ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ: ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ބުރަ ކުޑަކުރަން އޭނާ ވަނީ ގާނޫނަށް ހައްލުތަކެއް ހުށަހަޅުއްވާފައި. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
10 އޮކްޓޯބަރ 2023 - 11:07
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުން އަންނަ 2ރ. ގެ ޓެކްސް، 50 ލާރި އަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވައިފި އެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
އެކަމުގެ ބުރަ އާންމުންނަށް ބޮޑުވެ، ގާނޫނު އިސްލާހުކުރަން މިދިޔަ މެއި މަހު ހުށަހެޅިޔަސް، މަޖިލީހުގައި ހިނގި ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި މަސައްކަތްތައް ހުއްޓި، އެ ބިލު ވެސް އޮތީ ތާށިވެފަ އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި އަލުން ކުރިއަށް ގެންގޮސްފައިވާ އިރު، ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލުނު ދަނޑިވަޅެއްގައި ކަމަށެވެ.
އެހެންވެ، އެކަމުގެ ބުރަ އާންމުންނަށް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮތަޅުތަކެއް ހިފައިގެން މީހަކު ހިނގާފައި ދަނީ: ކޮތަޅުން ނަގާ ފީ ބައި ރުފިޔާއަށް ކުޑަކުރަން މެމްބަރު ސަލީމް މިއަދު ވަނީ ހުށަހަޅުއްވާފައި. --ފައިލް ފޮޓޯ
އެކަމަށް ލުއި ދިނުމުގެ ގޮތުން ސަލީމް ހުށަހެޅުއްވި ފުރަތަމަ ހައްލަކީ ރޯމަސް އުފުލުމާއި ކުނިވާ ޒާތުގެ ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުން އިސްތިސްނާ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމެވެ. ދެވަނަ ހައްލަކަށް ހުށަހެޅުއްވީ ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމެވެ.
"ތިން ވަނަ ކަމަކަށް އަޅުގަނޑު ހުށަހަޅަނީ ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކުރުން. އަަޅުގަނޑު ދެކޭ ގޮތުގަައި ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު،" ސަލީމް ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަކުރިޔަސް، އޭނާ ވިދާޅުވި ގޮތުގައި އެ ފީ އަހަރުން އަހަރަށް މުރާޖައާކުރާ ގޮތަށް ކަނޑައެޅިދާނެ އެވެ. އަދި ކޮތަޅުން ނަގާ ފީ ތަކުރާރު ނުވާ ގޮތަށް، މިހާރު ޖީއެސްޓީ ނެގުމުގައި އަމަލުކުރާ އުސޫލު ކޮތަޅު ފީއަށް ލެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމްޕަލް
11 October 2023
ޕްލާސްޓިކް ކޮތަޅުން -/2 ނަގަން ފެށި ސަރުކާރު ވެރިކަމުން ބޭރު ކޮށްލި ގޮތަށް، ޕްލާސްޓިކް ކޮތަޅުން -/2 ނަގަން ވޯޓް ދިން ހުރިހާ މެންބަރުންވެސް އަންނަ މަޖިލިސް އިންތިޚާބަކުން ފެއިލް ކޮށްލަންވީ.
ނިމުނީތަ
10 October 2023
ތިމާވެށި ހިމާޔަތްވެ ނިމުނީތަ މިހާރު؟ ތިހެން އަގުހެޔޮކޮށްލާއިރަށް އިންތިހާއަށް ކޮތަޅު ބޭނުންކުރުން ގިނަވާނެ.
ދަތިހާލުގައި އުޅޭ ބައްޕަ
10 October 2023
އިބޫ ބަލިވި އެއް ސަބަބު ކޮތަޅު ޓެކްސް ، ކޮވިޑުގައި އިކޮނިމިކް މިނިސްޓްރީ މެދުވެރިކޮށް ބަރި ބަރިޔަށް ފައިސާ ބެހުން..
ކެންސަލް
10 October 2023
އައްދޭ ކުރިން ބުނި އެތި ކެންސަލްވީތަ! ތިމާވެށީގެ ރޮނގުން ދުނިޔޭގައި ނެތް ފެންވަރު މީހަކަށްވެގެން ކޮތަޅުގެ އަގުބޮޑުކޮށްފައި، އިންތިޚާބެއް ކުރިމަތިވާކަށް ރޭކާލީމާ ރައްޔިތުންނޭ ކިޔައިގެން ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަނީ. މި މީހުންނާމެދު ރައްޔިތުން ހޭވެރިވާން ވެއްޖެ.
އުދުހޭ
10 October 2023
ކޮތަޅު ސަޕްލައިކުރާ ކުންފުނި މިހާރު ހުންނާނީ މުއްސަދިވެފަ އަދި ކެމްޕޭނަށް އެހީވެސް ދީފަ. ދެން ކޮތަޅު ފައިސާ ކަނޑާލިޔަސް އެމްޑީޕީއަކަށް ގެއްލުމެއް ނެތް.
އުދުހޭ
10 October 2023
ދެކޮލުގަ ފުށްޖަހައިގެން ތުންފަތުގަ ކުލައްޖައިގެން ފިތުނަފަސާދަ އާންމުކޮށް 5 އަހަރުގެ ދައުރު ނިމެން ކައިރިވީމަތަ އެނގެނީ ތެޅިގަންނަން؟
ނަމޭ
10 October 2023
ތިއުޅެނީ ކަލޭމެން ކާނެވަރަށް ކައިފައި އަންނަ ސަރުކާރަށް އެ ލާރި ނުލިބޭ ގޮތް ހަދަން..... ސަރުކާރަށް ޖެއްސުންކުރަން..
ދޮން
10 October 2023
ރައްޔިތުން އަތުން ކޮތަޅުން 7 މިލިޔަން ރުފިޔާ ނަގައިގެން އިންތިހާބަށް ތަޅާބުރުވާލާފައި ފެއިލްވުމުން ދެން ތިޔަކަމާ އުޅުއްވާނެކަމެއްނެތް ރަށުތެރެއިން އެހެންކަމަކާ އުޅުވުން އެދެން . މިހާރު ހޮވުނުރައީސް ތިކަމާ އެބައުޅުއްވާ ..
އަޖައިބު1
10 October 2023
ކަލޭމެންގެ ގާބިލިއްޔަތެއް ނެތްކަން މިއިނގެނީ. މުޅި އަހަރު ކުރި މަސައްކަތް ކޮށްލަ ކޮށްލާ.
ދަގަތްފާނު
10 October 2023
ފަޅުތެރެއަށް ކޮތަޅު އެޅުމަށްވުރެ އަހަރެމެން ކަންބޮޑުވަނީ ފަޅުތެރެއަށް ވެލިއަޅައިގެން ތިމާވެއްޓަށްދެމުންދާ ގެއްލުމާއި ގުޅިގެނޭ، ގިރާވަރުފަޅަށް ޕުލާސްޓިކު ކޮތަޅެއް އަޅައިފިއްޔާ ދުވަސްދިޔައީއޭ، އެކަމަކު ވެލިއަޅާފަ މުޅިފަޅު މަރާލަން ތަމެންނަށް އޯކޭއޭ، މިކަހަލަ ދެފުއްކެހެރި ޕުރޮޕެގެންޑާ ސިޔާސަތުތަކަށް އަހަރެމެންގެ ތާއީދެއްނެތް.