ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ރޭސް ކަމަށްވާ، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ދުވުމުގެ ތެރެއިން.---ފޮޓޯ: މިހާރު
26 އޮކްޓޯބަރ 2023 - 12:53
މާދަމާ އޮންނަ ދިރާގު މޯލްޑިވްސް ރޯޑު ރޭހުގެ އެންމެ ހާއްސަ އެއް ކަމަކީ އެ ދުވުމުގެ ހަރަކާތަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ނުލާ ކުރިއަށްގެންދާ ހަރަކާތަކަށްވުމެވެ. ދިރާގުން ކުރިއަށް ގެންދާ މިފަދަ ގިނަ ހަރަކާތައް ސިންގަލް ޔޫސް ޕްލާސްޓިކް ފްރީ އިވެންޓްތަކަށް ހަދަން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.
މިއީ އެކުންފުނީގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން، ތިމާވެއްޓަށް ލޯބިކުރާ މުޖުތަމައުއެއް ބިނާކޮށް، ތިމާވެއްޓާ ރަށްޓެހި އާދަތަކަށް އާންމުން އަހުލުވެރި ކުރުވުމުގެ ގޮތުންނެވެ. ދިރާގުން 2016 ވަނަ އަހަރު ލޯންޗުކުރި "ކެއާ ފޯ ދަ އޯޝަންސް" ކެމްޕެއިނާ އެކު އެ ކުންފުނިން ވަނީ އިވެންޓްތަކުގެ އިތުރުން އޮފީސް ތެރޭގައި ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިފަ އެވެ.
ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ރޭސް ކަމަށްވާ، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިޔަކު ދުވަނީ. --ފޮޓޯ: މިހާރު
ދިރާގުން ވަނީ ރޯޑް ރޭހުގައި ފެން ބޯން ބޭނުންވާ ދުވުންތެރިންނަށް ކޮންމެ އެއް ކިލޯ މީޓަރަކަށް ފަހު، ފެން ބުއިމަށް ހާއްސަ ހައިޑްރޭޝަން ސްޓޭޝަންތަކެއް ހަދައިފަ އެވެ. އެތަނުން ދުވުންތެރިންނަށް ކަރުދާސް ތަށިތަކުގައިފެން ދޭނެ ހާއްސަ ޓީމެއް ތިބޭނެ އެވެ. އަދި އިވެންޓް ސަރަހައްދުގައި ވެސް ފެން ފުޅިއަށް ފެން އެޅޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ދިރާގުން ބުންޏެވެ.
މި ހަރަކާތުގެ އިތުރުން ވެސް، ދިރާގުން ބާއްވާ ވަރަށް ގިނަ ހަރަކާތްތަކަކީ ތިމާވެއްޓާ ރައްޓެހި ހަރަކާތްތަކެކެވެ. މިދިޔަ އަހަރު އެކުންފުނިން ބޭއްވި މަމެން ސައިކްލިންގް ޗެމްޕިއަންޝިޕަކީ ވެސް ރާއްޖޭގައި ބޭއްވި މިފަދަ ފުރުތަމަ 100 ޕަސެންޓް ސޯލަ ޕަވަޑް އިވެންޓެކެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުނިޔޭގެ ފެންވަރުގައި ވެސް މިހާރު ފާހަގަކޮށްލެވޭ އިވެންޓެކެވެ. މި ދުވުން ވަނީ 2018 ވަނަ އަހަރު ވަނީ އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގްވާމީ ސޯޝަލް އެވޯޑްގެ ގަދަ ތިނެއްގައި ވެސް ހިމެނިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
28 October 2023
ނަމުން "ސިންގްލް-ޔޫސް ޕްލާސްޓިކް ފްރީ". އެންމެ ފުރަތަމަ ފޮޓޯއިންވެސް އެހެރަ ފެންނަނީ ސިންގްލް-ޔޫސް ޕްލާސްޓިކް ފުޅިއެއް. އެހެންވީމަ ދިރާގު މޮޅު،