ނައިބު ރައީސް ފައިސަލް ނަސީމު އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ރަސްމީކޮށް، ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
27 އޯގަސްޓް 2023 - 18:59
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ ފޮނުވޭ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ"އިގެ އެޕްލިކޭޝަނެއްގެ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
ރޭ ތައާރަފްކުރި، އިންސްޓެންޓް ޕޭމެންޓް ސިސްޓަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓާ، ޕޭމެންޓް ސިސްޓަމްސް އެންޑް އޮވަސައިޓް ޑިވިޝަން ހައްވާ ލަތީފު ވިދާޅުވީ، އާ ޕޭމެންޓް ސިސްޓަމްގެ އެޕްލިކޭޝަންގައި މިހާރު ދޭ ހިދުމަތްތަކުގެ އިތުރުން މުޅިން އާ ހިދުމަތްތައް ވެސް ހިމެނޭނެ ކަމަށެވެ. މިވަގުތު ކުރިއަށް ދަނީ ފަވަރައިގެ އެޕްލިކޭޝަން ތައްޔާރު ކުރުމުގެ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެވަނަ ސްޓޭޖުގައި މި ތައްޔާރު ކުރަނީ ރެޑިލީ މޭޑް ވައިޓް ލޭބަލް އެޕްލިކޭޝަނެއް. ވައިޓް ލޭބަލް އެޕްލިކޭޝަން މިއީ ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށް ޑިޒައިންކޮށްގެން ނެރޭ އެޕްލިކޭޝަނެއް. އޭގަ ހަމަ މި ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ. އަދި އޭގެ އިތުރުން ކިއުއާރް ކޯޑު ބޭނުންކޮށްގެން ވެސް ޕޭމެންޓްތައް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.
ދެވަނަ މަރުހަލާގައި ފަވަރަ އެޕްލިކޭޝަން މެދުވެރިކޮށް އީ-ވޮލެޓްތައް ބޭނުންކޮށްގެން ވެސް ހިދުމަތްތައް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި ވަގުތު އީ-ވޮލެޓްތަކުގެ ހިދުމަތް ދޭ އުރީދޫ އާއި ދިރާގާއި އެކު ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ފަވަރައިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ މައިގަނޑު ހަތަރު ހިދުމަތެކެވެ. އެއީ، ފަވަރަ އައިޑީއެއް ހެދުމާއި ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.
ފަވަރަ އައިޑީއެއް ހެދުމުން، ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން އެ އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. ފަވަރަ ޓްރާންސްފާ އިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް މި ވަގުތު ބޭނުން ކުރެވޭނީ ބީއެމްއެލް، އެމްއައިބީ އަދި އެސްބީއައިގެ އިންޓަނެޓް ބޭންކިން އާއި އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި މި ވަގުތު ރާއްޖޭގައި ހިދުމަތް ދޭ އިތުރު ހަތަރު ބޭންކާ އެކު ޓެސްޓިން މަރުހަލާ ކުރިއަށް ގެންދާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް އެއް ފަހަރާ އެންމެ ގިނައިން ފޮނުވޭނީ 50،000ރ. އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަދަނަ
28 August 2023
މާތް ކަލާކޯ ... މަހީކުރީ ހިދުމަތް ލޯނޗްކުރުމާއި އެކު ދިރާގު އޫރިދޫ ކަހަލަ ވޮލެޓްތަކަށް މަގޭ ބޭންކުގެ އެކްސެސް ލިބި އާމުމީހާ ފައިސާދެއްކުމުގަ ލުއިތަކެއް މިލިބުނީ ކަމަށް. އަދިވެސް އެދައްކަނީ ވައިޓްލޭބަލް އެޕް ހަދާ ވާހަކަ. ހަދަން ތިއުޅޭގޮތެއް ސާފުކޮއްދީބަލަ.
