ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު އަދި ހިޔަލީ މުހައްމަދު ރަޝީދާ އެކު، މުއިއްޒު މިއަދު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
27 ސެޕްޓެމްބަރ 2023 - 18:38
އައްޑޫގައި އައްސޭރި ޓޫރިޒަމް ތައާރަފުކޮށް، 10،000 ވަޒީފާ އިތުރު ކުރުމަކީ އޭނާގެ ސަރުކާރުގެ އަމާޒެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އައްޑު އަށް މިއަދު ހެނދުނު ފެއްޓެވި ކެމްޕެއިން ދަތުރުގައި ހިތަދޫ ދެކުނު ދާއިރާގެ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ދެއްކެވި ވާހަކައިގަ އެވެ.
މުއިއްޒު ވިދާޅުވީ، އައްސޭރި ޓޫރިޒަމް މަޝްރޫއު އައްޑޫގައި އޭނާގެ ސަރުކާރުން ހިންގާނީ 6،000 އެނދު ގާއިމްކުރާ ގޮތަށް ކަމަށެވެ.
"ބޭނުމަކީ މި ތަނުގައި ތިބެގެން އާމްދަނީގެ ފުރުސަތު ހޯދައި ދިނުން. އެއީ އަމާޒަކީ. މުޅި ސިޓީ އަށް ނިސްބަތްކޮށް އެ ވައުދު މި ވަނީ. ޓޫރިޒަމްގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި އެކި އުފެއްދުންތެރިކަމުގެ ދާއިރާތަކުން އެ ފުރުސަތު ހޯދައި ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އައްޑޫ މީހުން ބޭނުންވާ ގޮތަށް މި ސަރަަހައްދު މިހާތަނަށް ވެސް ތަރައްގީ ކުރެވިފައި ނުވާ ކަމަށާއި އެ މީހުންގެ އުންމީދުތަކުގައި އޭނާގެ ސަރުކާރެއްގައި ކުލަ ޖައްސައިދޭނެ ކަމަށެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދެ ވަނަ ބުރުގެ ކެމްޕެއިންގެ ދަތުރުތަކުގެ ފަހު މަންޒިލް އައްޑޫ ހިތަދޫގައި މުއިއްޒު ވިދާޅުވީ، އައްޑޫ ތަރައްގީ ކުރުމަށްޓަކައި މި ސިޓީގެ މީހުން އެދިއެދި އޮތް ތަރައްގީ، އެ މީހުން ބޭނުންވާ ގޮތަށް މީގެ ކުރިން ގެނެސްދެވިފައި ނުވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އައްޑޫ މީހުން އޭނާ އަށް އިތުބާރުކޮށް، ވެރިކަމަށް ހޮވައިދީފި ނަމަ އެ މީހުން އުންމީދުކުރާ ތަރައްގީގެ މަންޒަރު ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.
"އެކަން ހާސިލް ކޮށްދިނުމުގައި ތިބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރައްވާ. ޒިންމާ ހަވާލުކުރައްވައިފިއްޔާ އެ ޒިންމާ ފުރިހަމަ އަށް އަދާކޮށްދޭނަން،" ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ ޖަގަހަ ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގާއިމްކުރާނީ ރެއާއި ދުވާލު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަވަދިނެތި އުޅޭ ހީވާގި ސަރުކާރެއް ކަމަށެވެ.
"މި ސިޓީގެ ތަރައްގީއަށްޓަކައި ތި ރައްޔިތުން އެދިލައްވާ ހިސާބަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ އައްޑު އަށް ގެންގުޅުއްވާ ތަސައްވުރުގައި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމާއި މި ސަރަހައްދުގައި އައްސޭރި ޓޫރިޒަމް ފުޅާކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި، މުއިއްޒު ވިދާޅުވީ ބަޔޮސްފިއާ ރިޒާވް ބަދަލުކުރުމުގައި ކުރަން ޖެހޭ ބައެއް މަޝްވަރާ އެބަހުރި ކަމަށާއި އެކަމަކު ގޮތެއް ހޯދޭނެ ކަމަށެވެ.
އައްޑޫ ހިތަދޫ އުތުރު ޖަގަހަ ހުޅުވައިދިނުމަށް މުއިއްޒު ވަޑައިގަތުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ބަޔޮސްފިއާ ރިޒާވްގެތެރެއިން ހަދަން ޖެހޭ މަގުގެ ކަންތައް ބަލައި، އެކަމަކީ ވެސް ކޮށްދެވޭނެ ކަމެއްތޯ ބަލާނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އޭނާ އަށް އިތުބާރުކޮށް، ވެރިކަމަށް ހޮވައިދީފި ނަމަ، ތެދުވެރިކަމާ އެކު ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސދފ
29 September 2023
ކޮބާތޯ ޕޕއެމް ވައުދުވި 90،000 ވަޒީފާ؟
އޮނަރަބްލް އަފީފު ދީދީ
28 September 2023
ސޯލިޙްއަށް އިތުބާރުކޮށް 2018 ގައި ވޯޓް ދިންފަދައިން މިފަހަރު ޑރ މުއިއްޒަށް އަހަރުމެން (އައްޑޫމީހުން) ގެ މެޖޯރިޓީ ވޯޓް ދޭނެ. # އައްޑޫ ތަރައްޤީ މަޝްރޫއު ފެއްޓުމުގެ ގޮތުން އަހަރަކު 2 މިލިޔަން ޕެސެންޖަރުންނާއި 5 ލައްކައެއްހާ ޓަނުގެ ކާގޯ އުފުލޭ އެވިއޭޝަން ޓްރާންސިޓް ހަބެއްގެ ގޮތުގައި ގޭންއެއަރޕޯޓް ތަރައްޤީކޮށްދިނުން. # މިކަން ކުރުމުގެ ކުރިންވެސް 80މ ގެލަން ޖެޓްފިއުލް ސްޓޯރާޖާއި، 800 ކޮޓަރީގެ ޓްރާންސިޓް ހޮޓަލެއް އެއަރޕޯޓްގައި ތަރައްޤީ ކުރަންޖެހޭ.
