ޚަބަރު / ރިޔާސީ އިންތިޚާބު 2023

އައްޑޫ މީހުންނަށް މުއިއްޒުގެ ޖަވާބު: މަޝްރޫއުތަކެއް ނުހުއްޓުވާނެ، ވަޒީފާތަކުން ވަކި ނުކުރާނެ

މުއިއްޒު އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވާ އާންމުގެ ސުވާލުތަކަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

27 ސެޕްޓެމްބަރ 2023 - 14:16

69 comments

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް އިިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ވަޑައިގެން، ފޭދު އާއި މަރަދޫ ފޭދޫ އަދި މަރަދޫގެ މީހުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ މީހުންގެ ސުވާލުތަކަށް ގާތުން ޖަވާބުދެއްވައިފި އެވެ.

ކެމްޕެއިނުގެ ފަހު ދަތުރުގައި ދެކުނުގެ އަތޮޅުތަކަށް ކުރަމުން ގެންދާ ދަތުރުގައި މުއިއްޒު މިއަދު ފުރަތަމަ ވަޑައިގެންނެވީ ފޭދޫއަށެވެ. ފޭދޫ ބަނދަރުން ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ، މުއިއްޒަށް މަރުހަބާ ދެންނެވި އެވެ.

އާދަވެގެން ކޮންމެ ރަށެއްގައި ބާއްވަމުން އަންނަ ޖަލްސާގައި މުއިއްޒު ވަރަށް ކުރުކޮށް ވާހަކަ ދެއްކެވުމަށް ފަހު، ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވައިލެއްވި އެވެ. ތިން ރަށުގެ އެކިއެކި ކެމްޕެއިން ޖަގަހަތައް ހުޅުއްވައި ދެއްވުމަށް ފަހު، އެކި ކަންކަމާގުޅޭ ގޮތުން މުއިއްޒުގެ ފަރާތުން ކަންކަން ސާފު ކުރުމުގެ ފުރުސަތު ދެއްވި އެވެ. ރައްޔިތުން ކުރި ހުރިހާ ސުވާލަކަށް މުއިއްޒު ވަނީ ވަރަށް ތަފްސީލްކޮށް ޖަވާބު ވެސް ދެއްވައިފަ އެވެ.

އައްޑޫ އިން މުއިއްޒަށް އެންމެ ގިނައިން އަމާޒުވި ސުވާލަކީ މީގެ ކުރިން އެތައް ފަހަރަކު ޖަވާބު ދެއްވާފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސުވާލުތަކެވެ. މި ސަރުކާރުން ދީފައިވާ ފްލެޓްތަކާއި ގޯތިތައް މުއިއްޒުގެ ސަރުކާރެއްގައި އަތުލަފާނެތޯ ކުރާ ސުވާލެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ވާދަވެރިން އެންމެ ގަދަ އަށް ދެކޮޅަށް ދައްކަނީ އޭނާގެ ވެރިކަމެއްގައި ވަޒީފާތަކުން މީހުން ވަކިކުރާނެ ވާހަކަ އާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާނެ ކަމުގެ ވާހަކަ ކަމަށެވެ.

މުއިއްޒު އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ސުވާލުކުރަން ފުރުސަތު ދެއްވި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއިއްޒު މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ، އެއްވެސް ރަށެއްގައި އެއްވެސް މަރުހަލާއެއްގައި ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި، ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. ރައްޔިތުންގެ ހިޔާލާ އިދިކީލަކޮށް ބައެއް ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތަކަށް ބަދަލު ގެނެސް، އެ މަޝްރޫއުތައް ވެސް ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރުން ދޭން ނިންމާފައި އޮތް އެއްވެސް ގޯއްޗެއް ފްލެޓެއް އަތެއް ނުލާނަން، ބަދަލެއް ނުގެންނާނަން، އެ ދޭން ނިންމި ތަނަކުން އެ ގޯތި ނުވަތަ ފްލެޓު ލިބިގެން ދާނެ. އެއީ ރާއްޖޭގެ ކޮންމެ ތަނަކުން ވިޔަސް،" ރައްޔިތުންނަށް ދެއްވާ ޔަގީންކަން ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

ފޭދޫ އިން މުއިއްޒަށް އަމާޒުވި އަނެއް ސުވާލަކީ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ކޮބައިތޯ އެވެ. އެ ސުވާލަށް މުއިއްޒު ވިދާޅުވީ އެ ނަމުގައި އެއްވެސް ވައުދެއް ނުވާ ކަމަށާއި މި ސަރުކާރުން ކަންކަން ގެންގޮސްފައިވާ ގޮތުން ކަންކަން ހުންނާނެ ގޮތް އަންދާޒާ ކުރަން އަދި ދަތިކަމަށެވެ.

