ޚަބަރު / ސިވިލް ސާވަންޓުންގެ މުސާރަ

ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ހަދައިފި

ސަރުކާރު އޮފީހެއްގައި މުވަޒަފުންތަކެއް މަސައްކަތުގައި: ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ވަނީ ހަދައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިވިލް ސާވަންޓުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް އިސްލާހު ގެނެސްފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހުގައިވާ ގޮތުން، ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެ އެވެ.

ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ހާޒިރީ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ގާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުގައި، ހާޒިރީ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށެވެ. ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވެގެންނާއި އޮންލައިންކޮށް މަސައްކަތްކޮށްގެން ވެސް އެ އިނާޔަތް ލިބެ އެވެ. ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ކުރިން ހާޒިރީ އެލަވަންސް ނުދެ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި މި އިސްލާހުގައި އޮފީހަށް ހާޒިރުވުން ކަމަށް މާނަކޮށްފައި ވަނީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމާ އަދި އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި "ސައިން-އިން" ވެގެން ހާޒިރުވެއްޖެ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށެވެ.

އެ އިސްލާހުގައި ބުނީ އޮފީހުގެ ފަރާތުން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށް ވެސް ހާޒިރީ އެލަވަންސް ލިބޭނެ ކަމަށެވެ.

23 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަލަލަ

25 October 2023

ކުރާ މަސައްކަތައް އުޖޫރަ ދޭން ޖެހޭނަމަ ކީއްވެބާ މާލޭ ޓީޗަރުންނާ އެއް ހަމައެއްގަ ރާއްޖެތެރޭ ޓީޗަރުންނަށް މުސާރަ ދެނީ...މާލޭ ޓީޗަރަކު 200 300 ކުދިންނަށް ކިޔާވާދޭންޖެހޭ އިރު ރާއްޖެތެރޭ ޓީޗަރުން 25 ކުދިންނަށް އެކަމްވެސް އުޅޭނީ މަސައްކަތް ބުރަވެގެން.. އަސްލު ކުދިންގެ ނިސްބަތުން ޖެހޭނީ މުސާރަ ދޭން...އެއީ އިންސާފަކީ...

The name is already taken The name is available. Register?

ރަނާ

25 October 2023

އަހަރަކު ދެމަސްދުވަސް ޗުއްޓީ ލިބޭ ޓީޗަރުންނަށް އެވާހަކަ ކީއްވެބާ ނުދައްކަނީ

The name is already taken The name is available. Register?

ކަމަކު ނުދޭ

24 October 2023

ތި ސިވިލްސާވިސް މުސާރަ ބޮޑު. މަސަކަތް ކުރަން އޮންނަ ވަގުތުގެ 2 ބައިކުޅަ އެއްބަިއ ކޮފީގަ. ދެން ތި އުޅެނީ އެ ވަގުތު ވީކްއެންޑް އަށްލާންތަ

The name is already taken The name is available. Register?

ާރިމާޙް

24 October 2023

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ވަރަށް ކުޑަ... އެޑްމިނިސްޓްރޭޓިވް މުވައްޒަފުން ވެސް ހާދަ ބުރަ މަސެއްކަތެކޭ ކުރަނީ... ބަލައިލީމަ އިންގޭނީ ކުރާ މަސެއްކަތް... ވެރިން ކޮފީ ބޯން ތިއްބަސް، އާދައިގެ މުވައްޒަފުން ކޮންމެ އޮފީހެއްގަ ވެސް "ގޭނެނީ"...

The name is already taken The name is available. Register?

ާރިމާޙް

24 October 2023

މުސާރަ ނުދީފިއްޔާ ޓީޗަރުންނެއް ވެސް ނާންނާނެ... މުސާރަ ހަދާ އެޑްމިން މުވައްޒަފުން ވެސް ގޭނެނީ... ސްކޫލްތަކުގަ 180 ވަރަކަށް މުވައްޒަފުންގެ ހުރިހާ މަސެއްކަތާ ސްކޫލް ހުރިހާ ދަރިވަރުންގެ އެޑްމިން މަސެއްކަތް ކުރާނީ އެންމެ ދެތިން މުވައްޒަފުން.. ނިކަން ވިސްނާލަބަލަ ގޭނެން ޖެހޭނެ ވަރު... ނުލާހިކު ބުރަ މަސެއްކަތެއް... ޕްރިންސިޕަލް، ޑިޕިއުޓީ ޕްރިންސިޕަލްގެ ޕްރެޝާރ އެހޭ ބޮޑު...

The name is already taken The name is available. Register?

ޜިޒު

24 October 2023

ޓީޗަރަކަށް ވާން ވީ އެއް ނު. އޭރަށް އިނގޭނެ ކިހާވަރެއްގެ ކަމެއްކަން

The name is already taken The name is available. Register?

ސޯބިރް

24 October 2023

އެންމެންނަކަށް ނޫން. ޥަކިގިންތިއަކުން ދަށުގެ މުވައްޒަފުންނަށް. ކުޑަކޮށް ބަލާފަ ހަަބަރު ލިޔެބަލަ.

The name is already taken The name is available. Register?

ހަލީމާ

24 October 2023

ފައިބައިގެން ދަމުން އެންމެންގެ މުސާރަތައްވެސް ބޮޑުކޮށްލާފަ ފައިސާ... 05 އަހަރުގެ ވެރިކަން ބަލައެއް ނުގަތެއްނު

The name is already taken The name is available. Register?

