މުއިއްޒު އުތީމަށް ވަޑައިގެން، މި ރަށުގައި ޕީޕީއެމްގެ ޖަގަހަ ހުޅުވައިދެއްވަނީ.-- ފޮޓޯ: ޕީޕީއެމް
14 އޯގަސްޓް 2023 - 15:54
ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި، ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަަޖައްސައިދޭން، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހއ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުގައިި، މި އަތޮޅު އުތީމަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސިއްހީ ނިޒާމުގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ތެލެސީމިއާ ކުދިން ގިނައިރު، އެ ކުދިންގެ ފަރުވާއަށް ވެސް ހަރުދަނާ ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒަކާތު ފަންޑުން އެހީ ދީގެން ބޯންމެރޯ ހެދޭނެ ގޮތް ހަމަޖެއްސި އެވެ. ނަމަވެސް، ފަހުން އެކަށީގެންވާ ގޮތެއްގައި އެކަން ކުރިއަކަށް ނުދިޔަ އެވެ.
އުތީމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދެއްކި މީހަކު ވެސް ވަނީ މި ރަށުގައި ހުރި ތެލެސީމިއާގެ ހަމައެކަނި ކުއްޖާއަށް ބޯންމެރޯ ހެދޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިފަ އެވެ.
"ތެލެސީމިއާ މައްސަލަ ހުންނަ ކުދިން ވަރަށް ގިނަ. އެއީ ސަރުކާރުގެ ނިޒާމުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޒަކާތު ފަންޑުގެ ތެރެއިން ބޯންމެރޯ ޓްރީޓްމަންޓުގެ މަސައްކަތް ކޮށްދެއްވި. އެހެން ނަމަވެސް، ވަރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި، ނިޒާމުގެ ތެރެއިން ކުރެވޭ ކަމަކަށް އެކަން ބަދަލުކުރަންޖެހޭ." ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ، މި ރަށުގައި ހުރި ކުއްޖާއާ އަދި އޭގެ އިތުރަށް މުޅި ރާއްޖޭގައި ވެސް ނިޒާމުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ މަސައްކަތް ސަރުކާރުން ހިލޭ ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރާނަން."
އެކަންކަމުގެ އިތުރުން މުއިއްޒު ވިދާޅުވީ މި ރަށުގެ ބަނދަރު ބޮޑުކޮށްދިނުމާއި ބަންޑާރަ މިސްކިތް މަރާމާރުކޮށް ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.
ގެދޮރުގެ މައްސަލަ ހައްލުކޮށްދިނުމާއެކު، ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށަކަށް ވާތީ މި ރަށުގައި ސްޓޭޓް ހައުސް ނުވަތަ ރަށްވެހިގެއެއް ހަދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޓީއެމް އަކީ އަސާސީ ކަމަކަށް ވާތީ، މުއިއްޒު ވަނީ އޭނާ ހޮވިވަޑައިގެންފިނަމަ އުތީމުގައި އޭޓީއެމް މެޝިނެއް ބަހައްޓައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯން
15 August 2023
މިހާރުވެސް ހަމަ ސަރުކާރު ހަރަދުގަ ބޯންމެރޯ ހެދޭ އެކަމާ ގުޅޭ އިދާރާ އިން. އެތައް ބައިވަރު ކުދިން ތަކެއް ވަނީ ހަދާފަ.
ރަމަ
15 August 2023
ބޯންމެރޯ ހަދަން މައިންބަފައިން އެދުމުން މިހާރުވެސް ސަރުކާރުން އެއޮންނަ އުޞޫލުން ދައުލަތުގެ ޚަރަދުގައިކުދިން ބޭރަށްފޮނުވައިގެން ބޯންމެރޯހަދަމުން ގެންދަނީ ތިއުޅެނީއާކަމެއް އާގޮތަކަށްކުރަންކަންނޭގޭ.
ަތައްޓޭ
14 August 2023
މުއިޒުގެ ވައުދުތައްވެސް އިބޫއަށްވުރެ ރަނގަޅު
އެސް ޒެޑް
15 August 2023
އެކަކަށްވުރެ އަނެކަކުގެ ވަޢުދު ތައްދާނީ ރަނގަޅުވަމުން، އިބޫއަށްވުރެ ފަހުން ވަޢުދުވާން ފެށީމަ ފަހުންވާ ވަޢުދުތައްވާނީ ކުރީމީހާ ވެފައިވާ ވަޢުދުތަކާއި އަޅާކިއުމަށްފަހު އެއަށްވުރެ އޮއްޓަރު ރަނގަޅުކޮށްފަ، އެއީ ފަހުންޖަހާ އެތިފަހަރު މާބާރުވާނެ އުޞޫލުން، އެކަމަކު މުއިއްޒުވެރިކަން ކުރާނެ މަދު ދުވަސްކޮޅުގައިވެސް ހުރިހާކަމެއްކުރާނީ ޔާމީންގެ އިރުޝާދުގެ ދަށުން، ކުޑަދުވަސްކޮޅަކުންް އެމަޤާމާއި ޙަވާލުވެހުންނާނީ ޔާމީން، އެއީ އެކަން ރޭވިފަވާގޮތް
ޙިނާ
14 August 2023
މިހާރު ބޯން މެރޯ ހެދުމުގެ ކަންތައް ގެންދާ ގޮތް ސަރުކާރުން ސާފުކޮށްލިނަމަ ރަނގަޅުވީސް.
ހިދާޔާ .
14 August 2023
މުއިޒު ވަރެއްނެތް
ކުނބުރަސީދު
14 August 2023
ކޮންތާކުން ލާރި ހޯދައިގެންހޭ ތި ތަންތަން އަޅަނީ. ނިންމަނީ. އަނެއްްބުރަށް ލޯނު ނަގަނީ ދޯ. މިއޮތީ ވާ ވެރިކަމެއް.
ޖުރުހުމް
14 August 2023
މިހާރު އެއްބައިފަހަރު ހީވޭ މުއިއްޒު ފެނުނީމަ މީރައީސުލްޖުމްހޫރިއްޔާއޭ…ހީވަނީ އެއްބުރުން ނަގާނެގެން މުއިއްޒު. އާނ ދެންތިބީ ކެނޑިޑޭޓުންނާ ކިޔާފަ ހުސް ކޮމީޑިއަނުންވިއްޔާ…
ހަސަނު
14 August 2023
މަ ނަމަ ޗާޕު ކޮޕު ކޮށްފާ ކޮންމެ ރައްޔިތަކަށް މަހަކު 100،000 ރުފިޔާ ދޭން ވައުދުވާނަން.. ކީއްވެ ނުދެވޭންވީ؟
މަމެން1
14 August 2023
ހިލޭ ހެދުމަކީ ކޮބާތޯ؟ މުއިއްޒުގެ ޚަރަދުގައި ތޯ؟ އިންތިހާބުގައި ކުރާ ވައުދުތައް ފުއްދުމަށް ފަންޑު ހޯދާނެ ގޮތް އެނގެން ބޭނުން.
ގުލުމީ
14 August 2023
މީ ނިކަމެތިން ނައް އެހީވުމަކީ