ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު ސައީދު ވާހަކަދައްކަވަނީ: ޔާމީންގެ އެދިވަޑައިގަތުމަކީ މުއިއްޒުގެ ކެމްޕެއިނުގައި އެމަނިކުފާނު ބައިވެރިވުން ކަމުގައި ސައީދު ވިދާޅުވި ---- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 ސެޕްޓެމްބަރ 2023 - 23:55
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުން ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން ކޯޓަށް ހާޒިރުކުރި ދުވަހެއްގައި ސައީދު މެދުވެރިކުރައްވައި މުއިއްޒާ ދެކޮޅަށް ނޯޓުކޮޅެއް ފޮނުއްވި ވާހަކަތަކާ ގުޅުވައިގެން، ފޮނަދޫ ކެމްޕެއިނު ޖަލްސާގައި ސައީދު މިރޭ ވިދާޅުވީ މުއިއްޒު ހޮވަން ޔާމީން ބޭނުންފުޅުވާ ކަމަށެވެ.
ވާދަވެރިން އެކިއެކި ވާހަކަ ދައްކަނީ ފިތުނަ އުފެއްދުމަށް ކަމަށް ތުހުމަތުކޮށް ސައީދު ވަނީ އެފަދަ ވާހަކަތަކުގައި ނުޖެހުމަށް އެދިވަޑައިގެންފަ އެވެ. ސައީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ ޑިމޮކްރެސީގެ ސިފަތަކުން ފުރާ ފުރިހަމަވެފައިވާ ޕާޓީއެއް ކަމަށެވެ.
"ރައީސް ޔާމީންގެ މެސެޖަކީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމާށޭ، އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ މި ހުންނެވީ އޭ ޑރ. މުއިއްޒޭ. ތި ބޭފުޅުން ނަންބަރު 4 އަށް ވޯޓު ޖައްސަވާށޭ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ ޔާމީން ޖަލަށް ވަޑައިގެންނެވުމަށް ފަހު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އަދުރޭ އަކީ ޔާމީނަށް މުޅި ރާއްޖޭގައި ވެސް ހުރި އެންމެ ވަފާތެރި ސިޔާސީ ބޭފުޅާ ކަމަށެވެ.
މުއިއްޒުގެ ވެސް ހިންގަވަނީ އެ މަގުން ކަމަށާއި، ވެރިކަން ވެސް ކުރައްވާނީ ސީދާ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަދސފ
02 September 2023
ދެން ތި ބުނަނީ އެހެންވީއްޔާ ޔާމީނުހުރީ ހައްގުން ޖަލަށްލާފައޭ ދޯ..
އަލީ!
02 September 2023
ޔާމީން އެންގެވީ އިންތިހާބް ބޮއެކަޓްކުރަން!
އެކަލޯ
02 September 2023
އަޅެފަހެ ޔާމީނުގެ އާއިލާމީހަކު ލައްވާ ތިވާހަކަ ބުނުވަބަލަ - މަޖުބޫރުކަމެއް ނެތި
ނާޑުވާ
02 September 2023
ކަނޑައެޅިގެން ދޮގެއް. ޔާމީން އެއްގޮތަކަށް ރުހޭ ކަމެއް ނޫން މުއިޒަށް ވެރިކަން ލިބިމަކީ. އެކަން އެންމެ ރަނގަޅަށް އެނގޭނީ މުއިޒުއަށާ އަދުރޭއަށް.
ތަކޫރާ
02 September 2023
ސައީދު ތިޔަހެން ވެސް ބުނެފި އެވެ.އެކަމު ދޮގު ވާނީ ހަމަ ދޮގަށެވެ.
އާމީން
02 September 2023
ދެންކީއްވެތޯ ޔާމީނުގެ އަބިކަބަލުންނާއި ދަރިކަލުން ނުފެންނަނީ ކެމްޕޭންގަ؟!
ސުލް
02 September 2023
ދެން މުއިއްޒު ދެފަޔަށް ބަޑިޖެހި ވާހަކަ އޮއްބަން އުޅުނަސް ތިއޮތީ އަތަށް ގޮވާފަ. ލޮލް. އިބޫ ހޮވޭނީ އިންޝާﷲ
މިފަހަރު
02 September 2023
މިފަހަރު ޔާމީނު އެކަހެރިކޮށް ދުވަސް ދުއްވާލައިފި، ބާޒަކަށްވެގެން ބާޒެއްގެ ލޯގޯޖަހައިގެން މުއިއްޒު ނުކުމެ ޔާމީނަށް އިހުމާލުވެއްޖެ
ވޯޓުއަޅާއިރު
02 September 2023
ވޯޓުއަޅާއިރު ޔާމީނަށް ތާއިދު ކުރާމީހުން ވިސްނާތި ބާޒުޖަހާފައިވާ ލޯގޯއަށް ވޯޓުނާޅާތި. މުއީޒުއަކީ ބާޒެއް
ތުރާކުނޭ
02 September 2023
ފިތުނަވެރިންގެ އަވާގައި ނުޖެހި ކުރިއަށް ވަޑައިގަންނަވާ ، އިންސާﷲ އެއބުރުން މުއިއްޒު
އަލި ފުތާ
02 September 2023
އޭއި މޮޔަ ނުވޭ؟؟ ޔާމިނު ނޫޅޭ ތީނަ އަށް ކެމްޕައިން ކޮށްދޭ ކަށެއް؟