ޚަބަރު / ނޭޝަނަލް ޕްލޭނިން މިނިސްޓްރީ

4000 ފްލެޓުގެ ދާއިމީ ލިސްޓު ނެރެފި، ތިން ކޮޓަރި 8،000ރ އަށް، ދެ ކޮޓަރި 6،000ރ. އަށް

އިމާރާތް ކުރަމުން އަންނަ 4000 ފްލެޓު: މި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ވަނީ މިރޭ އާންމުކޮށްފައި-- ފޮޓޯ:ފަޔާޒް މޫސާ/ މިހާރު

ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް، ފްލެޓު ދޫކުރާ އަގުތައް މިރޭ އާންމުކޮށްފި އެވެ.

މިނިސްޓްރީން މިރޭ ގެޒެޓު ކުރި އިއުލާނުގައި ބުނީ ދާއިމީ ލިސްޓު އެކުލަވާލީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ.

ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް، 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ބަޔަކަށް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ދެ ކޮޓަރީގެ ފުލެޓުތައް ހަމަ ދިނުމަށް ހަމަޖެހިފައިވަނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

ގެދޮރުވެރިޔާ ފްލެޓުތަކުގެ ތިން ކޮޓަރީގެ ފްލެޓެއްގެ އަގަކަށް ކަނޑައަޅާފައިވަނީ މެއިންޓެނަންސް 1000ރ. ގެ ފީއާއެކު 8000ރ. އެވެ. އަދި ދެ ކޮޓަރީގެ އަގަކީ މެއިންޓެނަންސް ފީއާއެކު 6000ރ. އެވެ.

އިއުލާނުގައިވާ ގޮތުން ކުލަ ނަގަން ހަމަޖެހިފައިވަނީ ފްލެޓު ހަވާލުކުރާޔާ ތިން މަސް ދުވަހަށް ފަހުގަ އެވެ. ޖުމްލަ 300 މަސް ދުވަހަށް ކުލި ދައްކަން ޖެހޭނެ އެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް އެއް ފްލެޓު ކަމަށް ވެސް އިއުލާނުގައިވެ އެވެ.

51 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 3%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮގުއަކުރަމް

15 November 2023

ޝަކުވާ ހުށައަޅަން ހުޅުވާލަނީއޭ ކިޔާފަ ފޯމްތަށް ބަލާވެސް ނުލާ ހުރިގޮތަށް ބަހައްޓާފަ ދާއިމީބލިސްޓް ނެރެ ގުރުއަތު ނެގީ ވައްކަން ކުރަމުން މިދަނީ ނިމިނިމި އޮއްވަވެސް. ސަރުކާރަކުން މި ފުލެޓްތައް ދިނަސް މި ދިފަމިހިރީ އިންސާފުންތޯ ބެލުން އެއީ ދެން އަންނަ ސަރުކާރަކުން ކުރަންޖެހޭނެ ކަމެއް. މިކަން ރައީސް މުއިއްޒު ކޮށްދެއްވާނެ ކަމަށް އުއްމޫދުކުރަން.

The name is already taken The name is available. Register?

ސޮހޮލޭ

15 November 2023

ދެމަފިރިންނަކީ ވެސް ޕާޓީ ނުވަތަ ބޭފުޅުންނާއި ގާތްކަމެއް އޮންނަ ބައެއްނަމަ ލިބުނު ދެފްލެޓްގެ އިތުރައް އަދި އެމީހުންގެ ދަރިޔަކު ނުވަތަ ލޯބިވެރިޔަކު ހުރިނަމަ އެމީހަކައްވެސް ފްލެޓް ލިބޭނެއެވެ

The name is already taken The name is available. Register?

އާދޭސް

15 November 2023

ވިނަރެސްގެ އަގުވެސް ހެޔޮކޮށްދީ 8000 އަށް

The name is already taken The name is available. Register?

ބަލްގިސް

15 November 2023

ވިނަރސްގެ އަގު ހެޔޮކުރޭ!!!!!

The name is already taken The name is available. Register?

ޖވުވހވޖވ

15 November 2023

ވިނަރެސްގެ އަގުވެސް 8000 އަށް ކުޑަކޮށްދީ އިބޫ ބަޔަކަށް ހެޔޮކޮށް ކަމެއް ކޮށްދޭން ބޭނުންވާނަމަ

The name is already taken The name is available. Register?

ހގހވޔގ

15 November 2023

ވިނަރެސްގެ އަގުވެސް 8000 އަށް ތިރިކޮށްދީ. މުއިއްޒު ބުނި ތިރިކޮށްދޭނަމޯ

The name is already taken The name is available. Register?

އަލްމުދިޝް

15 November 2023

25 އަހަރަށް 1,800,000 ދަށްކަން ޖެހޭއިރު ފަސްއަހަރު ގެ ދައުރެއްގެ ކެމްޕެއިން ތަކުގަ މިކުލި މައާފު ވެގެން ދިއުމުން ސަރުކާރަށް ލިބޭނެ ގެއްލުން ފޫނުބެދެއެވެ. ބޮޑުޚަރަދެއް ކޮށްގެން މިފަދަ އިމާރާތް ތަށް ހަދާފަ ޖަހާސަކަރާތަކުން ދަރަނި އިތުރުވީމާ ރިޒާވު އޮންނާނީ އަބަދުވެސް ވެރިއަކަށް ފަހު ވެރިއަކަށް ލަނޑުދޭށެވެ.

The name is already taken The name is available. Register?

ޙުސެން މުނައްވަރު

15 November 2023

ޢެހެންވިއްޔާ ވިނަރެސް އަށް 170000 ދައްކަންޖެހަެ ސަބަބެއް ނެތް، އަގު އަވަހަށް ތިރުކޮށްދެއްވާ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

15 November 2023

ރާއްޖެއަށް ގެންނަންވީ ދުބާއީގެ މަހުޖަނު (އިންޑިޔާގެ ރައްޔިތެއް) ރިޒްވާން ސަޖަން (ވަން ޕަސެންޓް މޭން) ކަހަލަ މީހުން އިންވެސްޓްކުރަން.ދުބާއީގަ ގެ އަޅާފަ ޑައުންޕެއިމެންޓްގެ ގޮތުގަ ކުޑަ އެއްޗެއް ދައްކާފަ ދެން ކޮންމެ މަހަކު ދައްކަން ޖެހެނީ ގޭގެ އަގުގެ %1 ، މިފަދަ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ލިބޭނެ ގޮތް އާ ސަރުކާރުން ހޯދައިފިނަމަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދޭނެ. މަވެސް ބޭނުން ފްލެޓެއް.އަހަރެން މިއީ 4 ދަރިންގެ ބައްޕައެއް.

The name is already taken The name is available. Register?

ކުޑަކަތީބު

15 November 2023

ދަރަޖަމަތިވެރި، އިއްޒަތްތެރި، ލޫޅާފަތި، ދެ ތާޖުގެ ވެރިޔާ އަސްލު ސިފަ ނުފެނި ވެރިކަމުން ބާލުވާ އަދި އިތުރު ދައުރަކަށް ނުހޮވުނީތި މާތް ﷲ އަށް ޝުކުރުވެރިވަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454