ކޭކް ޑޮނާސް އިން އިއްޔެ ބޭއްވި ހަރަކާތުން ލިބުނު ފައިސާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަށް ހަވާލުކުރަނީ.-- ފޮޓޯ: ކޭކް ޑޮނާސް
18 އޮކްޓޯބަރ 2023 - 11:32
ފަލަސްތީނަށް އެހީވާން ކޭކް ޑޮނާސް އިން އިއްޔެ ބޭއްވި ހަރަކާތުން 350،000 އެއްހާ ރުފިޔާ ލިބިއްޖެ އެވެ.
ތަފާތު އެކި ވައްތަރުގެ ކެއުންތަކާއި ޕޭސްޓްރީސްތައް ވިއްކަން މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ ތިން ސަރަހައްދެއްގައި އިއްޔެ ހެނދުނު 7:00 އިން ހަވީރު 6:00 އަށް ސްޓޯލްތައް ބެހެއްޓި އެވެ.
ކޭކް ޑޮނާސްގެ ފައުންޑަރު އައިޝަތު ޝެރިން ވިދާޅުވީ މާލޭގެ އިތުރުން ހދ. ފިނޭގައި އެ ކޮމިއުނިޓީގެ ވޮލެންޓިއަރުން ހަރަކާތްތެރިވެ މާލެ ސަރަހައްދުން 341،865ރ. އަދި ފިނޭއިން 5،406ރ. އާއެކު ޖުމްލަ 347،271ރ. ލިބުނު ކަމަށެވެ.
އޭގެ އިތުރުން އެހީގެ ގޮތުގައި 365 ޑޮލަރާއި 55 ޔޫރޯ ލިބިފައިވެ އެވެ.
އެގާރަ ގަޑިއިރުގެ ހަރަކާތުން ލިބުނު ހުރިހާ ފައިސާއެއް އެ ފަރާތުން ވަނީ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ހަދިޔާކޮށްފަ އެވެ.
ކޭކު ޑޮނާސް އަކީ އިޖުތިމާއީ މި ފަދަ ކަންކަމުގައި 2016 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކޮމިއުނިޓީ އެކެވެ. އެކި ހާދިސާތަކާއި ބަލިތަކާ ގުޅިގެން އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ކޮމިއުނިޓީން އިސްނަގައިގެން މީގެ ކުރިން ވެސް އެހީދީފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
19 October 2023
މި އިސްނެގުމަށް އިހުލާސްތެރި ޝުކުރު ހައްގު. ތެންކިޔު.
ބިއްޖެހި
18 October 2023
ތި ލާރި ފަލަސްތީނާ ހަމަޔައް ފޯރާފިއްޔާ ކިތައްމެހާވެސް ރަނގަޅު މުއުޖިޒާތަކައް ވާނެ. ކިހިނެތް ފޮނުވަނީ؟ ވަޔަރު ޓްރާންފަރުތަ؟ ނޫނީ ފަލަސްތީނު ގާޒާ ގޮއްސަ އަތުން އަތައްތަ؟ ފުލައިޓު ބޯޓު އޮވޭތަ؟ ނޭގޭތީ އަހައިލީ. ފަލަސްތީނައް މިނިވަންކަން ދެއްވާދޭވެ. އާމީން
ފާށަނާ
18 October 2023
މާޝާ ﷲ.މިކަނބަލުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާންދޭވެ
ފާގަހަސީނާ
18 October 2023
ދައުލަތުގެ ވަލިއްޔުލްއަމްރު، ކެބިނެޓު ލެވެލްގަ ވެސް ނެތް ތަ އެއްޗެއް ދިއްކޮށް ލުމެއް.
ސާބަހޭ!
18 October 2023
މިބޭފުޅުންގެ މަސައްކަތް ސަރުކާރުން ބަލައިގަންނަން އެބަ ޖެހޭ! ދިރާގު ކަހަލަ ބޮޑު ކުންފުންޏަކުން ދެވުނު އެހީގެ 3 ގުނަ އެހީވެދިނުން މީ އައްސަރިބަހާ ސާބަސް ކިޔާވަރުގެ ކަމެއް.
ޅިންޑި
18 October 2023
އިސްޓީއޯ އިންދިން މީގެ 3 ގުނަ. ކީވެތަ އެއްބަޔަކު އެނެއްބަޔަކާ އަޅާކިޔަނީ. މީކީ ވައިގަޑުން ނަގާފަ ދިންލާރިޔެއްވެސް ނޫން،