ޓެކްސް އިދާރާ މީރާގެ އޮފީހުގައި ބަޔަކު ހިދުމަތް ހޯދަނީ. މިއަހަރުގެ މިހާތަނަށް މީރާއަށް 15 ބިލިއަން ރުފިޔާ ވަނީ ލިބިފައި-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
18 ސެޕްޓެމްބަރ 2023 - 10:31
ވޭތުވެދިޔަ އަށް މަސް ތެރޭ ޓެކްސް އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ 3.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ ގާތްގަނޑަކަށް 20 ޕަސެންޓް އިތުރު އަދަދެކެވެ. ޓެކްސް އާމްދަނީ އިތުރުވި އިރު، މިދިޔަ ޖެނުއަރީން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނެގީ 12 ޕަސެންޓް އަދި ޖީއެސްޓީ ގޮތުގައި ހަ ޕަސެންޓެވެ.
މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޖީއެސްޓީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 34 ޕަސެންޓް އިތުރު އަދަދެކެވެ.
މިއަހަރު ޓެކްސްގެ އާމްދަނީގެ ތެރެއިން ޑޮލަރުން 541 މިލިއަން ބަލައިގަނެފައިވެ އެވެ. މިއަހަރު އިންކަމް ޓެކްސްގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ އިރު ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 119 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެ އެވެ.
ޓެކްސް އާމްދަނީގެ އިތުރުން ރިސޯޓު ކުއްޔަށް 965 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 692 މިލިއަން ރުފިޔާ ލިބުނު އިރު ލީޒް އެކުއިޒިޝަންގެ ގޮތުގައި 44 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް
18 September 2023
ތިޔަ ފައިސާއިން އަޗާތަޅާނީއެއް ނޫން.
ސެމި
18 September 2023
އެކަމަކު ރިސޯޓްތަކުން ދޭންޖެހޭ 4ބިލިއަން ރުފިޔާގެ ޓެކްސް ރަޢީސް މިއަދު އެމާފްކުރީ! ކޮބާ އިންސާފު! މަހުޖަނުންނަ ހެޔޮގޮތް.، ނިކަމެތި ރައްޔިތުން ހަާލުގަ!