ވިޔަފާރި / އުރީދޫ

"އޯލަ އެޕް" އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ

އޯލާ އެޕްލިކޭޝަނަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ކިޔާދެނީ -- ފޮޓޯ: އުރީދޫ

ކުޑަކުދިންގެ ދިވެހި ވާހަކަ އެޕް "އޯލަ" އަށް އުރީދޫގެ މޮބައިލް މަނީ ގެ ހިދުމަތް ފޯރުކޮށްދޭ އެމް - ފައިސާއާ ގުޅިގެން އޯލަ އެޕް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

އެމް-ފައިސާއާ އެކު ވެވުނު މި ޕާޓްނާޝިޕާ އެކު އޯލަ އެޕް ބޭނުންކުރާ ބެލެނިވެރިންނާއި މުދައްރިސުންނަށް މިހާރު އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރި ކަމާ އެކު ފަސޭހައިން ސަބްސްކްރިޕްޝަން ފީ ދައްކާލެވޭނެ އެވެ.

އުރީދޫން ބުނީ އެމް-ފައިސާ އިން ފައިދާ ދެއްކޭ ގޮތް ހެދުމުން މިއީ އޯލަ އެޕްގެ ޕްރިމިއަމް ކޮންޓެންޓްގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

އޯލަ އެޕްލިކޭޝަނަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް އިއުލާނު ކުރަން ބޭއްވި އިވެންޓުގައި ކުޑަކުދިން-- ފޮޓޯ: އުރީދޫ

"އޯލަ އެޕަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ޕޭމަންޓް މެތަޑެއްގެ ގޮތުގައި އެމް-ފައިސާ އިންޓަގްރޭޓް ކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ އަބަދުވެސް ފެންވަރު ރަނގަޅު ދިވެހި ބަހުގެ ކޮންޓެންޓް ޒުވާން ކިޔުންތެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން. އެމް-ފައިސާއާ އެކު މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އޯލަ އެޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެން ދިއުމަކީ ޔަގީންކަމެއް،" އޯލާ މީޑިއާގެ ކްރިއޭޓިވް ލީޑް، ސަމާހަތު އިބްރާހިމް ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ، ހުސައިން ނިޔާޒް ވިދާޅުވީ ޒުވާން ކިޔުންތެރިންގެ މެދުގައި ދިވެހި ބަސް ކުރިއެރުވުމަށް އޯލަ އެޕްލިކޭޝަނުން ކުރާ މަސައްކަތަކީ ޑިޖިޓަލް ހިދުމަތް ފުޅާ ކުރަން އުރީދޫން ކުރާ މަސައްކަތާ ވަރަށް ބޮޑަށް ގުޅޭ މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެމް-ފައިސާގެ އެހީގައި ފައިސާ ދެއްކޭ ގޮތް ހެދުމުން، އެ އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކަށް އިތުރު ލުޔެއް ލިބޭނެ ކަމަށެވެ.

"އެހެންކަމުން އެމް-ފައިސާ އިންޓަގްރޭޓްކޮށްގެން، ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޯލަގެ މުއްސަނދި ދިވެހި ކޮންޓެންޓް ލިބިގަނެ، އަޅުގަނޑުމެންގެ އެންމެ ޒުވާން ޖީލުގެ މެދުގައި ބަހަށް އޮތް ލޯބި އާލާ ކުރުމަށް އިތުރަށް މަގުފަހި ވެގެންދޭ. ސަގާފީ އަދި ތައުލީމީ ކުރިއެރުމަށް މާނަހުރި ބަދަލެއް ގެނައުމަށް މި މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

އޯލަ އެޕްލިކޭޝަނަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ކިޔާދެނީ -- ފޮޓޯ: އުރީދޫ

އައިއޯއެސް، އެންޑްރޮއިޑް އަދި ޓެބްލެޓްތަކަށް ޑައުންލޯޑް ކުރެވޭ އޯލަ އެޕްލިކޭޝަނަކީ ތުއްތު ކުދިންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އާލާ ކުރުމަށް ފަރުމާކޮށްފައިވާ އެޕެކެވެ. އޯލަ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑާ އެކު، ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތަކަށްވެސް ވެސް މި އެޕްއަށް ލޮގިން ވެވޭނެ އެވެ. ބެލެނިވެރިންނަށް ވަކި ލޮގިނެއް ހެދޭއިރު ފަސޭހަކަމާ އެކު ރައްކާތެރި ތަޖުރިބާއެއް ކުދިންނަށް ކަށަވަރުކޮށްދޭނެ ކަމަށް އޯލަ އިން ބުންޏެވެ.

އޯލަ އެޕް ބޭނުންކުރާ ފަރާތްތަކަށް ދެ ވާޝަނެއް ހުށަހަޅާފައިވެ އެވެ. "އަޖުމަ" ވާޝަންގައި އެއްވެސް އަގަކާ ނުލައި ދިވެހި ވާހަކަތަކާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންޓެންޓް ލިބޭނެ އެވެ. ޕްރިމިއަމް ކޮންޓެންޓް ބޭނުންވާ ފަރާތްތަކަށް "ކިޔަމާ" ވާޝަންއަށް އަށް ސަބްސްކްރައިބް ކުރުމުން ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓް ލިބޭނެ އެވެ. ސަބްސްކްރައިބް ކުރަން ބޭނުންވާ ފަރާތްތަކަށް ކޮންމެ މަހަކު 150ރ. ދެއްކޭނެ އެވެ. އަދި މުޅި އަހަރަށް 1440ރ. ގެ ސަބްސްކްރިޕްޝަނެއް ގަނެވޭނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454