މުއިއްޒު ރޭ ހުޅުދުއްފާރަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.---ފޮޓޯ: ޕީޕީއެމް
21 ސެޕްޓެމްބަރ 2023 - 09:14
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ ކުންފުންޏަކަށް މި ސަރުކާރުން ދޫކުރި 31 މިލިއަން ރުފިޔާ އަށް ވީ ގޮތުގެ ޖަވާބު ނުދީ، ވެރިކަމަށް ކުރިމަތިލެއްވުމުގެ ހެޔޮ ނިޔަތެއް ވެސް މި ސަރުޖާރާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނެތް ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އެހެން ވިދާޅުވީ ރ. ހުޅުދުއްފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.
މުއިއްޒު ވިދާޅުވީ، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް އަށް ސަރުކާރުން ދޫކުރި 31 މިލިއަން ރުފިޔާ އަށް ވީ ގޮތް ބަލައި ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.
"މި އަށް ޖަވާބު ނުދީ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ސަރުކާރުން އައީމާ އެ މޯރަލް އޮތޯރިޓީ ވެސް ނެތެއް ނޫންތޯ؟ ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ރައްޔިތުންގެ 30 މިލިއަން ރުފިޔާ އަށް ވީ ގޮތާއި ނުލިބުނު ވެންޓިލޭޓަރުތައް ވީ ތަނަކާ. މި ހިސާބުގައި ކޮރަޕްޝަން މި ސަރުކާރުގައި މި ހުރީ،" މުއިއްޒު ވިދާޅުވި އެވެ.
ފިނޭން މިނިސްޓަރު އިބްރާހިމް އަމީރު މީގެ ހައެއްކަ މަސް ކުރިން ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން ވަނީ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައި ކަމަށެވެ. އޭނާގެ އުއްމީދަކީ އާބިޓްރޭޝަނުން ދިވެހި ސަރުކާރާ އެއްކޮޅަށް ނިމި އެ ކުންފުނީގެ އަތުން ފައިސާ އަނބުރާ ލިބުމުން ކަމަށް ވިދާޅުވި އެވެ.
މި އަށް ޖަވާބު ނުދީ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ސަރުކާރުން އައީމާ އެ މޯރަލް އޮތޯރިޓީ ވެސް ނެތެއް ނޫންތޯ؟"--- މުއިއްޒު
ކޮވިޑުގެ ފަރުވާއަށް 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރީ ކުންފުންޏާ ބެހޭ ތަފްސީލެއް ނުހޯދައި ކަން އޮޑިޓް އޮފީހުގެ ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ.
މުއިއްޒު ރޭ ދެން ފާޑުވިދާޅުވީ، މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖުގެ އަދި ނިމުމަކާ ގާތް ވެސް ނުވާއިރު، މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އޭގެ ތެރެއިން 190 މިލިއަން ޑޮލަރު ހޭދަކޮށްފި އެވެ. އެކަމަކު، އެ މަސައްކަތުގެ އެއްވެސް ޕްރޮގްރެސްއެއް ނުފެނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ ތަނބެއް ވެސް ނެތެއް ނޫންތޯ؟ ރައީސް ޔާމީންގެ ވެރިކަމުގައި މާލެ އާއި ހުޅުލެއާ ދޭތެރޭގައި އެޅި ބްރިޖް. އެއީ ވެސް 190 މިލިއަން ޑޮލަރު. ސަތޭކަ ނުވަދިހަ މިލިއަން ޑޮލަރު ހަރަދު ކޮށްގެން ބްރިޖު އެ އޮތީ ފެންނަން. މި ސަރުކާރުން އަޅާ ބްރިޖު، 190 މިލިއަން ޑޮލަރަށް ވީ ގޮތެއް ނޭނގޭ. ބްރިޖު ވެސް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
ހުޅުދުއްފާރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
"މި ހުރި ސުވާލުތަކަށް ޖަވާބު ނުދީ، ރައްޔިތުންގެ ގާތަށް އައިސް ދެ ވަނަ ދައުރެއްގެ ވާހަކަ ދެއްކީމާ ރައްޔިތުން ސުވާލު ކުރަންޖެހޭ. މިއީ ސީރިއަސް ވާހަކަ."