ލަލަލާ

24 October 2023

ޖުޑީޝަރީގަ ބަންދު ދުވަހުގެ އެލަވަންސް ވެސް ލިބެނީ ސަޕޯޓްސް ސްޓާފުންނަށް، އިދާރީ މުވައްޒަފުން 6،8 ގަޑި އިރު ބަންދު ދުވަހު މަސައްކަތްކުރިއަސް ބަންދު ދުވަހުގެ އެލަވަންސްއެއް ނުލިބޭ،

The name is already taken The name is available. Register?

ނސރނ

24 October 2023

ބަންދު ދުވަހުގެ އިތުރުގަޑި ކީއްވެބާ ނުދެވެނީ، ޑިއުޓީގެ 8ގަޑީއިރުގެ އިތުރުން ކުރަންޖެހޭ މަސައްކަތުގެ ލާރި އެއީ ޙައްގު އެއްޗަކަށް ނުވަނީބާ؟

The name is already taken The name is available. Register?

ހަލީމަތު މުޙައްމަދު

24 October 2023

ތިޔައެއްނޫން ބޭނުންވަނީ. މުސާރައިގެ މިއޮތް ބޮޑު ތަފާތު ކުޑަކޮށްދީ. ޓީޗަރަށް ނަރުހަށް 20000ރ އެޑްމިން ސްޓާރފަށް 7000ރ ގިރުޕެކެޓް މި ދެމުސާރައަށްވެސް 120ރ ކޮބާތޯ އިންސާފު. އަހަރެމެންގެވެސް އަނބިދަރިން، އެމީހުންގެވެސް އަނބިދަރިން. އެމީހުން ފަރުވާއަށް، ޗުއްޓީއަށް އިންޑިޔާ ލަންކާއަށް، އަހަރެމެން ފަރުވާއަށް އަތޮޅު ހޮސްޕިޓަލަށް، ޗުއްޓީއަށް ފަޅުރަށަކަށް.

The name is already taken The name is available. Register?

ތުނޑުހަސަނު

24 October 2023

ކުރާ މަސައްކަތަކަށް، ހޭދަކުރަންޖެހޭ ވަގުތަކަށް، ބޮލުގައި އެޅިފައި އޮންނަ ޒިންމާއަކަށް ބެލުމެއްނެތި އެންމެންނަށް އެއް މުސާރައެއް ދޭންވީތަ! އެ މުސާރަ ވާންޖެހީނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައާ.

The name is already taken The name is available. Register?

ހަލީމާ

24 October 2023

ހަލީމާ ދަރިފުޅާ ނިކަމެތި އަޅުގަނޑުވެސް ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާތާ މިއީ 15ވަނަ އަހަރު މަހަކު 25ކ ގެއާމްދަނީއެއް ލިބޭ. އަޅުގަނޑުގެ އަނބި ކަމަނާ އަކީ ޓީޗަރެއް މަހަކު ލިބެނީ 23ކ. ބުނަން މިއުޅެނީ ޓީޗަރުން އެކުރާ މަސައްކަތާއި،ދަރިންނާއި އެކު ހޭދަކުރާ ވަގުތާއި އާއިލާއާއި އަޅާލެވޭ މިންވަރާއި ލިބޭ އެއްޗަކާއި އަޅާ ކިޔާއިރު އަޅުގަނޑު ޓީޗަރުކަން ކުރާނީ މަހަކު 50،000ރ ދިނީމައޭ. އަދި ބުނަން.....

The name is already taken The name is available. Register?

ހަލީމާ

24 October 2023

އަދި ބުނަން އަޅުގަނޑުގެ އަންހެނުން އެއްމެ ރުޅިއަރާ ކަމަކީ އަޅުގަނޑުގެ ރައްޓެހިންކައިރީ ބުނާތީ ނަމަނަމަ އޮޅިގެންވެސް ޓީޗަރަކާ ކައިވެނި ނުކުރާށޭ. މާ ބިޒީ ބައެއް ޓީޗަރުންނަކީ.

The name is already taken The name is available. Register?

ޙުސޭނު0097

24 October 2023

ދަންނަވަން އޮތީ ޓީޗަރުން ޓީޗަރުންނަށް ވަނީ ގޭނުންތަކެއް ގޭނިގެން. ޢެޑުމިން ސްޓާފަކަށް ވުމަށް މާބޮޑު ކަމެއް ކުރާކަށް ނުޖެހޭ. ތިބޭފުޅާ ވެސް ޓީޗަރުންނަށް ދޭވަރުގެ މުސާރައެއް ބޭނުން ނަމަ ޓީޗަރަކަށް ވާން ވީ ނޫންތޯ. ޢޭރުން މައްސަލަ ހައްލުވީ

The name is already taken The name is available. Register?

ާރިމާޙް

24 October 2023

މުސާރަ ނުދީފިއްޔާ ތިއިން އެއް ޓީޗަރެއް ވެސް ނާންނާނެ... މުސާރަ ހަދާ އެޑްމިން މުވައްޒަފުން ވެސް ގޭނެނީ... ސްކޫލްތަކުގަ 180 ވަރަކަށް މުވައްޒަފުންގެ ހުރިހާ މަސެއްކަތާ ސްކޫލް ހުރިހާ ދަރިވަރުންގެ އެޑްމިން މަސެއްކަތް ކުރާނީ އެންމެ ދެތިން މުވައްޒަފުން.. ނިކަން ވިސްނާލަބަލަ ގޭނެން ޖެހޭނެ ވަރު... ނުލާހިކު ބުރަ މަސެއްކަތެއް... ޕްރިންސިޕަލް، ޑިޕިއުޓީ ޕްރިންސިޕަލްގެ ޕްރެޝާރ އެހޭ ބޮޑު...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454