ބާޒާރުގައި އުޅުނު ފޭކު ޑޮލަރެއް. ފޭކު ޑޮލަރު އުޅޭކަން ފާހަގަކުރެވުނީ މިދިޔަ ހަފްތާގައި-- ފޮޓޯ: މިހާރު
05 ސެޕްޓެމްބަރ 2023 - 12:44
ރާއްޖޭގެ ބާޒާރުގައި ފޭކު ޑޮލަރުގެ ނޫޓުތަކެއް އުޅޭ ކަން ފާހަގަކުރެވިފައިވާ ކަމަށް ޑޮލަރުގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ބުނެފި އެވެ.
ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ، މިދިޔަ ހަފްތާ އިން ފެށިގެން ވަގު ޑޮލަރު އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބާޒާރުގައި މިހާރު ދައުރުވާ ވަގު ޑޮލަރު އޮރިޖިނަލް ޑޮލަރާ ވަރަށް އެއްގޮތް ކަމަށާއި ފޭކު ޑޮލަރުކަން އެނގެނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށް އޭނާ ބުންޏެވެ.
ޑޮލަރުގެ ވިޔަފާރި ކުރާ އެެހެން ވިޔަފާރިއަކު ބުނީ، މި ދުވަސްވަރު ދައުރުވާ ވަގު ޑޮލަރުގެ ކޮލިޓީ ވަރަށް ރަނގަޅު ކަމަށެވެ. މިއީ މިހާތަނަށް ރާއްޖެއިން ފެނުނު ފޭކު ޑޮލަރުގެ ތެރެއިން އަސްލާ އެންމެ އެއްގޮތް ޑޮލަރު ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ފެނިގެން އުޅުނީ ހުސްވި ހަފްތާގެ ތެރޭގައި. އޭގެ ކުރިން އެކަހަލަ ކަމެއް ފާހަގަކުރެވިފައެއް ނެތް. އޭޖެންޓަކަށް ފޭކު ޑޮލަރެއް ލިބިއްޖެއްޔާ އެކަން އެންމެންގެ ސަމާލުކަމަށް ގެންނާނެ،" އޭނާ ބުންޏެވެ.
"މިހާރު މި ދައުރުވާ ޑޮލަރު އޭޓީއެމް އަށް ވެސް ސަޕޯޓް ކުރާ ކަމަށް ވަނީ."
އެކަމަކު މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ، މިހާތަނަށް ފޭކު ޑޮލަރު އުޅޭކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މިހާރު ބާޒާރުގައި ދައުރުވާ ފޭކް ޑޮލަރެއް. ޑޮލަރު ވިއްކާ ބައެއް އެޖެންޓުން ބުނަނީ ފޭކް ޑޮލަރު އުޅޭކަން ފާހަގަވެފައިވާ ކަމަށް -- ފޮޓޯ: މިހާރު
ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު ޑޮލަރުގެ އަގު 18ރ. އިން މަތީގައި ހުރުމަށްފަހު އަނެއްކާ ވެސް ޑޮލަރުގެ އަގު ވަނީ ޖުމްލަކޮށް 30 ލާރި ވަރު ދަށަށް ޖެހިލައިފަ އެވެ. މިވަގުތު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 17.60ރ.- 17.80ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ޑޮލަރުގެ އަގު އެހާ ބޮޑަށް ދަށްވީ، ބާޒާރުގައި އަނެއްކާ ވެސް ޑޮލަރު އެނބުރޭ ވަރު އިތުރުވުމުންނެވެ. ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ، އާންމުކޮށް މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް ބާޒާރުގައި ޑޮލަރު ދައުރުވާ ވަރު އިތުރުވާ ކަމަށާއި މިފަހަރު ވެސް ބޮޑެތި އަދަދުތަކުން ޑޮލަރު މާރުކުރަން އަންނަ މީހުން އިތުރުވެފައިވާ ކަމަށެވެ.
