ދިރާގު ރޯޑް ރޭހުގެ ބިޕާއި ކިޓް ދޫކުނީ. ބިފް އަދި ކިޓް ލިބޭނީ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފްލޯއިން -- ފޮޓޯ: މިހާރު
25 އޮކްޓޯބަރ 2023 - 11:17
ދިރާގު މޯލްޑިވްސް ރޯޑް ރޭސް، (ޑީއެމްއާރްއާރް) 2023 ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފި އެވެ.
ޑީއެމްއާރްއާރްގެ ބިބް އެކްސްޕޯ ވަނީ އިއްޔެ ފަށައިފަ އެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެ މީހުންގެ ބިބް އަދި ރޭސް ކިޓް ހަވާލުކުރެވޭނެ އެވެ. ބިބް އަދި ރޭސް ކިޓް ދޫކުރަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގަ އެއް ވަނަ ފްލޯއިންނެވެ. އަދި މިރޭ 10 ޖެހުމާ ހަމައަށް ބިބް ދޫކުރުން ކުރިއަށް ދާނެ އެވެ.
ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ އެވެ. ރޭސް ކިޓް ނަގަން އަންނަ އިރު ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ އެވެ.
މި އަހަރުގެ ޑީއެމްއާރްއާރް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.
ހަތަރު ހާހަށް ވުރެ ގިނަ ބައިވެރިންނާ އެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ވެސް ދުވުންތެރިންނަށް ލިބޭނެ އެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރަށް ވެސް ދުވެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy