިބޭ ފުރުސަތުގައި އެ ވާހަކަ ދެއްކެވުމަށެވެ.
ރައްޔިތުން އަޅުގަނޑުމެން މި ދެއްކި ވާހަކައަށް ކަންބޮޑުވޭ، އެހެންވީމާ އަޅުގަނޑު މި ހިސާބުން މި ކޮމިޓީން ދޫކޮށްލާނަން، އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނެތި ކޮމިޓީގައި މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ދެކެނީ : ރިޔާޒް
ފުރުސަތު ލިބިވަޑައިގަތުމުން އަލުން އެ ވާހަކަ ފައްޓަވައި، ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބަށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
"ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން އެބަތިބި ކެމްޕެއިނަށް ނެރެފައި. އަދި ސަރުކާރުގެ މުދަލާއި ތަކެތި ބޭނުން ކުރަމުން ގެންދޭ އެބަ. މިއީ ވަރަށް ބޮޑު މައްސަލައެއް. ވަރަށް ފުންކޮށް ވިސްނަވާ މި ކަމަށް،" ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ވިދާޅުވި އެވެ.
އޭގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ފެނަކަ ހިމެނޭ ކަމަށް ވިދާޅުވެ، ރިޔާޒް ވާހަކަ ކުރިއަށް ގެންދަވަނިކޮށް ތިން މިނެޓުގެ ވަގުތު ހަމަވެއްޖެ ކަން ފާހަގަކުރައްވައި ހަބީބް ވަނީ ދެ ވަނަ ފުރުސަތެއްގައި އިތުރު ވާހަކަ ދެއްކުމަށް އެދިވަޑައިގެންފަ އެވެ.
ނަމަވެސް ރިޔާޒް ހެއްދެވި ގޮތަކީ އިތުރު ފުރުސަތެއް ބޭނުން ނޫން ކަމަށާއި ކަންބޮޑުވުންތަކުގެ އަޑު އީސީން ނާހާ ކަމަށް ވިދާޅުވެ، ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގަތީ އެވެ.
"މި ކޮމިޓީ އަށް އަޅުގަނޑުމެން އަންނަނީ މި ހުރި ކަންތައްތަކުގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަން. ނޫނިއްޔާ އަޅުގަނޑުމެން މި ތަނުގައި ތިބުމުގެ ބޭނުމެއް ނެތް. އަޅުގަނޑު އެދެން އަޑު އައްސަވާލައްވަން އަޅުގަނޑުގެ ވާހަކަ، ރައްޔިތުން އަޅުގަނޑުމެން މި ދެއްކި ވާހަކައަށް ކަންބޮޑުވޭ. އެހެންވީމާ އަޅުގަނޑު މި ހިސާބުން މި ކޮމިޓީން ދޫކޮށްލާނަން. އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނެތި ކޮމިޓީގައި މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ދެކެނީ،" ބައްދަލުވުމުން ނުކުމެވަޑައިގަންނަވަމުން ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީގެ ބައްދަލުވުންތަކަށް ދެން ހާޒިރު ވާނީ އެ މާހައުލު އުފެދުނު ދުވަހަކުންނެވެ.
ސިޔާސީ ޕާޓީތަކުން ވެސް މިތާނގައި ވާހަކަ ދައްކަންވީ ގައުމީ ލަފާ ކޮމިޓީގެ މައުލޫއުގެ ތެރެއިން ކޮމިޓީގައި ތިއްބަވާ މެންބަރުން އަޅުގަނޑުމެންނަށް ނިސްބަތްވާ ގޮތަށް:--- ހަބީބް
ރިޔާޒްގެ ވާހަކަތަކާ ގުޅިގެން ހަބީބް ވިދާޅުވީ، އެ ވާހަކަތައް ދައްކަން ޖެހޭނީ އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.
"މިތާނގައި [ދައްކާނީ] ދިވެހި ރައްޔިތުންނަށްޓަކައި ދައްކާ ވާހަކައެއް ނޫން. ސިޔާސީ ޕާޓީތަކުން ވެސް މިތާނގައި ވާހަކަ ދައްކަންވީ ގައުމީ ލަފާ ކޮމިޓީގެ މައުލޫއުގެ ތެރެއިން ކޮމިޓީގައި ތިއްބަވާ މެންބަރުން އަޅުގަނޑުމެންނަށް ނިސްބަތްވާ ގޮތަށް،" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބާއްވަނީ ރައްޔިތުންނަށް ކަންކަން އަންގައިދިނުމަށް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަފިއްޔާ
16 August 2023
ރިޔާޒުތިއީ އާަކަމެއްނޫން. މުއިއްޒުވެސް ގެންދަނީ ސިޓީކައުންސިލަށް އެތައްބައެއް ކޮންސަލްޓެންޓުންނަށް ނަގައިގެން ކެމްޕޭން ކުރަމުން.
