ހަރަމްފުޅުގެ ތެރޭގައި އަމިއްލަ ގޭގައި އަލިފާން ރޯކޮށްލަން އުޅުނު މީހާ ސައުދީ ފުލުހުން ވަނީ ހައްޔަރުކޮށްފައި.
08 ފެބުރުއަރީ 2017 - 12:53
މައްކާ (ފެބްރުއަރީ 8) - ހަރަމްފުޅުގެ ތެރޭގައި އަމިއްލަ ގަޔަށް ޕެޓްރޯލް އަޅާ ރޯކޮށްލަން އުޅުނު މީހަކު ސައުދީ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާން މޭޖާ ސަމާހު އަލް ސަލާމީ ވިދާޅުވީ ސަައުދީ ރައްޔިތެއް ކަމަށްވާ އުމުރުން 40 ގެ އަހަރުތަކުގެ އެ މީހާ އަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.
ހޯމަ ދުވަހުގެ ރޭ އެ މީހާ ގައިގައި ރޯކޮށްލަން އުޅުނީ ގެފުޅާ ވަރަށް ކައިރީގައި ހުރެ ކަމަށް ފުލުހުން ބުންޏެވެ. ގަޔަށް ޕެޓްރޯލް އެޅުމަށް ފަހު ރޯކޮށްލުމުގެ ކުރިން ހަރަމްފުޅުގައި ތިބި މީހުންނާއި ފުލުހުން ވަނީ އެ މީހާ ހުއްޓުވައިފަ އެވެ. ސައުދީގެ ބައެއް މީޑިއާތަކަށް މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ މީހާ ވަނީ ގެފުޅުގެ އުރަކޮޅުގައި ރޯކޮށްލަން ވެސް މަސައްކަތްކޮށްފަ އެވެ.
ހަރަމްފުޅަށް އެއް ފަހަރާ ގިނަ ބަޔަކު ވަންނާތީ ގޭޓްތަކުން ސެކިއުރިޓީ ޗެކް ކުރުމަކީ ވެސް އުނދަގޫ ކަމެކެވެ. ފަންޑަމެންޓިލިސްޓް ބަޔަކު ވަނީ 1979 ވަނަ އަހަރު ގެފުޅު ހިފާ، އަޅުކަމުގައި ތިބި ބައެއް މީހުން ރަހީނުކޮށްފަ އެވެ. ގެފުޅުގެ ކޮންޓްރޯލް ސައުދީގެ ޚާއްސަ ސިފައިން ހޯދީ ބަޑީގެ ހަމަލާތަކަކަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޤީގަތް
08 February 2017
ތިޔަ އަމަލަކީ ޓެރަރިޒަމްގެ އަމަލެއް!