ޚަބަރު / ފަހި ދިރިއުޅުން ކޯޕަރޭޝަން

އެފްޑީސީގެ ފުރަތަމަ ޓަވަރުތަކުގައި ލިފްޓް ހަރުކޮށް، މި އަހަރު ކަރަންޓާއި ފެން ދޫކުރަނީ

ފަހި ދިރިއުޅުމުން ހަދާ ބައެއް ޓަވަރުތަކުގެ ތެރެއިން ޓަވަރެއް: މިތަނުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އިމާރާތްކުރަމުން ޓަވަރުތަކުގައި މި އަހަރު ނިމުމުގެ ލިފްޓް ހަރުކޮށް، ކަރަންޓާއި ފެން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެފްޑީސީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު އައްފާން "މިހާރު" އަށް ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާފައިވާ ފުރަތަމަ ހައެއްކަ ޓަވަރުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިން މަސައްކަތް ކަމަށެވެ.

އެއަށްފަހު، އެންމެ އަވަހަށް ނިމޭ ޓަވަރުތަކަށް މި އަހަރު ނިމުމުގެ ކުރިން ފެނާއި ކަރަންޓު ފޯރުކޮށްދީ، އެ ހުރިހާ ތަނެއްގައި ލިފްޓް ހަރުކޮށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ޓަވަރަކަށް ބޭނުންވާ ލިފްޓް ގެނައުމުގެ މަގުމަތީގައި ވަނީ. ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހުންނާނެ. މަސައްކަތް ފަށާތާ މަހެއްހާ ދުވަހުގެ ތެރޭގައ އެ ހުރިހާ ލިފްޓެއް ހަރުކޮށް ނިމޭނެ." އައްފާން ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ 32 ޓަވަރެއްގައި 4،000 ފްލެޓު ހަދާށެވެ. ކޮންމެ ޓަވަރެއްގެ ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނާނެ އެވެ.

އެ ފްލެޓުތައް ނިމޭ ވަރަކުން ކަރަންޓާއި ފެން ފޯރުކޮށްދޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ވަނީ އެ ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފަ އެވެ. ނަމަވެސް، މިނިސްޓްރީން ފޯނު ނުނަގާތީ އެ ތަންތަނުގައި މީހުން ދިރިއުޅެން ފަށާނެ ތާރީހެއް ސާފެއް ނުވެ އެވެ. އެކަމަކު، އެފްޑީސީން ބުނީ ފެނާއި ކަރަންޓާއި ލިފްޓް ހަރުކުރުމުން އެ ތަންތަން ހުންނާނީ މީހުން ދިރިއުޅެން ފުރިހަމަވެފައި ކަމަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ދެ ޕްރޮޖެކްޓެއް ގޮތަށް ކުރިއަށްގެންދާ ފްލެޓުތައް އެއްކޮށް ނިންމާލެވޭނީ 2025ގެ ކުރީކޮޅެވެ. އެ މަޝްރޫއު ކުރިއަށްގެންދަމުން އަންނަނީ އިންޑިއާގެ ޖޭއެމްސީ އަދި އެންބީސީސީންނެވެ. އޭގެ ތެރެއިން ކޮންމެ ކުންފުންޏަކުން ވެސް 16 ޓަވަރުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

7 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިސަރުކާރު

30 October 2023

މިޓަވަރުތައް ނިމިފައިވާ މިންވަރު މިސަރުކާރުން ފްލެޓް ވެރިންނަށް ދައްކާދެއްވާ މުއިއްޓޭ ހުވާ ނުކުރަނީސް. ނޫނީ ފަހުން ވާނި މުއިއްޓޭ ލަސްކުރާކަމަށް. ޔެލޯ ބޮއްޓެތައް ކިޔާނީ ސާލިޙް ނިންމާފަ ދިޔަ ތަނެކޯ ލަސްވާކަމަށް. ހާލަތު ދައްކާލަދެން މުއިއްޓޭވެސް ވާނެ ހަވާލުވެފަ

The name is already taken The name is available. Register?

ޖުލައި2021

29 October 2023

2025ގަވެސް ހަގީގަތުގަ ތިތަން ތަނަށް ވަދެވޭ ވަރެއްނުވާނެ، އިންތިހާބުތެރޭ ދަޅަދައްކާލަން ކުޑަކޮށް ސުޕީޑްބާރުކޮށްލާ 2 ޓަވަރެއްގެ ފުލް ކޮންކުރީޓް ނިންމާލިޔަސް އަދި ފިނިސިންބައިވަރު މަސައކަތް އޮންނާނެ. އަދި ކޮބާ ދެންހުރި ޓަވަރުތަށް އަދި 2ތިން ހަތަރު ފުލޯ ކޮންކުރީޓް ނިމުނީ

The name is already taken The name is available. Register?

