ލައިފްސްޓައިލް / ބަރުދަން ލުއިކުރުން

އަވަހަށް ލުއިވާން ނޫޅެ، މިގޮތް މާ ބުއްދިވެރި!

ބަރުދަން ލުއިކުރުންވާނީ މަޑުމަޑުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ގިނަ ދުވަހު ބަރުދަން ލުއިކޮށް ހުންނާނީ ވެސް އޭރުން ކަމަށް ބޮޑަށް ބެލެވޭ ސަބަބުތައް ވެސް އެބަހުއްޓެވެ.

ސޮނީ ސްޕޯޓްސްގެ އިސްނެގުމަށް ގެނެސްދޭ މި ސެގްމެންޓުގައި މި ކިޔައިދެނީ އަވަހަށް ހިކެން މަސައްކަތްކުރުމުގެ ނަތީޖާއާ ގުޅޭ ގޮތުންނެވެ.

ބަރުދަން މާ އަވަހަށް ލުއިވަމުންދާ ނަމަ ފެޓް ނުވަތަ ސަރުބީގެ ބަދަލުގައި ހަށިގަނޑުން އުނިވެގެން ދާނީ މަސްތަކާއި ކައްޓާއި ފެން ކަމަށް އެމެރިކާގެ އެކަޑަމީ އޮފް ނިއުޓްރިޝަން އެންޑް ޑައެޓީކްސް އިން ބުނެފައިވެ އެވެ. އެ އެކަޑަމީގެ ލަފަޔަކީ ހަފްތާއަކު 1-2 ޕައުންޑް (453-907 ގްރާމް) ލުއިކުރުމެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށްލަދޭ ކަމަށް ބުނާ ޑައެޓްތަކާއި އެކި ޕްރޮޑަކްޓްތައް ވެސް ބޭނުން ނުކުރުމެވެ. އެތަނުން ދޭ ލަފަޔަކީ ބަރުދަން ލުއިކޮށް ބަހައްޓަން، ގިނަ ދުވަހު އެ ކަމެއްގައި ތިމާއަށް ދެމި ހުރެވޭ ޕްލޭނެއް ގެންގުޅުމެވެ.

އަވަހަށް ހިކެން ނުވަތަ ބަރުދަން ލުއިކުރަން ބޭނުން ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދައި، ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން އާއި އެހެން ހުރިހާ މާއްދާތަކެއް ފުރިހަަމައަށް ލިބޭކަން ޔަގީންކުރަން ވާނެ އެވެ.

ޕްލޭނެއް ހަދާ

"ކެލަރީސް އިން-ކެލަރީސް އައުޓް" ނުވަތަ އެތެރެވާ ހުރިހާ ކެލަރީއެއް ބޭރުމުގެ ވާހަކަ، ބަރުދަން ލުއިކުރުމާ ގުޅޭ ގޮތުން ވަރަށް ގިނައިން ދައްކަ އެވެ. އެއީ ކެއިންބުއިމުގައި ހަށިގަނޑަށް އެތެރެވޭ ކެލަރީއަށްވުރެ ގިނައިން ކެލަރީ އެންދުމެވެ. އެކަމަކު މިއީ ބުނެލާހާ ފަސޭހަ ކަމެއް ނޫންކަން މިކަން ތަޖުރިބާކުރި މީހުންގެ ވާހަކަތަކުން އެނގޭނެ އެވެ.

ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު ނިއުޓްރިޝަން އާއި ކަސްރަތު ވެސް މުހިންމެވެ. ކިތަންމެ ވަރަކަށް ކަސްރަތު ކުރިޔަސް ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ނުލިބޭ ނަމަ ބަރުދަން ލުއިކުރުމަށް ވާނީ ހުރަހަކަށެވެ. އެކަމަކު ކަސްރަތު ކުރަނީ ބަރުދަން ލުއިކުރަން ކަމަށް ވިޔަސް ނުވަތަ ނޫނަސް ކަސްރަތުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ފައިދާ ބޮޑުކަން ދިރާސާތަކުން އެނގެ އެވެ.

މެޓަބޮލިޒަމް - ހަށިގަނޑުން ކެލޮރީ ހަކަތަށް ބަދަލުކުރާ މިންވަރު - މުހިންމެވެ. އެހެންވެ ކެލޮރީ މާ ބޮޑަށް މަދުކޮށްފި ނަމަ އެއީ ނުރަނގަޅު ކަމެކެވެ. މެޓަބޮލިޒަމް ލަސްވެ، އެކަމުގެ ސަބަބުން ބައެއް ނިއުޓްރިއެންޓްސް ވެސް މަދުވެދާނެތީ އެވެ.

ކެލޮރީ މާ ބޮޑަށް މަދުނުކޮށް މިކަން ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ؛

● ކާއިރު ޕޯޝަން - ކާން އަޅާ ވަރު - މަދުކޮށްލުން.

● އާދައިގެ ދުވަހެއްގައި ލިބޭ ކެލޮރީގެ މިންވަރު ދެނެގަނެ، ކުޑަކޮށް މަދުކޮށްލުން.

