17 އޮކްޓޯބަރ 2023 - 11:24
ވިލާ ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ބާއްވައިފި އެވެ.
މޯލްޑިވްސް ބްލަޑް ޑޯނާސްއާ ގުޅިގެން ބޭއްވި އެ ޕްރޮގްރާމްގެ ބޭނުމަކީ ވިލާ ކޮލެޖުގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މުޖުތަމައަށް ފައިދާކުރަނިވި މަސައްކަތެއްގައި ބައިވެރިވުން ކަމަށް އެ ކޮލެޖުން ބުންޏެވެ. ދަރިވަރުންގެ މެދުގައި ލޭ ހަދިޔާކުރުމާ މެދު އަހުލުވެރިކަން އިތުރުކޮށް، ލޭ ހަދިޔާކުރުމަށް ހިތްވަރު ދިނުމަކީ ވެސް ޕްރޮގްރާމުގެ މަގްސަދެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުން ބުނިގޮތުގައި، އެ ޕްރޮގުރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވީ ކޮލެޖުގެ މުވައްޒަފުންގެ އިތުރުން އެ ކޮލެޖުގެ ޖަމިއްޔާތަކުންނެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަނާއި ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީ އާއި ސައިކޮލޮޖީ އެސޯސިއޭޝަން އޮފް ވިލާ ކޮލެޖް އަދި ލޯ ސޮސައިޓީ އޮފް ވިލާ ކޮލެޖް ހިމެނެ އެވެ.
ވިލާ ކޮލެޖުން ތެލެސީމިއާ ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކޮލެޖުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
17 October 2023
ނެޝަނަލް ޔޫނިވަސިޓީގެ ދަރިވަރުންތަކެއް ސަރުކާރު ޒިންމާދާރުކުރުމާއި ޤާނޫނު ހެދުމުގެބާރު ކަމުގައިވާ "ރައްޔިތުންގެ މަޖިލިސް" ޖަލްސާއެއްގެ އަޑުއަހާ ކަންކަންހިގާގޮތްބަލާ ތަޖުރިބާހޯދުމަށް މަޖިލިސް ގެލަރީގައިތިއްބެވި މަންޒަރަކީވެސް އުފާވެރިކަންގެނުވި ކަމެއް. # ރާއްޖޭގެ ވެރިކަމުގެނިޒާމާއި ބެހޭގޮތުން ޙިޔާލުތަފާތުވެފައި އޮތް މިދަނޑިވަޅުގައި ރިޔާސީނިޒާމާއި ޒަމާނީ Parliamentary system ގެ ތަފާތުތައް "އިލްމީނަޒަރަކުން ދިރާސާކުރަން" ކިޔަވާކުދިން އިސްނަގާންޖެހޭ.
އަލައިޒާ
18 October 2023
ކުރިން ކުރި ވަރަށް ރަނގަޅުކަމެއް. ޔަންގ ޔޫއެން އެމްބެސެޑަރސްގެ ޖަލްސާތައް މިހާރުވެސް ސްކޫލް ކުދިންނަށް ބާއްވާ. މިހާރު ލާހިކެއްނޫން ކިޔަވާކުދިން ރައްޔިރުންގެ މަޖިލިސް ގެލެރީގައި ބައިތިއްބާކަށް. އަނގަ ނަޖިސް މީހުން ތިބޭތަނެއް.
އޮނަރަބްލް އަފީފު ދީދީ
17 October 2023
ވަރަށްރަނގަޅު ކަމެއް. އެކާވީސް ވަނަ ޤަރުނުގައިވެސް ރާއްޖޭގެ ތައުލީމީހާލަތު އޮތްގޮތުން ކިޔަވާދިނުމަކީ "ފޮތް ހިތު ދަސްކުރުން" ކަމުގައި ސަރުކާރާއި، ޓީޗަރުން އަދި ބެލެނިވެރިންނަށްވެސް ޤަބޫލުކުރެވިފައިވާތީވެ ސްކޫލްނިންމާ ގިނަކުދިންނަކީ "ވާހަކަ ދައްކާ ގުރާތަކެއްފަދަ" ކުދިންތަކަކަށްވެއްޖެ. # މިވަގުތަށް ރާއްޖެއަށްބޭނުންވަނީ ކިޔެވިއެއްޗަކާއި ބެހޭގޮތުން "ފޮތުގައިއޮތް ސުވާލެއް ކޮށްފިނަމަ" ދޫ ފަރިތަކަމާއިއެކު އަމުނާލާ ކުދިން ތަކެއް ނޫން.