މުއިއްޒު އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް ސަޕޯޓަރުންތަކެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިސާލަކަށް ފައިސާ ހަރަދު ކުރަމުންދާ ވަރު، ޑެޓް އޮތް ވަރު، މިހުރިހާ ކަމެއް ނޭނގި އަޅުގަނޑަށް ފުރަތަމަ 100 ދުވަސް ތެރޭގައި ފުރަތަމަ ދުވަހު މި ކަންތައް، ދެ ވަނަ ދުވަހު މިކަންތައް ކިޔާފައި ޕްލޭނެއް މިވަގުތު އިއުލާނު ކުރުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެ މައުލޫމާތުތައް ހޯދައި ދެނެގަތުމަށް ފަހު 100 ދުވަހު ކުރައްވާނެ ކަންކަން އިއުލާނު ކުރައްވާނެ ކަމަށެވެ.

މެންދުރު ފަހު މުއިއްޒު ދެން ވަޑައިގަންނަވާނީ އައްޑޫ ހިތަދޫ އަށެވެ. އެ ރަށުގައި ބައެއް ގޭގެއަށް ދޮރުންދޮރަށް ހިންގުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަހުން ދެ ވަނަ ބުރުގެ ކެމްޕެއިނު އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަންނަވާނީ ހުޅުދޫ އަދި މީދު އަށެވެ.

69 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކކމް

28 September 2023

ފަސްޓްލޭޑީ ވިލް ނީޑް އަ ސްޓައިލިސްޓް

The name is already taken The name is available. Register?

މެޒޯ

28 September 2023

މުއިއްޒު ވިދާޅުވި އެއްމެ ފުރަތަމައަށް ވެރިކަމާއި ހަވާލުވެފައި ކުރައްވާނެ ކަމެއްގެ ގޮތުގައި ޔާމީން ދޫކުރެއްވާނެކަމަށް އެއީ ވައުދު ފުޅެއްނޫންތޯ މިހާރުުތިވިދާޅުވަނީ އެވައުދު ނުފުއްދަވާނެކަމަށް ތޯ.

The name is already taken The name is available. Register?

ސަމާލު

28 September 2023

100 ދުހުގެ ތެރޭއޭ ވިދާޅުތަ. ޜަނގަޅަށް ހޭވަރިކަން ބަހައްޓަވާ. ޤާނޫނީ ހަމަތަކުން ކަމަށް ވިދާޅުވަނީ.

The name is already taken The name is available. Register?

ސިކުނޑި

28 September 2023

ބުނާ އެއްޗެެެއްގެ އަޑު އިވިދާނެ! އެކަމަކު ޕީޕީއެމްއަކީ ވަޒީފާތަކުން އެހެން ޕާޓީތަކުގެ މީހުން ވަކި ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް! މުއިއްޒަކީ ލީޑަރެއް ނޫނެވެ. ކުރިޔަށް އޮތްތާނުގައިވެސް ނުވެސް ވެވޭނެއެވެ. މުއިއްޒަށް ވޯޓު ލުމުގެ ކުރިން އޭނާގެ ހައުސިން މިނިސްޓަރު ކަމާއި މޭޔަރު ކަމުގައި ކަންކުރިގޮތަށް ބަލާލަންޖެހެއެވެ. އެއަށް ފަހު ވޯޓު އަޅާށެވެ. މަގޭ ވޯޓެއް ނުދޭނަމެވެ.

The name is already taken The name is available. Register?

ސިދުހާން

28 September 2023

އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން މިފަހަރު ޑރ.މުޢިއްޒް

The name is already taken The name is available. Register?

ސާމް ނާފިޒް

28 September 2023

އުފާވެރި ހަބަރެއް. ބޮޑުތަނުން އައްޑޫ މުއިޒްއަށް ލިބޭނެ.

The name is already taken The name is available. Register?

ސޫދާ ސޮބްރީ

28 September 2023

މުއިޒް ނޫނީ ނެތް ކަމުދާ މީހެއް. އަޅުގަނޑުގެ ވޯޓް ޔަގީންކުރައްވާ

The name is already taken The name is available. Register?

ހާނިފް އިމްތިޔާޒް

28 September 2023

ޝުކުރަން މުއިޒް. ހޮވޭނެ

The name is already taken The name is available. Register?

މުހައްމަދު ޔަޝްރަފް

28 September 2023

މުއިޒްއަށް އިތުބާރު އެބައޮތް. ވާހަކަތައް ރަނގަޅު. ފުރަތަމަ ބުރުގަ ނުދަން ވޯޓް އަޅަން، މިފަހަރު ދާނަން. މުއިޒް ހޮވަން

The name is already taken The name is available. Register?

ފައިސަލް ނަސީމް

28 September 2023

އިބޫ އަޅުގަނޑު ވަޒީފާއިން ކަނޑާލީ. އާއިލާގެ 26 ގަޑު ވޯޓް މުއިޒްއަށް ދިޔައީ އެހެންވެ. ދެންވެސް ދޭނީ މުއިޒްއަށް. ހެޔޮ ކިތަންމެ ފައިސާއެއް ދިނަސް

The name is already taken The name is available. Register?

ހަސަން ސިނާދު

28 September 2023

ޑރ.މުއިޒް އަށް ކުރިން ވޯޓް އަޅާކަށް ނޫން ހުރީ. އެކަމަކު ދެން އަޅާނީ މުއިޒްއަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454