އަނެއްކާ
29 August 2023
ހަމަޖައްސާލަބެ ބްރޯ. ހަދަން އުޅޭ ގޮތް ނުފެންނަނީތަ ނޫނީ ބަލައިގަންނަން ޖެހިލުންވަނީތަ؟
މަންސޫރު ޒުބޭރު
28 August 2023
އެމްއެމްއޭ އަކީ 18 ވަނަ ގަރުނު ގައުމުތަށް ކުރި ކަންކަން ކުރާ ބޯދާ ވިސްނުމުގެ ވެރިންތަކެއް އުޅޭ ތަނެއް! ދެން އަލަށް އެތަނަށް ވެރިއަކަށް އައީ މައިކްރޯ ސޮފްޓް އެކްސެލްގެ ތަޖުރިބާކާރެއް. ލޮލް
އަސްނާ ހަމްދީ
28 August 2023
ތީ. ރަނގަޅު ވާހަކައެއް
ލޮއްލަތު
28 August 2023
ކޮބާހޭ ޕޭޕަލް އެޕްރޫވަލް. ކޮބާހޭ އީ-ކޮމާސް.. އަދިވެސް ހަމަ 90ގެ އަހަރު ތަކުގަ. ބޯހަލާކު ތަރައްގީ އޭ ޒަމާނީއޭ ކިޔައިގެން. ހޭކިހޭކި ތިބެނީ އޭ.
ކޮރަލް
27 August 2023
ރައްޔިތުންގެ ފައިސާ ތިޔަ މަސައްކަތަށް ހަރަދު ވާވަރު ހާމަ ކޮށްލަ ބަލާށެވެ.
ގަމާރު ބޯއި
27 August 2023
ބޭފުޅާގެ ކޮފީ އަދި ސިނގިރޭޓަށް މިއަދު ޚަރަދުކޮށްލި ވަރު ހާމަކޮށްބަލާށެވެ. އަމިއްލަ އަދި ރައްޓެހީންގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދުކުރާވަރު ތަފްސީލް ބޭނުން. ކިތައް މީހުންގެ ޖީބުން ކޮފީ އަށް ކެނޑިންތޯ، ކިތައް މީހުން އަތުން ފައިސާ އަތުލިންތޯ އަދި ނުދީ ހުރި ދަރަނީގެ އަދަދުވެސް.
ފަވަރެޓެ
27 August 2023
ނަމަނަމަ ތި އެޕް ހަދަން ބީއެމްއެލް ހެދި ބަޔަހަށް ނުދޭތި. ޙާދަ ކަންތަށް ބޮޑޭ ދިރާގު އެޕުން ބމލ ފޯނއްބިލް ދައްކާއިރު އެއަންނަ އޯޓީލީ ޖަހަން. އޮޓޯ ކޮށެއް ނާރާ! ހީވަނީ ވެބްލިނކ ޕޯޓް ކޮއްފަ އިންހެން
އުމޭއްތަ
27 August 2023
ރަނގަޅު. ކޮންމެ ބަޔަކުވެސް ބޮޑުވާން އަމިއްލަ އެޕްލިކޭޝަން ހަދާތި. ލައިސަންސް ނަގަން ވަކި ލޮގިންއެއް. ޓެކްސް ދައްކަން ވަކި ލޮގިންއެއް. އައިޑީ ކާޑު ހައްދަން ވަކި ލޮގިންއެއް. މި ނޫނީ ނޫޅެނެ ސެންޓަރަލް ބޭންކުން އެޕްލިކޭޝަން ހަދާ ބަޔެއް
ގަމާރާ
28 August 2023
ތިއޮތީ އަމިއްލައަށް މާ ބޮޑަށް އިނގިފަ. މި ރާއްޖޭގަ ގިނައީ އަދިވެސް ތަނެއްދޮރެއް ދޮރާއްޓެއް ދޮރުކަންޏެއްވެސް ނުދައްނަ ގަމާރުން. ތިޔަހާ މޮޅެތި ދިވެހިން މި ތަން ތާނގަ ކޮމެންޓް ކޮށް ހަދާ އިރު، ރިސާޗް ބޭސްޑް އެވިޑެންސް ހާމަކޮށްގެން އެހެން މީހުން ކޮފީ މޭޒުތަކަށް އަރާ ހޮޅި ވާހަކަ އަށް ބަރޯސާނުވެ ހޭލުންތެރިވެގެން ހިޔާލު ފާޅުކުރުން މާ ބުއްދިވެރިވާނެ. ދެން ވެސް ތޯތޯ ވާހަކަ ނުދައްކާ ހަޖަމް ކޮށްލައިގެން ނިދާލާ އޯކޭ ވާނެ.