މުއިއްޒު ވިދާޅުވީ، މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކީ ކޮރަޕްޝަނާއި އުމްރާނީ ތަރައްގީގެ މައްސަލަތަކާއި ރާއްޖޭގެ މިނިވަންކަމާ ގުޅޭ ގޮތުން މި ސަރުކާރު ޖަވާބުދާރީ ކުރުވަން ލިބޭ ފުރުސަތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާވަސް
23 September 2023
ތި ކިޔަނީ 2 މިލިޔަން ޑޮލަރު އަމީން މިނިސްތަރުގެ ދަށުން ކާލިއޭ ނު. ކިތަށް މިލިޔަން ކައިގެން ފައިބާ ތިތިބީ
ސގނލ
23 September 2023
މަގޭސުވާލަކީ، މުޢިއްޒުގެ މިނިސްޓަރުކަމުގައި ހިންގި އެކިކަންތައް ދެވަނަފަހަރަށް ޚަރަދުހިނގާގޮތަށް ކުރަންޖެހިފައިވަނީ ކީއްވެތޯއެވެ؟
ތަހުޤީގު
22 September 2023
ތަހުޤީގު ކޮށް ޝަރިޔައްކޮށް ޖަލައްލިޔަސް ބުނާނީ ހަރާން ހުކުމޭ. ކޮންތަހުޤީގެ ކެކޭތިކިޔަނީ މާލޭ މަގުތައް ދިރުވާލި ލާރިކޮބާ.ތިހުރިހާ ތަހުގީގެއް ކޮށް ޝަރިޔައްކޮށް ހުކުމް ކޮށްޖަލައްލާފަ އޮތް ބޮޑު އަސްލު ޗޯރު ކައިރީ އަހާބަލަ ލާރި ގަނޑު ކޮބާތޯ.
ވެންޓިލޭޓަ
21 September 2023
ވެންޓިލޭޓަރ ތަކުގެ ފައިސާ އެމްޑީޕީ ސަރުކާރުގެ ބޮޑެތި މީހުނަށް ބަހާލީ. އެހެންވެ އެކަމާއި މާލެ ރައްޔިތުން ފޫހިވެ އިބޫނޫންގޮތަކަށް ވޯޓްދޭންނިންމީ.
ވައްކަން
21 September 2023
މުއިއްޒުގެ ވަޒީރުކަމުގައިވެސް ތިޔަށްވުރެ ގިނައިން ލާރި ގެއްލިފައިވޭ. މިހާރުނޫހުން ބަލާލަދީބަލަ އޮޑިޓު ރިޕޯޓުތައް
ނިލިސް
21 September 2023
ވައްކަމުގެ ނުވަރަ ކޮރަޕްޝަނުގެ ތުހުމަތު އެއް ކެނޑިޑޭޓް އަނެއް ކެނޑިޑޭޓަށް ބްލޭމްކުރުމުގެ ބަދަލުގައި ނިޒާމުތައް ހަރުދާނާކުރާނެ ގޮތް ހާމަކޮށްދީ ބަލަ
ޝާހް އިސްމާއިލ
21 September 2023
ދުވަހަކުވެސް ވެންޓިލޭޓަރ ނުލިބިގެން އަޅުގަނޑުގެ ކާފަ މަރުވި ހަދާން ނުނެތޭނެ. އެދުވަހުން ފެށިހގެން މިސަރުކާރު މަތިން ފޫހިވެއްޖެ. އަޅުގަނޑުގެ އާއިލާގެ 15 ވޯޓް މުއިޒް ޔަގީންކުރައްވާ
މުއާނިޝް
21 September 2023
މިސަރުކާރުން ވެންޓިލޭޓަރުން ކުރީ ބޮޑު ވައްކަމެއް. އެއީ ފެންނަން އޮތް ހަގީގަތް. މިވެރިކަން ނިމެންދާ މައިގަޑު ސަބަބު.
ހަސަން ނިމާލް
21 September 2023
ކުރީ ވައްކަން. މަރުވީ ދިވެހި ރައްޔިތުން. ރައްޔިތުން މިސަރުކާރަށް ނޫނެކޭ ބުނާނެ.
ނިއުމާ އަލީ
21 September 2023
ކޮވޮޑްއަކީ މިސަރުކާރަށް ވައްކަން ކުރަން ލިބުނު ރަނުގެ ފުރުސަތެއް، އެކަން ކުރި