● ލޭބަލްކޮށްފައި ހުންނަ ކާނާގައި ކެލަރީ ހުންވަރު ބަލައި، އެހާ ގިނަ ނުވާ ގޮތަށް ކެއުން

● ގިނައިން ފެންބުއިން، އޭރުން ބަނޑުހައިވުން ކުޑަވާނެ

މިއިން ކޮންމެ ގޮތެއް އިހްތިޔާރުކުރިޔަސް، ރަނގަޅަށް ނިއުޓްރިޝަން ބަހައްޓަން ތަރުކާރީ، މޭވާ، ހޯލް ގްރެއިންސް އަދި ލީން ޕްރޮޓީން ފަދަ ތަކެތި ބޭނުންވާނެ އެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ ދުޅަހެޔޮ ކާނާއަށް އެންމެންނަށް ފިޓުވާ އެއް ޕްލޭނެއް ނެތްކަމެވެ. އެހެންވެ ޑައިޓީޝަނެއްގެ ލަފާ ހޯދައި އެ މީހަކަށް އެންމެ ރަނގަޅު ޕްލޭން ދެނެގަންނާށެވެ. އެންމެ މުހިންމީ އެ ޕްލޭނެއްގައި ދެމިހުރެވޭ ޕްލޭނެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ މިއީ ހަފްތާއެއް ނުވަތަ މަހެއްހާ ދުވަހު ކުރަންޖެހޭ ކަމެއް ނޫނެވެ. ދިގު މުއްދަތަކަށް މިކަމުގައި ދެމިހުންނަން ޖެހޭނެ އެވެ.

ކެވޭ ތަކެތި ދެނެގަތުމަށް އެހީ ހޯދުން

ކެއުން ޓްރެކް ކުރެވޭނެ ވަރަށް ގިނަ މޯބައިލް ފޯން އެޕްލިކޭޝަންތައް މިހާރު ހުރެ އެވެ. އެކަމަކު އާންމުކޮށް ކާއެއްޗެހި، ދިވެހިންގެ ލައިފްސްޓައިލާ ގުޅޭ ގޮތަށް ބޭރުގެ އެޕްތަކަކު ނުހުރެ އެވެ. އެހެންވެ ސިއްހަތާއި ދުޅަހެޔޮކަން ޕްރޮމޯޓުކުރުމަށް ސޮނީ ސްޕޯޓްސްއިން ލޯންޗްކޮށްފައިވާ ލައިފް ސްޓައިލް އެޕް ދިވެހިންނަށް ވަރަށް ރަނގަޅު އެއްޗަކަށް ވާނެ އެވެ.

މިއީ ޖޮގްކޮށް ދުވާއިރު ނަގާ ފިޔަވަޅުތައް ދެނެގަންނަ، ސްޓެޕް ކައުންޓަ އާއި ކާތެކީގައި ހިމެނޭ ނިއުޓްރިޝަން ދެނެގަނެ ކަލްކިއުލޭޓްކުރެވޭ ފީޗާ ހިމެނޭ އެޕެކެވެ. މި އެޕުން އާއްމުކޮށް ދިވެހިން ކާ ތަކެތީގައި ކެލޮރީ ހުންނަ މިންވަރު ދެނެގަނެވޭނެ އެވެ. އަދި އަމިއްލައަށް ތައްޔަރުކުރާ ތަކެތި ވެސް އެޕަށް އެޑުކުރެވޭނެ އެވެ.

މި އެޕުގައި ހިމެނޭ ސްޓެޕް ލޮގުކުރެވޭ ފީޗާއިން ދުވާއިރު އަޅާ ފިޔަވަޅުތަކަށް ޕޮއިންޓު ލިބޭނެ އެވެ. މި ޕޮއިންޓުތަކުން ސޮނީ ސްޕޯޓްސްތަކުގެ ފިހާރަތަކުން ވިޔަފާރިކުރާއިރު، ޕޮއިންޓު ރިޑީމްކޮށް ޑިސްކައުންޓު ހޯދޭނެ އެވެ.

މާގިނައިން ކެވެނީ ކީއްވެކަން ދެނެގަންނަން ވާނެ

ހަކަތަ އަކީ ކާނާ އެވެ. ކަންކަން ކުރުމަށް ހަކަތަ ލިބޭނީ ކާނާއިންނެވެ. އެކަމަކު ވަރަށް މަދު ބަޔަކު ކާނީ މި ސަބަބަށްޓަކައި ނުކަ އެވެ. ރައްޓެހިން ގްރޫޕް ހަދާފައި އުޅޭއިރު ކެވެ އެވެ. އެކި އިވެންޓުތަކުގައި ހަދާފައި ހުންނަ ކެއުންގަނޑު ފެނުމުން އެ ވެސް ކެވެނީ އެވެ. ބުރަ ދުވަހެއް ނަމަ، ކެވޭ ނުކެވޭ އެއްޗެއް ނޭނގި ޖެހުނު ކޮންމެ އެއްޗެއް ކެވެނީ އެވެ.

