މިދިޔަ އަހަރުގެ މުބާރާތުގައި ޗެމްޕިއަންކަން ހޯދި ކުޑަކާއއްޓޭ އާއި އެޑަމްގެ ޕެއާ، ރަން މެޑަލް އާއި ތައްޓާ އެކު.-- ފައިލް ފޮޓޯ: ވީއޭއެމް
12 ސެޕްޓެމްބަރ 2023 - 10:55
ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓްއާގެ ތަށި ދިފާއު ކުރުމުގެ އަޒުމުގައި ރާއްޖޭގެ ގައުމީ ބީޗު ވޮލީ ޓީމު ބަންގްލަދޭޝް އަށް ފުރައިފި އެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން މި ގައުމަށް ތަށި ގެނައީ. އަދި މިއަހަރު އަޅުގަނޑުމެން މިތިބީ އެއަށްވުރެ ފޯރިގަދަ ތަޖުރިބާއަކަށް ތައްޔާރުވެފައި،" ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ވެއެވެ.
މާދަމާއިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކާވާ ބީޗް ވޮލީބޯޅަ ޓުއާގައި ރާއްޖޭން ވާދަކުރަނީ މިދިޔަ އަހަރުގެ މުބާރާތުން ރާއްޖެއަށް ތާރީހީ ކާމިޔާބީ ހޯދައި ދިން އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާ އެވެ.
އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ، ސަރަހައްދީ ބީޗް ވޮލީބޯޅަ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިދިނީ ފައިނަލްގައި ނޭޕާލްގެ ޕެއާއެއް ބަލިކޮށްފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކޯޗަކަށް ހުރީ ބްރެޒިލްގެ ވިނީޝިއުސް މާޓިންސް އެވެ. މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރިހި މެޑަލްއަކާއި ލޯ މެޑަލްއެއް ހޯދި ރާއްޖޭގެ ބީޗް ވޮލީ ޓީމުގެ އޭރުގެ ކުޅުންތެރިޔާ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯކޭ
12 September 2023
ހެހެހެހެހެހެ ޕަކަޕަކަޕަކާސް
ޖޫޒީ
12 September 2023
ހުރިހާވެސް ނުބަޔަކީ ޝިއުނާޒް. ފަރިތަކުރުންތަކަށް ވަކިބަޔަކުނެރެފަ ޕްރެކްޓިސްކުރުވާފަ ފުރައިގެން މުބާރާތަށްދާންވީމަ އެހެންބަޔަކު. ޢިންސާފު ކޮބާ؟ މަހުލޫފޫ
ކުކުޅޭ
12 September 2023
ޑެންޒޯ އަދި ކޯކޭއާއި ޖައްސާލައިގެން ތިޓީމުގެ ކޯޗު ވެގެންއުޅޭ ޝިއުނާޒަށް އިނގޭނީ ބޮޑާވެ ޒާތީވާން. ތިހެން ގަދަވެފަ މަވަރުމީހަކު ނެތިގެން އުޅޭވެނެ ދުވަސް ހަމަވަނީ
ޕޮޒޭނާ
12 September 2023
އަވީގަ ފަރިތަކުރީ އެހެންބަޔަކު. ދަތުރުދާންވީމަ އެހެންބަޔަކު. ނުފޫޒުން ފޯވެފައިވާ ކޯޗެއް ތިޔަހުރީ
ކާމިނީށް
12 September 2023
ބަލިވާނީ އިރާދަކުރެއްވިއްޔާ