ޑޮލަރުގެ އަގު ދަށަށް ދިޔަ އިރު ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ޓޫރިސްޓުން ވާނީ އިތުރުކަމަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ފާހަގަކުރެ އެވެ. ޓޫރިސްޓުން އިތުރުވާ ވަރަކަށް ރާއްޖެއަށް ވަންނަ ޑޮލަރު ވާނީ އިތުރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސާނީ
05 September 2023
ކަސްޓަމުން ޑޮލަރތައް ދޫކުރީ ކީއްވެ؟؟
ހަދާން
05 September 2023
ހަދާންވަނީ ޑޮލަރު ކަސްޓަމްސް އިން ކިލިޔަރ ކުރަނިކޮއް ލީކުވި ވީޑިޔޯ މަތިން
ބޮޑުމީހާ
05 September 2023
ފޭކްވެރިންގެ ފޭކް ސިޔާސަތުތަކާއި ހެދި އާއްމު މީހާ ކުށަށް ހުށަހެޅެނީ
ވަރަވެސް ބިންދާލި
05 September 2023
މީފޭކް ދިވެހިރާއްޖެއެއް . އަސްލަށް ވުރެ ގައުމުގަ ބޮޑުވާނީ ފޭކް . އަސްލެއް ހޯދަން އުޅޭން ޖެހިފަ މިތިބީ އަސްލު ދިވެހި ރާއްޖެ އެއް ހޯދިގެން އަސްލަށް ހުރިހާ ކަމެއް ވެސް ހުންނާނީ . ގައުމުގެ ނެތްވަރު ގެ މުއްސަދި ކަމެއްގަ ނޫޓް ބޮޑި އެބުރުން އެއީ އެއްމެ ބޮޑު ފޭކް .ފޭކް ގެދޮރު ، ފޭކް ފުލެޓް . ފޭކް ލިސްޓް . ފޭކް ފައިސާ .
ކަރާސީނު
05 September 2023
ތިއަކީ "ފޭކު" ޕްރޮޕެގެންޑާއެއް ކަމަށް ބެލެވެނީ! ފޭކު ޑޮލަރު ދީ އެއުޅޭ އެޖެންޓުނަށް. އަސްލު ޑޮލަރު ހިފައިގެން އަޅުގަނޑުމެން ދާނަން ބޭންކަށް!
ވަހީދުބެ
05 September 2023
ހަމަ އިންޑިއާއޭ ބުނާއިރަށް ފުއްމަ ފުއްމާގަންނާނެ. އިއްޔެ ނޫންތަ ކަޅުދަބަހުގެ ވީޑިއޯ ލީކުވީ.
ކޮރަލް
05 September 2023
ވަގު ޑޮލަރު އެތެރެ ކުރި މީޙުން އަތުލައިގެންފި އެވެ. އަނެއް ދުވަހު ނޫހުގަ! ވަގުޑޮލަރު އެތެރެ ކުރި މީހުން ދޫކޮށްލައިފި އެވެ.
ދޮން ހަސަނު
05 September 2023
އޭޓީއެމް އަށް ސަޕޯރޓް ކުރަންޏާ ތި ފޭކް ނުވީނުން. އޮރިޖިނަލް ވީނުން. ބޭންކިން ސިސްޓަމް ތެރޭގައި މިހާރު އޮންނާނީ ހުސްތި. އެމް.އެމް.އޭ އަށް ވެސް ނޭގުނުތާ.
އުދުހޭ
05 September 2023
އިންޑިޔާއިން ބަޔަކު ޑޮލަރު ފޮށްޓެއް އެތެރެކުރިތާ އަދި ހަފްތާއެއް ނުވަނީސް މިއޮތީ ފޭކް ޑޮލަރުގެ ވާހަކަ. އެކަމަކު ސަރުކާރުން ބުނަނީ އެކަން ކުރާ ބައެއް ނޭންގެޔޭ.
ހަވަރު ތިނަދޫ ސިޓީގެ މޭރު
05 September 2023
ޑޮލަރު ގެނައީ ކޮންބައެއްކަމާއ، ކޮންގައުމަކުންކަން އަދި އެކަން ސިއްރު ކުރަން އުޅެނީ ކޮންބައްކަން ނޭގޭ ދިވެއްސެއް މިގައުމުގާ މިހާރަކުނެތެވެ