އެހެންވެ، އެ މީހަކު ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކެލޮރީ އެތެރެވޭ ގޮތަށް ކެވެން މެދުވެރިވަނީ މިތަނުން ކޮން ސަބަބަކާ ހެދިކަން ދެނެގަނެ، އެ ކަންކަމާ ދުރުވާން ޖެހޭނެ އެވެ.

ކާ އެއްޗިއްސާއި ކާ ވަގުތު ބަދަލުކޮށްލުން

ކެއުން ބަދަލުކުރުމަކީ އެކަމާ ގުޅޭ ހުރިހާ ކަމެއް ބަދަލުވާންޖެހޭ ކަމެއް ނޫނެވެ. އެއީ ބޭކާރު ކެއުންތަކާ ދުރުވުން ކަމަށް ހަދާށެވެ.

● ހަކުރު އަޅާފައި ހުންނަ އެކި ބުއިންތަކާއި ކޭކާއި ކުކީސް ފަދަ، ހަކުރުގެ ކާނާތައް މަދުކޮށްލާ

● ކާއިރު، ކާބޯހައިޑްރޭޓްސް މަދު ކާނާއަށް އިސްކަންދީ، ކާ މިންވަރު ވެސް މަދުކޮށްލާ. ޕްރޮސެސްކޮށްފައި ހުންނަ އެއްޗިއްސަށްވުރެ ހޯލް ގްރެއިންސް ރަނގަޅުވާނެ. އެއީ ޕްރޮސެސްކުރި ކާނާގައި މުހިންމު ނިއުޓްރިއެންޓްސްތައް ކަމަށްވާ ފައިބަ، އަޔަން އަދި ބީ ވިޓަމިން ފަދަ މާއްދާތައް މަދުވެފައި ހުންނާތީ.

● ޕްރޮޓީން ހިމަނަން ވާނެ

● ދުވާލަކު 5-6 ފަހަރު ކައިގެން، ހައި ނުވެ ހުރެވިދާނެ. އެކަމަކު މިއިން ކޮންމެ މީލް އަކީ ވަރަށް ކުޑަ މީލް އަކަށް ހަދައި، ކެލަރީގެ މިންވަރަށް ބަލައި މުޅި ދުވަހަށް ބަހާލާނީ

އަވަހަށް ބަރުދަން ލުއިކުރަންވާނެތަ؟

ނުކައި ހުރުމަކީ ބަރުދަން ލުއިކުރުމަށް އަވަސް ގޮތެއް ކަމަށް ހީވެދާނެ އެވެ. އެކަމަކު ބުއްދިވެރި ގޮތަކީ ތިމާ އަށް އެ ކަމެއްގައި ދެމިހުރެވޭ ޕްލޭނެއްގައި ގިނަ ދުވަސް ހޭދަކޮށްގެން ތިޔަ ބޭނުންވާ އަމާޒަށް ދިއުމެވެ.

ކެއުން އާދަޔާ ހިލާފަށް މަދުކޮށްލައިގެން ބަރުދަން ލުއިކުރުމުގެ ނަތީޖާ އަކީ ކޮބައިކަން ޔަގީންކަމާ އެކު ބުނަން އަދި އިތުރު ދިރާސާތައް ބޭނުންވެ އެވެ. މިހާތަނަށް މިކަމާ ބެހޭ ގިނަ ދިރާސާތައް ކޮށްފައިވަނީ މާ ބަރު ނުވަތަ އޮބީސް މީހުންނާއި މެދު އުމުރުގެ ބޮޑެތި މީހުން ބޭނުންކޮށްގެންނެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ ޒުވާނުންނަށް ނުވަތަ ދުޅަހެޔޮ ބަރުދަނެއްގައި ތިބި މީހުންނަށް ރައްކާތެރި ކަމެއްތޯ ބަލަން އިތުރު ދިރާސާތަކެއް ކުރަން ޖެހެ އެވެ.

އެކަމަކު މިހާރުވެސް ޔަގީންވާ ކަމަކީ، ކޮންމެ ގޮތަކަށް މިކަން ފެށިގެން ގިނަ ދުވަހު ދެމިހުރެވޭ ގޮތަށް ފެށުމަށް ވުރެ ބުއްދިވެރި ގޮތެއް ނެތްކަމެވެ. މިކަން ވާންޖެހޭނީ މީހާގެ ދިރިއުޅުމުގެ ވައްޓަފާޅި ދުޅަހެޔޮ ގޮތަކަށް ތާ އަބަދަށް ބަދަލުކޮށްލާނެ ކަމަކަށެވެ.

(މައުލޫމާތު: ވެބްއެމްޑީ)

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 17%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާމިހް ކެޕްޓަން

01 November 2023

އަސްލު ސަޅި އާޓިކަލްއެއް. މަވެސް ޖިމްއަށް މިދަނީ ހިކެން. މިހާރު 6 އަހަރުވީ ޖިމްއަށް ދާންފެށިތާ. ސީރިއަސްކޮށް އަދި ކުޑަކޮށްވެސް ނުހިކޭ. އަސްލުހަމަ ވަަރަށް ސްލޯކޮށް ކުރަންޖެހޭކަމެއްމީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454