ވިނަރެސް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
30 އޮކްޓޯބަރ 2023 - 13:43
މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް، މި ވެރިކަން ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދެ ވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަމަވިއިރު 40،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ފްލެޓަށް 21،247 މީހުން އަދި މާލެ ސަރަހައްދުން ގޯތި ހޯދަން 19،347 މީހުން ކުރިމަތިލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.
ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ސްކީމްގެ ދެ ވަނަ ބުރުގެ ފޯމުތަކަށް ހަދާނެ ގޮތެއް މި ސަރުކާރުން ކުރިން ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިއަދު ވިދާޅުވީ ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުންގެ ފޯމުތައް މި ދައުރު ނިމުމުގެ ކުރިން ޕްރޮސެސްކޮށް ނިންމާނެ ކަމަށެވެ.
އެ އަށް ފަހު، ފްލެޓާއި ގޯތި ލިބޭ މީހުން މި ދައުރު ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
މި ފަހަރު ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލޭގެ ރަށްވެއްސަކަށް ވުމާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާނަމަ ފްލެޓަށް ކުރިމަތިލެވުނެވެ.
ސަރުކާރުން އަންނަނީ ފްލެޓުގެ ފުރަތަމަ ބުރަށް ޝަރުތު ހަމަވާ މީހުންނަށް ވެސް ލިޔުން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
އަކްރަމް ވިދާޅުވީ ހުޅުމާލެ 2 ގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ލިޔުން ދޭނެ ކަމަށެވެ.
އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްޖު
01 November 2023
ޙާލަތު ނުބަލާ ކިހިނެއް ތިކަން ތިހެން ކުރާނީ، ތިއުޅެނީ ޕާޓީ ކުދިންނަށް ހަދިޔާ ބަހަން
ހަގީގަތް
31 October 2023
ފްލެޓްއަޅަން ބަޔަކާ ހަވާލުކޮށްފަ އޮއްވަ ވެރިކަން ބަދަލުކޮށްފަ ހަޅޭލެވިޔަކަސް ނުވާނެ. 2 އަހަރު ކޮވިޑްގަ. 3 އަހަރުން 13000 މީހުންނަށް ފްލެޓް ނުދެވޭނެކަން ހަޅޭލަވާ ބަޔަކަށް އެނގެންވާނެދޯ. ފުުރުސަތުދިންނަމަ ހަޅޭލަވާކަށް ނުޖެހުނީސް. ދެން އިންތިހާބްކުރި ރައީސް ވައުދުވިގޮތަށް ތިކަންކޮށްދޭން ދަންނަވާ
ފަސްބައި
31 October 2023
13 ހާސް މީހުންނަށް ލިޔުން ނުދީފިނަމަ ކުރިއަށް އޮތް އިނތިހާބްގަ ވޯޓްވެސް ދޭނެކަމެއްނެތް. ބަލާ މިމީހުން ރައްޔިތުން ގުނބޯހއްދައިގެން އޮޅުވާލިވަރު ޝަރުތުހަމަވާ އެންމެންނަށް ފްލެޓް ލިބޭނެކަމަށްބުނެ . 4 ހާސް މީހުންނަށް އެކަނި ލިޔުންދީފިނަމަ ބާކީ 9 ހާހުގެ ވޯޓު ހަރާމް
ވޯޓުހޯދަންނުގުޅާތި
30 October 2023
ނުހިއްކާ އޮތް ބިންތަކުން ގޯތި ލިބޭނޭ ބުނެ ރެޖިސްޓްރީ އެބަ ބަހާ. އެހެންކަމަށްވާނަމަ 13 ހާސް މީހުނަށް ފްލެޓް ލިޔުންވެސް ދޭންޖެހޭނެ. ނުދީފިނަމަ ކޯޓަށް ދާންވީ. ވޯޓުކުރިން ގުނބޯ ހެއްދީތީ ބާކީ 9 ހާސް މީހުންގެ ވޯޓު ހަރާމުން ހަރާމް
ކަހަނބު
31 October 2023
ކުރިއަށް އޮތް މަޖްލިސް އިންތިހާބަގައި ބާކީ ތިބި އެންމެންގެ ވޯޓު ހަރާމް އެމްޑީޕީއަށް
ޒުމްރު
30 October 2023
13 ހާހުން 4 ހާސް މީހުންން ލިޔުންދިނީމައި ކޮން އިންސާފުވެރިކަމެއް އޮންނާނީ. ދެންބާކީ ތިބި 9ހާސް މީހުންނަށް ލިޔުންނުދީފިއްޔާ ކޯޓަށްދާންވީ . ކީއްކުރަން ވޯޓުކުރިން ރައްޔިތުން ގުނބޯހެއްދީ ޝަރުތުހަމަވާ އެންމެނަށް ފްލެޓް ލިބޭނެކަމަށް ބުނެ
މުދައްރިސް1
30 October 2023
މީ ވަރަށް ގޮތެއް ނެތް މީހެއް. މިފުލެޓްތައް އެދެނީކީ ރަނަގަޅު ނިޔަތެއްގަ ރަނގަޅު ބަޔަކަށް ވެސް ނޫން.
މުބާހު
30 October 2023
4000 ފުލެޓުގެ ލިސްޓުގަ ނަންނެތިއްޔާ މަގޭ ވޯޓޫ އެމުޑީޕީން މަޖިލީސް އިންތިހާބުގަ ނުދޭނަން ކަށަވަރު
ކަރީނާ
30 October 2023
ތީ ބޮޓެއް ލޮލް
މެޓު
30 October 2023
4000 ފުލެޓު ދޭލިސްޓު މިހާޜު ރައީސް އޮފީހުން ފޮނުވައިފި
ސީމު
30 October 2023
ހަގީގީ ފުލެޓު ދައުރު ނިމުނު އިރު ނުދެވުނު އެހެންވެ ވޯޓު ނުދިނީ
ގުލުމީ
30 October 2023
ހިޔާލީ ފުލެޓު މިދެނީ
އައިޝަ
02 November 2023
ގޯތި ދިނީވެސް ބަޔަކު ޖޮއިންޓް ކުރުވާފަ މަކަރާ ހީލަތުން..ކީކުރަން ބަޔަކު ގަދަ މަޖުބޫރުން ޖޮއިންޓް ކުރުވީ