15 ސެޕްޓެމްބަރ 2023 - 15:14
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވުން ނާދިރު ކަމަށާއި އެމްޑީޕީން ވިސްނަނީ ދެން އުފެދޭ ރިޔާސަތެއްގެ ބާރުތަކާ ގުޅޭ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެ ޓްވީޓްކުރެއްވީ އެމްޑީޕީން ވަކިވި މެންބަރުންނާ އެކު، ނަޝީދު އިސްކޮށް މަސައްކަތްކުރައްވާ ޑިމޮކްރެޓްސް އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައި ވަނިކޮށެވެ. ފުރަތަމަ ބުރުގައި 15،000 އަށް ވުރެ ގިނަ ވޯޓާ އެކު ތިން ވަނަ އަށް ދިޔަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ މި މަހު 25 ގައި ވޯޓު ނަގައި، ނިޒާމު ބަދަލުކުރަން ފެންނަ ނަމަ 30 ވަނަ ދުވަހު އިންތިހާބުކުރާ ރައީސް ވާނީ ބަރުލަމާނީ ވެރިކަމުގެ ރައީސަށް ކަމަށެވެ.
ފުރަތަމަ ބުރުގައި ކުރި ހޯދެއްވި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ދެ ވަނަ އަށް ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެ ވަނަ ބުރު ކަށަވަރުކުރުމަށް ގެންދަނީ އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރަމުންނެވެ.
"ދެވަނަ ބުރުގައި ރައީސް ސޯލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއް. އެމްޑީޕީ މިވަގުތު ވިސްނަންވީ އުފެދޭ ރިޔާސަތުގެ ބާރުތަކާ ގުޅޭ ގޮތުން،" ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އިލްޔާސް އާއި އޭނާގެ ރަނިންމޭޓް ހުސެން އަމްރު ކުރެއްވި ޓްވީޓްތަކަށް ފަހު ނަޝީދު ކުރެއްވި ޓްވީޓްގައިވެ އެވެ.
Dhevana burehgai Raees Solih ah kaamiyaab libumakee varah naadhir kameh. MDP mivaguthu visnanvee ufedhenulhey riyaasathuge baaruthakai gulhey gothun
— Mohamed Nasheed (@MohamedNasheed) September 15, 2023
އިލްޔާސް ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ނިޒާމީ ވޯޓު ނެގުމާ ބެހޭ ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެމްޑީޕީން ވަކި އެއްޗެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގައުމީ ދޫ
15 September 2023
މަޖްލިސް އެމްޑީޕީ އަތުގަ އެތަނުގެ ރައީސްކަން ކުރަނީ ނަޝީދު، ރައީސްއަކީ އެމްޑީޕީގެ ސޯލިޙް. ހުރިހާ ބާރެއް އޮވެމެ އެކަމުން ގައުމަށް ނުވަތަ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް. ދާއިރާއިން ވިއްސަކަށް ޕަރސެންޓް ލިބޭ މެމްބަރުންގެ އަޣްލަބިއްޔަތުން މީހަކު އިންތިޚާބްކޮށްގެން ހިންގާ ވެރިކަމެއް ބޭނުމެއް ނޫން! ރައްޔިތުން އަތުގައި އޮތް އެމީހުންގެ ވެރިއަކު ކަނޑައެޅުމުގެ ބާރު ނިގުޅައިގަންނަން އުޅޭނެ ކަމެއް ނެތް!
ނޫންނޫންނޫންދޯ
15 September 2023
ނުޖެހޭނެ ރާއްޖޭގައި ވެރިކަންކުރާ ނިޒާމަކީ ބަރުލަނާ ނިޒާމަކަށް ބަދަލު ކުރަން ތިޔާ އަނެއްކާ އަނެއް ބަލާއާއި ޖެހެނީ ރައީސަކު ހުންނާނެ ބޮޑުވަޒީރަކު ވެސް ހުންނާނެ މިދެމީހުން ވެސް ބަލަހައްޓާނީ އެއީ އެމެންގެ މައިންބަފައިންގެ ތަރިކަ މުދަލުންނޫނޭ ރައްޔިތުންގެ ޓެކްސް ފައިސާއިންނޭ މިހާރު އޮތް ވެރިކަމުގެ ނިޒާމް ހަމައެކަނި ގޯސްވެގެން އުޅެނީ ކެނެެރީގެ ނަޝީދަށް ރިޔާސީ ނިޒާމްގެ ވޯޓް ސައްޚަ ނޫން ކަމަށް ނަޝީދު ބުނާއިރު 2008 ގައި ތަ ވެރިކަަމަށް ފާވީ ސައްހަވޯޓުުންތޭ
ޖޯކަރު
15 September 2023
މިހާތަނަށް ދިވެހީންނަށް އެންމެ ގެއްލުންދިން މަނިކުފާނު ފޮޓޯއިން އެފެންނަނީ.