ކެޔޮޅުބެ111
15 August 2023
ވަރަށް ބޮޑު ވެއްޓުމެއް..!
މަޖީދު
15 August 2023
ޜިޔާޒު 19 މިލިޔަން ރުފިޔާ ސަރުކާރަށް ދައއްކައިފިންތަ. ކަލޭ ތިޔަ އުޅޭގޮތް ރަގަޅެއްނޫން. ޢަވަހަށް އެ ދައްކަންއުޅޭ
ޒިޔާރު
14 August 2023
ރެފުރީކަންކުރި އިރުވެސް ކަމުނުދާމީހެއް ، އަބަދުވެސްކަމުނުދާމީހެއް.
ޓީޖެޓީ
14 August 2023
ތިހެން އުޅުނީމާ ގާސިމަށް ލިބެން އޮތް ވޯޓްކޮޅުވެސް ގެއްލޭނީ. އެހެންޏާ އަބަދުވެސް ގަދަ 3 ގަ ހިމެނޭތާ. މިފަހަރު ހިޔެއްނުވެ ގަދަ 3 ގަވެސް ލައްވާލާނެހެންނެއް ރިޔާޒުމެން ކަހަލަ މީހުންނާއި ހެދި
މިހާރުސީ
14 August 2023
އިންތިޚާބު އިންސާފުވެރިވާނެ. ބަލިވީމަ ގަބޫލުނުކުރާނީ އަންނިއާއި ޔާމިނު. ދިވެހިން މީ ނުކިޔަވާތިބި ބަޔެއްނޫނޭ ކަލޭ ބުނެލާއިރަށް ގަބޫލުކުރާކަށް. ވޯޓު ހިލައެއްނުލެވޭނެ ކަން ހިނގާގޮތުން.. މައުމޫނު ޒަމާނުގަ ދަރުބާރުގެޔަށް ފޮށި ގެނެސް ވޯޓު ގުނަނީކީ ނޫނޭ.
ޜިޔާޒުޒޒޒޒ
14 August 2023
މިއީ އެއްއިރެއްގަވެސް ކަމުދާ މީހެއް ނޫން
ފޮނިޓައްޕު ހަސަނު
14 August 2023
ތިމީހާތީ ތ.އަތޮޅު ވިލިފުށްޓަށް އުފަން އަދި ރަށްވެހި މަޝްހޫރު މާލޭ ރިޔާޒު، ކުރިން ކޮށް އުޅުނު މަސައްކަތަކީ ބޯޅަޖަހާ އިރު ބޯޅަ ދަނޑުގެ އިމުން ބޭރުވާތޯ ބެލުން ނުވަތަ ލައިން ބަލަހައްޓާ ލައިންސް މަން.
ފޮނިޓައްޕު ހަސަނު
14 August 2023
ތި މީހަކީ ފެންވަރެއް ނެތަސް ވަރަށް އީގޯ މަތި މީހެއް. ހެޔޮނުވާނެ ތިކަހަލަ ކޮމިޓީތަކަށް ފޮނުވަން.
ހުރުހުރު ޒުހުރީ
14 August 2023
އެއްވެސް އިހުތިރާމެއް ނުކުރެޔޭދޯ މި އުޅޭ މަންދޫބުންނެއް، ބައްދަލުވުންތަކުގައި ހުންނަ އެޖެންޑާއަކަށް، ވަގުތަކަށް. ކޮންމެވެސް ޕާޓީއެއްގެ މީހަކަށް ވެެއްޖެޔާ ހިތު ހުރިގޮތަކަށް އުޅެވޭތޯ މި ގަދަ ދައްކަނީ. ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ނޫޅޭ ބަޔަކު ކިހިނެއް ވެރިކަމެއް ކުރާނީ ޤާނޫނު އަސާސީޔާ އެއްގޮތަށް. އޭރަށް އޮންނާނީ އެމީހަކާ އެމީހެއް. އެހެންވީމާ އެބަ އިނގޭ ކުފޫހަމަ ނުވާކަން ބައެއް ޕާޓީތަކުގެ.
ހާސަރު
14 August 2023
ރިޔާޒްމެން ގޮވައިގެން ކުރަން އުޅޭކަމެއް ނުވާނެ.
އަލީފާ
14 August 2023
މަ ހަމަ ބުނާނެ އެއްޗެއް ނޭންގިފަ މި އިނީ. ރިޔާޒް މެން ވެރިކަމުގަ ތިބި އިރު ރޯމާ ދުވާލުު ލައިވް ޓީވީ ގަ ވެސް އެތަށް ކަމެއް ފާޅުގަ ކޮށްފަ ދަށްކާ ވާހަކަ. ނުރުހޭ ކޮންމެ މީހަކު ލަނީ ގޮޅިއަށް . ނޯތް ކޮރެއާ ސްޓައިލްގަ ޔާނު ވެރިކަން ކުރީ.