ދުނިޔެ / އަގްސާ ތޫފާން

ޔަމަނުގެ ހޫތީން އިޒުރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި

ޔަމަނުގައި ވެރިކަން ކުރާ ހޫތީ ސަރުކާރުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ.

31 އޮކްޓޯބަރ 2023 - 21:46

42 comments

ޔަމަނުގައި ވެރިކަން ކުރާ ހޫތީ ސަރުކާރުން އިޒުރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ހަމަލާތައް ދޭން މިއަދު ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޔަމަނުގައި ވެރިކަން ކުރާ ހޫތީ ސަރުކާރުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް އިޒުރޭލާ ދެކޮޅަށް އެ ގައުމުން ހަނގުރާމަ ފެށިކަން އިއުލާންކޮށްފަ އެވެ. ޔަމަނުގެ ސިފައިން ވަނީ ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން އިޒުރޭލަށް ހަމަލާ ދޭން ފަށައިފަ އެވެ.

ޔަހްޔާ ސަރީ ވިދާޅުވީ އިޒުރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ދެން އެ ގައުމުން އިޒުރޭލަށް ހަމަލާ ދޭނެ ކަމަށެވެ.

ޔަމުން ވަނީ މިއަދުގެ ވަގުތެއްގައި އިޒުރޭލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފަ އެވެ. އެ މިސައިލާ ގުޅިގެން އިޒުރޭލުގެ އަސްކަރިއްޔާ ބުނެފައި ވަނީ، އިޒުރޭލާ ދިމާ އަށް ދިޔަ ގޮތް ނޭނގޭ މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ. އެ މިސައިލުގެ ޒިންމާ ހޫތީން ވަނީ ނަގައިފަ އެވެ.

އިޒުރޭލުގެ ސިފައިން އެއްގަމު މަގުން ގައްޒާ އަށް އަރައިގެންފި ނަމަ އަދި އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ސަރުކާރުން ވަދެއްޖެ ނަމަ، އިޒުރޭލާ ދެކޮޅަށް ހަމަލާ ދޭން ފަށާނެ ކަމަށް ހޫތީން ކުރިން ވެސް ދިޔައީ އިންޒާރު ދެމުންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ވެސް އިޒުރޭލަށް ހަމަލާ ދިނުމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ. އެ ޖަމާއަތަކީ ލުބުނާނުގެ ހިޒްބުﷲ އަށް ވުރެ ވެސް ޒަމާނީ މޮޅު ހަތިޔާރު ގެންގުޅޭ ބައެކެވެ.

މި މަހު ހަތެއްގައި ހަމާސް ޖަމާއަތުން އިޒުރޭލަށް ދިން ހަމަލާގެ ބަދަލުގައި އިޒުރޭލުން އަންނަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒުރޭލުގެ ލާއިންސާނީ އަނިޔާގައި ފަލަސްތީނުގެ 8،000 ވުރެ ގިނަ މީހުން މަރުވެ، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

42 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 64%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހުދު.

04 November 2023

މިތާ މިކުރެވެނީ ޙަބަރާ ނުގުޅޭ މައުލޫންއިން ބޭރު ބޭކާރު ވާހަކަ

The name is already taken The name is available. Register?

ހޫތީސް

01 November 2023

ހޫތީންނެއް ނޫން. އަންސާރުﷲ. ރަނގަޅުކޮށްލާ

The name is already taken The name is available. Register?

ޟަބސބސ

01 November 2023

އެއީ ހަމަ އެއް ބައެއް.

The name is already taken The name is available. Register?

އިސްމާލި

01 November 2023

ޔަމަނުން ދިން މިސައިލް ހަމަލާތަކުން ބޮޑު ބައެއް ނާކާމިޔާބު ކުރީ ސައޫދީ އަދި ޖޯޑަން އިން. އިޒްރޭލުގެ ދިފާއުގައި އަރަބި މި ދެ ގައުމުން ވަނީ ފާޅުގައި ނުކުމެފައި. މިހާރު ވިސްނޭ ދޯ ޔަމަނުގެ ހޫތީންނާ ދެކޮޅަށް އެމެރިކާގެ އެއްބާރުލުމާއެކު ސައުދީ އެ ހަނގުރާމަކުރަނީ ކީއްވެކަން.

The name is already taken The name is available. Register?

ކަކުނި.

01 November 2023

ސައުދީ ބުރޯ ވެސް ވަރަށްފަހުން ބުނި ދޯ އިރާނުން ނިއުކުލިއަރ ހޯދިއްޔާ ސަޢުދީން ވެސް ނިއުކުލިއަރ ހޯދާނަމޭ. އެހެންވީމަ އެނގޭނެ ދޯ ސަލަފީންގެ ދުސްމަނުންނަކީ ޔަހޫދީން ނޫންކަން. ޝީޢީންކަން.

The name is already taken The name is available. Register?