އަފީފު ހ އ ދިއްދޫ
16 September 2023
މިރާއްޖެ ގަވްމެއްގެ ގޮތުގައި ދެމިއޮތުމަށް އެއްމެބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅާގެ ފުޓޯއިން އެފެނިގެން ދަނީ
މަރިޖިއާނާ
15 September 2023
މިދެބައި މީހުން ތަޅާތަޅާ ވަނީ ކުދިކުދި ވެފަ ދެން ކިހިނެއް ވޯޓް ދޭނީ
ވެރިކަން
15 September 2023
ޢެމްޑީޕީއައް މިހާރު މަޖިލިސް މެޖޯރިޓީ އާ ވެރިކަން 5 އަހަރު ދެވިއްޖެ ވީކަމެއްނެތް ދެން ބޭނުންވަނީ ބަދަލެއް
އަހުމަދު އާތިފް
15 September 2023
އަންނި އާދޭސް ކޮއްކޮއް އޮއްވަ ނިޒާމީ ވޯޓް ބޮލާލާ ޖެހީ ދެން އަންނިއައް ރަނގަޅުވާނީ ވެސް އިބޫ ނުހޮވުނިއްޔާ
ޢެމްޑީޕީ
16 September 2023
ޢަންނި ބޭނުންވާ ކަމެއް އިބޫ އަކަށް ނުކޮށްދެވޭނެ އެންނު މީ އިބޫގެ ތަރިކަމުދަލެއްނޫން ދިވެހިންގެ ތެރެއިން އިން އެންމެ މީހަކު ބުނާއެއްޗަކަށް ވެރިކަމުގައި ހުންނަ މީހަކަށް ކަމެއް ނުކުރެވޭނެ އެންނު. ޢަޖާއިބެއް ދެން މިއޮށް ދައްކާ ވާހަކައެއްދޯ
ބާލައާދަނު
15 September 2023
ރިޔާސީ ނިޒާމު އޮތީމަ ރިޔާސަތުގެ ބާރު ކަމަކު ނުދޭ. ބަރުލަމާނީ ނިޒާމު ގެނެވުނީމަ ބަރުލަމާނުގެ ބާރުތަކަށް ވާނެގޮތަކާދޭތެރޭ ވިސްނާލާ.
އ
15 September 2023
ބޮޑައް ނިޒާމައްވުރެ މަނިކުފާނުގެ ވިސްނުން ތިހިރީ ހައްދުން ނައްޓާފައި މަނިކުފާނައް މިގައުމުގެ ވެރިކަން ހޯދުމައް.... ހިލާ އެހެނެއް ދެނެއް ނުވާނެ ކޮންމެ ވައްތަރެއްގެ ނިޒާމެއް ގެނެޔަސް.... މަނިކުފާނު ތަބާނުވިއެއްނުން.... ދެން ދަޑިއޭ ފަޅޮލޭ ކިޔާނެކަމެއް ނެތެއްނުން.....
ޔަހޫޔާ
15 September 2023
އަޅުގަނޑު ގައިމުވެސް ވޯޓް ދެންލާނީ ބޮޑު ފަޅިއައް.
މުއުމިނު
15 September 2023
އަޅުގަނޑު ވެސް ބަލަނީ މުއީޒަކީ ރަނގަޅުވުން ގާތް މީހަކައް އޭނާ ގައިމުވެސް ޕޯޑިއަމް އައް އަރާ މީހުނާ ދިމާލައް އެއްޗެހި ނުގޮވާހުރި ކުޑިޑޭޓެއްގެ ގޮތުގަ އިނގޭ ނީ ވޯޓް ގެފަހުން ވާގޮތެއް
ގުބުލީ
16 September 2023
ކަލޭ ބަލަބަލާ ހުރޭ. އެއީ ކޮންކަހަލަ މީހެއްކަން އަހަރެމެން ރަނގަޅަށް ދަންނަން