ހިޖުރީތާރީޚު

29 October 2023

ކަލޭ ބުހުތާނު ދޮގުނަހަދައި ހުޅުމާލޭ ފޭސް 2 އައިސް ބަލާބަލަ. 6 ޓަވަރެއް އެހެރީ ސްޓްރަކްޗަރ މުޅިން ނިމިފައި. ދެންހުރި ޓަވަރުތައް އެހެރީ އެކިލެވަލްގައި. ގިނަ ޓަވަރުތައް ހުރީ ތިބުނި ފުލޯތަކައްވުރެ މަތީގައި. ދޮގުހަދައިގެން ވެރިކަން ލިބުނީމައި އަދިވެސް ހުއްޓާލާކަށް ނުވޭތަ.

The name is already taken The name is available. Register?

ހުސެން803

29 October 2023

ދިޔަވަރު ހިކޭގަނޑިޔަށް ގޯތިދޭ ފަޅަކުން ތަންކޮޅެއް ހިކުނަސް ދަރަޖާއިގެ ގޮތުން އިއްޒައްތެރިންނަށްވީމަ ވަގުތުން އެތަންކޮޅުގައި ރޯނުދަމާލާފައި އިއްޒަށްތެރިއަކަށް އެބަދެއެވެ. ނަމަވެސް 4000 ފުލެޓްލިބޭމީހުންގެ ލިސްޓް ނެރެވޭތަނެއްނުފެނެއެވެ. ފުލެޓްތައް އަޑިއަޑިން މިހާރު ބަހާލަފައިވާ ކަމަށް އަޑުތައްއެބަ ފެތުރެއެވެ. އެންމެނަށް ފުލެޓްލިބޭ ޖަހާފައޮތަސް 4000 ފުލެޓް 15 ހާސް މީހުންނަށް ދޭނެގޮތެއް ނޭގެއެވެ. މުޅިވެސް މަކަރާ ޖަހައިގެން ގުބޯހައްދަނީއެވެ.

The name is already taken The name is available. Register?

ތުނިޔަ

29 October 2023

އަކްރަމް ފޯނުނަގާތީނު އިރު އިރުކޮޅަކާ މާލޭ މީހުނަށް ދޫކުރާ ބިމުގެ vaahaka ނޫސްވެރިން ލިޔެ ނަގަނީ..ނޫސް ވެރިންނަށް މައުލޫމާތު ނުހޯދެނީ ފްލެޓްގެ ފައިނަލް ލިސްޓުގެ، އަޖައިބެއްވަރު ލިސްޓެއްތީ.

The name is already taken The name is available. Register?

ކަފެނާ

29 October 2023

ރަނގަޅުވަހަކައެއް ، ދުވާލުދެދަޅައައް ހުރިހާނޫސްތަކުގަވެސް އެކިއެކި ގޮތްގޮތަށް ސުރުހީއަޅައިގެން ލިޔެފައޮންނާނީ ބިމުގެވާހަކަ ، ތީގެން ނޫސްވެރިޔަކަށް ކީއްވެގެންތަ އަހާލަން ނުކެރިގެން ތިޔައުޅެނީ ފުލްޓްތަކުގެ ވާހަކަ؟ އެތައްބަޔަކު އެކަމުގެ އިންތިޒާރުގަތިބެ މިހާރުތިބީ ނަފްސާނީވެފަ ، އަކުރަމްމެން ބޭނުންވާބަޔަކަށް ދީފަނަމަވެސް ތިޔަލިސްޓް މިހާރު އާންމުކުރަން ވެއްޖެއެއްނުން ، އޭރުންތާ އަހަރެމެނަށް ދެންއޮތްގޮތެއްވެސް ހޯދަން މަސައްކަތްކުރެވޭނީ

The name is already taken The name is available. Register?

ނައުބެ123

29 October 2023

ހައުސިން މިނިސްޓްރީން ވަނީ އެ ފްލެޓުތައް ލިބޭ ދާއިމީ ލިސްޓު ވެސް އާއްމުކޮށްފަ އެވެ. މި އަދި ނޭގޭ ކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454