ރަޔާން

01 November 2023

ބާރު ގަދަ ކަމަށް ދައުވާކުރާ އިސްލާމީ ގައުމުތައް މޮޅެތި ވާހަކަ ދައްކަން އެއަރ ކޮންޑިޝަން ކޮޓަރީގައި... ނިކަމެތި މުސްލިމް އަޚުންނާއި އުޚްތުން އަދި އެމީހުންގެ ޅަދަރިން މަރުވެ ހުސްވަނީ...

The name is already taken The name is available. Register?

ޒައިދާނީ

01 November 2023

ތި މީހުން ބުނާ ގޮތުން ބުޚާރީއަކީ ކުފުރު ފޮތެއް. ޔަހޫދީން ހުސްކުރެވުނީމަ ލަވައަލީމެން ތި މީހުންގެ ފަހަތުން ވެސް ދުއްވައިގަންނާނެ.

The name is already taken The name is available. Register?

މިނިކާދައިތަ.

01 November 2023

ފުރަތަމަ ތިމާމެނަށް ގުރުއާނަށް ޢަމަލުކުރެވުނީ ކިހާވަރަކަށްތޯ ބަލާބަލަ، ގުރުއާނަށްވުރެ މާތް ފޮތެއް ނޯންނާނެ. އެއީ އިލާހީ ވަހީ. އެއާ އެއްފަދަ އެއްވެސް ފޮތެއް ނޯންނާނެ. އެފޮތަށް ފަހިޕުޒަމާނުގަ ޢަމަލުނުކުރާނެ ވާހަކަ ހަދީސްފުޅުތަކުގައި ވަރަށްގިނައިން އައިސްފައިވޭ.

The name is already taken The name is available. Register?

ސުނާ

01 November 2023

ސުންނަތް ގަބޫލް ނުކުރާ ބަޔެއް.

The name is already taken The name is available. Register?

ޓުރަމްޕު.

01 November 2023

ޝީޢީން ސުންނަތް ގަބޫލުކުރޭ. އެމީހުން ބުނަނީ ނަބިއްޔާ ޞޢޡވ ސުވަރުގެ ވަޑައިގަތުމައްފަހު އެކަލޭގެފާނުގެ ތާހިރު އަހުލުބައިތުން ކަރުބަލާގައި ޝަހީދުކޮށް އަދި 200 ވަރަކަށް އަހަރުފަހުން ޢައްބާސީންގެ އަމުރަށް ލިއުނު ފޮތްތަކެކޭ އެއީ. ގުރުއާނާ ތަޢާރަޟު ނުވާނަމަ އެފޮތްތަކުގައިހުރި ހަދީސް ޝީޢީން މިއަދު ގަބޫލުކުރޭ، އެމީހުންގެ ޝޭހުން ބުހާރީ މުސްލިމުގެ ހަދީސްތައް ދަރުސުދޭއިރު ކިޔާތަން އަޅުގަނޑު ދުށިން. ވައްހާބީން އެމީހުންނަށް ފުރައްސާރަކުރަނީ.

The name is already taken The name is available. Register?

ރާފިދީ

01 November 2023

ޔަހޫދީންނާ ހަނގުރާމަ ކޮށް ނިމުނީމަ ސަލަފީން ތިޔަ ޒައިދީ ޝީޢީންނަށް ތާއީދު ކުރި މީހަކުގެ ދިވެހި ރައްޔިތުކަން ވެސް ނިބުޅައިގަންނަން ގޮވާނެ. އެ މީހުން ތި މީހުނަށް ކިޔަނީ ރާފިދީން. މުރުތައްދުން. ބާތިލް ފިރްޤާތަކުގެ މީހުންގެ ދިވެހިރައްޔިތުކަން ކެންސަލްކުރަން ސަލަފީން ކިހާ ވަރަކަށް ގޮވާފަ ހުރި ތޯ ބަލާބަ. ދީނީ ހަނގުރާމަ ނުކުރުން އެންމެ ރަގަޅީ

The name is already taken The name is available. Register?

ކުމާރު.،

01 November 2023

ސަލަފީން ވެސް ސުންނީން ވެސް ޝީޢީންނަށް ކިއާނެ ރާފިޟީން. އެއީ ޒައިނުލް ޢާބިދީންގެ އަރިހުގައި ހަނގުރާމަ ނުކުރަން އޭގެ ބަޔަކު ވަކިވެގެން ދިއައީ. ޝީޢީން ސުންނީނަށް ކިއާނީ ނާޞިބީން، އެއީ ސުންނީން އަހުލުބައިތުންގެ އަތުން ވެރިކަން ޖަހައިގަތީމަޔޯ. އަހަރުމެން މިކަހަލަ ފިތުނަތަކުގެ ތެރެއަށް ނުވަދެ ވީހާވެސް އެކުވެރިވެގެން ސުލްހަވެގެން އުޅެންވީ. އެބަޔަކު ގޮވި އެއްޗެއް އެބަޔަކަށް.

The name is already taken The name is available. Register?