5
28 September 2023
މުނައްވަރަށްވެސް ވަޒީފާ ހަމަޖެހޭނެތޯ؟
މަންތަރު
28 September 2023
ދެބޭކަލުން އަތުގެ ދެފުށް ދެއްކެވުމުން، ދެފުށްދެގޮތްކަން އެބަފެނޭ. ތިޔަ އުފައްދަވާ ވަޒީފާތަކުގެ ތެރޭގައި އެންމެ މުހިންމީ ޑރ. މުނައްވަރަށް ބަންޑާރަ ނައިބުކަމުގެ ވަޒީފާ ދެއްވުން. އެމަނިކުފާނު މިހާރު ކަމެއްނެތި ހުހަށް ހުންނަވާތާ ގިނަދުވަސް ވެގެން ފޫހިފުޅުވެގެން އަތްމަތި ދަތިވެގެން އުޅުއްވާކަމަށް ބެލެވެނީ. މުނައްވަރު ވިދާޅުވިޔަސް ކަނޑު ވިއްކާ ނުލާކަމަށް މުއިއްޒު ވަނީ ވިދާޅުވެފައި. މުނައްވަރު ކުރަހާހާ ކުރެހުމަކަށް ދުނިޔޭގެ ގައުމުތަކުން ތަބާ ނުވާނެ.
އެސް ޒެޑް
28 September 2023
މުއިއްޒަކީ ކާކުކަން ނުދަންންމީހުން މުޢިއްޒު ތިދައްކާވާހަކަ ވަރަށްފަސޭހައިން ޤަބޫލުކުރާނެ، އެކަމަކު މުޢިއްޒުއަކީ ކާކުކަން އެނގޭ އަދި މުޢިއްޒު އެކި ގޮތްގޮތުން އަނިޔާދީފަވާ ހަމަ އެކަކުވެސް މުޢިއްޒު ތިދައްކާ ވާހަކަ ޤަބޫލެއްނުކުރާނެ
އޮނަރަބްލް އަފީފު ދީދީ
28 September 2023
މިހާރު ހުރި ރިސޯޓްތަކުގެ އިތުރަށް އައްޑޫގައި ރިސޯޓް ހެދުމުގެ ބަދަލުގައި އާންމުންނަށް ގެސްޓްހައުސް އަދި ބޮޑެތި ވިޔަފާރިވެރިންނަށް (ބޭރުގެ ފަރާތް ތަކަށްވެސް) ފުރުސަތު ހުޅުވާލައިގެން ސިޓީ ހޮޓާ އައްޑޫގައި ތަރައްޤީ ކުރެވިދާނެ. # މިކަންކަން ފެއްޓުމުގެ ކުރިންވެސް އެއަރޕޯޓް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބީޗް ކޮޓަރިވެސް ހިމެނޭގޮތުން 800 ކޮޓަރީގެ 4 ތަރީގެ ހޮޓަލެއް އިންވެސްޓާ ފައިނޭންސް އުސޫލުން ތަރައްޤީކޮށްދޭނެ ބަޔަކުހޯދައި އެކަންކުރުން ވަރަށް މުހިންމު.
އަލީމު
28 September 2023
އަފީފު ކޮންދުނިޔެއެއްގަބާ ތިއުޅެނީ؟ މުއިއްޒާއެކު ފޮޓޯނަގަން އެތިބީ މައުމޫން ޒަމާނުގަ އައްޑޫ ވީރާނާވާން ދޫކޮށްލާ އެކަމުގަ ބައިވެރިވީމީހުން. ދެންވިސްނާ މުއިއްޒު އައްޑު އައް ހަދާލާނެގޮތް!
ސުއާދު މުހައްމަދު
28 September 2023
އަޅުގަނޑުގުމެންގެ ވަޒީފާ ގެއްލުވާލީ އިބޫ. ޝަންގިރިއްލާ ބަންދުކޮށްގެން.
އަލީމު
28 September 2023
ކޮވިޑު ކިޔާއެއްޗެއްގެ ވާހަކަ އަޑުއެހިންތަ؟
ޝާމިޒް ސޮބާހް
28 September 2023
އިބޫ އަށް ހުވަފެން ދެއްކުން ނޫންކަމެއް ނުވި އައްޑޫއަށް. އައްޑޫ ރައްޔިތުން މުއިޒް އާއެކު މިފަހަރު ގަދަކޮށް
ތިލްމީޒް
28 September 2023
ފުރަތަމަ ބުރަށްވުރެ މާ ބޮޑުކޮށް މިފަހަރު މުއިޒް ވޯޓް ނަގާނެ.
ސާމާ
28 September 2023
މިއީ އުފާވެރި ހަބަރެއް. އައްޑޫ އަށް އުފާވެރިކަން ތިގެނެސްދިނީ.