އިސްމާލި

02 November 2023

މިއީ ކޮންމެހެން ދީނީ ކަމަކަށް ހަދައިގެން ނޫޅޭ. މިއީ އިންސާނީ ކަމެއް. ހޫތީން، އަރަބިން، ޔަހޫދީން، ކްރިސްޓިއަނުން، ކޮންމެ ބަޔަކުވެސް މިހާރު މި ހަނގުރާމައަށް ވަނުން މަޖުބޫރު. މިވަރުގެ ޖަރީމާ ހިންގާ ބަޔަކު މައިތިރިކުރަން ޖެހޭ. ދެން ހޫތީން ނަކީ މިވެނި ބައެކޭ އެވެނި ބައެކޭ ކިޔައި ތިބެންވީތޯ ފަލަސްތީން ނެތިދާއިރު؟

The name is already taken The name is available. Register?

1206

01 November 2023

ދިވެހި ސިފައިންގެ ލަޝްކަރެއް ވެސް ޖިހާދަށް ފޮނުވައިދިނުމަށް ދިވެހި ސަރުކާރުގައި އާދޭހާއެކު ދަންނަވަން. ދިވެހިރާއްޖެއިން ވެސް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުމަށް ކޮމާންޑަރ އިން ޗީފް އަށް ގޮވައިލަން. މާތްވެގެން ގުދުސްގެ ހިމާޔަތުގައި ދިވެހި ސިފައިންގެ ލަޝްކަރެއް އޮތުން މުހިންމު.

The name is already taken The name is available. Register?

ޒައިދީ

01 November 2023

ބުޚާރީޔާ ސުންނަތް ގަބޫލްނުކުރާ ބަޔެއް. ޔަހޫދީން މަރާ ނިމުނީމަ ދެން ދީނީ ޢިލްމުވެރިން ދުއްވާގަންނާނީ ތި މީހުން ފަހަތުން. ގަތުލު ހައްގު ސުންނަތް ގަބޫލްނުކުރާ މުރުތައްދުންނޭ ކިޔާފަ. މިހެންވެގެން ޑިމޮކްރަސީ ފިކުރު ގަބޫލް ކުރަން ޖެހެނީ. ހުރިހާ އިންސާނުން މިނިވަންކަންމަތީ. ޔަހޫދީންވެސް ހިމެނޭ ގޮތުން. އުޅެވެން ޖެހެނީ. މިހާރު މި ކުރެވެނީ ދީނީ ހަގުރާމައެއް.

The name is already taken The name is available. Register?

ވާނުވާ ނޭންގޭ

01 November 2023

ޔަހޫދީންގެ ކަންތައްގަޑު ނިންމާލާފަ ދެން ތިޔަ އެއްބަޔަކު އަނެއް ބަޔަކަށް ތަޅާގަންނާނީ. ދިވެހިންނަށް މިހިނގާ ކަންތައް ނޭންގެނީ. މި ކުރަނީ ދީނީ ހަނގުރާމައެއް. ހުޅަނގުގެ ޑިމޮކްރަސީކޮޅު އިޒްރޭލް ބަލިވުމުން ދެން ހަމަ ތި ސަލަފީ އިސްލާމީ ފިކުރުގެ މީހުން ދިމާކޮށްލާނީ ޝީޢީންނާ. ތީ ޔަމަނުގެ ޒައިދީ ޝީޢީން. އެ ހިސާބަށް ދާއިރު ޝޭޚުން ބުނާނީ ޒައިދީންގެ ޤަތުލު ހުއްދަޔޭ. ބުޚާރީޔާ ސުންނަތް ގަބޫލްނުކުރާ މުރުތައްދުންނޭ އެއީ. ވިސްނާ.

The name is already taken The name is available. Register?

ޔަހޫޒާ

01 November 2023

ޔަހޫދީންގެ ޤަތުލް ހުއްދަކުރި މީހުން ޒައިދީންގެ ލޭވެސް ހުއްދަ ކުރާނެއެވެ. ކުރެޔެވެ.

The name is already taken The name is available. Register?

އަމީތާބު.

01 November 2023

ޝީޢީންނާއި ދިމާކޮށްގެން މިއަދަކު ސަލަފީންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް. ސަބަބަކީ އީރާނުގެ ބާރާއި ނުފޫޒު އެއަށްވުރެ ގަދަ. އަދި ސަލަފީންނަށް ފަންޑުކުރާ ހުޅަނގުގެ ބައިގަނޑު ތިބީ އިގުތިސާދީގޮތުން ފުނޑިފަ. އަނެއްކޮޅުން ސަޢުދީ ބުރޯވެސް މިހާރު ބޭނުންވަނީ ސަލަފީ ވައްހާބީ ފިކުރު ފުހެލާފަ އިސްލާމިކު އާ ރިވޮލިއުސަނެއް ނެރެން. އޭގައި އޮންނާނީ ހުސް ހުއްދަކަންތައް. މުޖައްދިދަކު ތަމްރީނު ނުކުރެވިގެން އަދި އެތިބީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454