ބަޖެޓު ކޮމިޓީގައި މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
16 ނޮވެމްބަރ 2023 - 14:55
މިހާތަނަށް ރާއްޖޭގައި ހަރަދުތައް ހަމަޖައްސަނީ، ޖުމްލަ ބަޖެޓުގެ ތެރެއިން ކަންކަން ކުރާ އުސޫލުން ކަމަށާއި ބަޖެޓު ކޯޑު ބަދަލުކޮށްގެން ހަރަދު ކުރުމަކީ، އަބަދުވެސް ކުރާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ބަޖެޓު ކޮމިޓީގައި އަމީރު ވިދާޅުވީ، ރާއްޖޭގައި އަބަދު ވެސް އޮޑިޓަ ޖެނެރަލް އޮފީހުން ވެސް މަޖިލީހުން ވެސް ކޯޓުތަކުން ވެސް އެހެނިހެން އޮފީސްތަކުން ވެސް ބަޖެޓު ހުސްވެގެން ބަޖެޓަށް ފޮނުވާ ކަމަށެވެ.
އަމީރު ވިދާޅުވީ، ކޮންޓިންޖެންސި ބަޖެޓު ތެރެއަށް އަދަދު އިތުރު ކުރަނީ އެފަދަ ހާލަތްތަކުގައި ބޭނުން ކުރުމަށް ކަމަށެވެ.
އަމީރު ވިދާޅުވީ، ޕީއެސްއައިޕީ ބަޖެޓަކީ މިނިސްޓްރީގެ ކޮންޓްރޯލުގައި އޮންނަ ބަޖެޓެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓް ފަދަ މަސައްކަތެއްގެ ބިލް ބޮޑު ކުރީމަ އޮޓަމެޓިކުން ޕޭމެންޓް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ ހަރަދާ ހެދި ވެސް ދައުލަތުގެ ޖުމްލަ ހަރަދު ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
ބަޖެޓު ކޮމިޓީގެ ބައެއް މެންބަރުން: ބަޖެޓުގެ ހަރަދުތައް ހަމަޖައްސަނީ ޖުމްލަ ބަޖެޓުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ / މިހާރު
"މިސާލަކަށް މިތާންގައި، މި އިއްޒަތްތެރި މަޖިލީހުން ވެސް ފޮނުވާ މެންބާސްގެ ޓްރެވަލް ކޯޑު ހުސްވެއްޖެއޭ. ޓްރެވަލް ކޯޑަށް އިތުުރުކޮށްދޭށޭ ކިޔައިފަ. އޮޑިޓާ ޖެނެރަލް އޮފީހުގެ ކިތައް ފަހަރުތޯ މިދިޔަ ފަސް އަހަރުގެ ތެރޭގައި މިވެނި ރިޕެއާ ކޯޑެއް ހުސްވެއްޖެއޭ ކިޔައިފަ. ރިޕެއާ ކޯޑަށް ފައިސާ ފޮނުވާށޭ ކިޔައިފަ. ކިތައް މިނިސްޓްރީތޯ އެގޮތަށް ފޮނުއްވަނީ،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ހަރަދުތައް ހަމަޖައްސަނީ، ޖުމްލަ ބަޖެޓުގެ ތެރެއިން ކަންކަން ކުރާ އުސޫލުން ކަމަށެވެ. މިގޮތަށް މިނިސްޓަރު ވިދާޅުވުމުން ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުން ވަނީ ކޮމެޓީގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަކުރައްވައިފަ އެވެ.
ބަޖެޓުގެ ކޯޑުތަކާ ގުޅޭ ގޮތުން މިނިސްޓަރު ޖަވާބު ދެއްވީ ބަޖެޓު ކޮމިޓީގައި ބައެއް މެންބަރު މަސައްކަތްތަކަށް ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ ހަރަދުތައް ކުރީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރުމުންނެވެ. އެގޮތުން މެންބަރު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ، ޕީއެސްއައިޕީ އަށް އިތުރަށް ހަރަދު ކުރި ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ވެސް ފާހަގަކޮށްފައިވާ އިރު އެގޮތަށް އަމަލު ކުރެއްވީ ކީއްވެގެންތޯ ސުވާލު ކުރައްވައިފަ އެވެ.
"އޮޑިޓް އޮފީހުން ވެސް މިއޮތީ ފާހަގަކޮށްފައި ޕީއެސްއައިޕީ އަށް ވެސް އިތުރަށޭ ހަރަދުކޮށްފައި އޮތީ. ސަބްސިޑީ އަށް ވެސް އިތުރަށް ހަރަދުކޮށްފައިވާ ކަމަށް. ގާނޫނުއަސާސީގައި އެބަ ބުނޭ، ހަރަދު ކުރަން ޖެހޭނީ އެކަމަށް ކަނޑައެޅިފައި އޮންނަ މިންވަރަކަށޭ. އެއަށް ވުރެ އިތުރަށް ހަރަދު ކުރަން ވެއްޖިއްޔާ ޖެހޭނީ މަޖިލީހުގެ ހުއްދަ ހޯދައިގެން ނުވަތަ ފާސްކޮށްގެން އެކަން ކުރަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
16 November 2023
އިބްރާހީމުގެ މާލީ ވަޒީރު ވިދާޅުވި ފަދައިން އިބްރާހިމްގެ ސަރުކާރުން ވަނީ ރާއްޖޭގައި އާދަވެ ހިގާ އެތައް ކަމެއް "އާދަކާދައާއި އެއްގޮތަށް" ހިންގުމުގައި ދިވެހިން އަޖާއިބުވެ އަންތަރީސްވާފަދަ ކުރިއެރުމެއް ހޯދާފައި. # މިގޮތުން ހަސަން ރަސްގެފާނުގެ ޒަމާން ހަދާންވާގޮތަކަށް "މޮރިޝަސްއަށް ފޮނުވި ސިއްރުސިޓީ ފަދަ" އެތައް އެތައްކަމެއް 5 އަހަރުގެދައުރުގައި ކޮށްފައިވާތީ، އިބްރާހިމްއަށް ދެވަނަ ދައުރެއްނުދީ އިބްރާހިމްގެ ވެރިކަންވައްޓާލަން ރައްޔިތުން ވޯޓުވެސް ދިން.
39+15 =15ގެ ލޮޖިކް ދޮތަ
17 November 2023
އޮނަރަބަލް ހެދިގެން އިބްރާހީމޭ ގޮވަން ހާދަ ކޮސްވާހަކަ.. އެއްވެސް ރައީސަކަ އަދި ދެދައުރުގައި ރައްޔިތުން އާނ ބުނެފިތަ؟ އެކަކު ކީއްކުރަން 1ޕާޓީ އަމުދުން "ބައިޕާޓީ" މޮޅުވެއްޖެތަ؟ 58% ހޯދީ ރ.ޔާމީނު ނޫން އެންމެން! ރ.އިބޫ އެކަނި (ހާފްއެމްޑީޕީ+އޭޕީ) ރ.ނަޝީދާ ދެކޮޅަށް އެ ހޯދީ 46% (109،240 ވޯޓް)!!!! ދައްކާދީބަލަ އެވަރު ތާއީދު ހޯދި ވެރިއެއް!
އުދުހޭ
16 November 2023
އަބަދުވެސް ވައްކަން ކުރާތީ ކުރީތަ؟
ސިސިލީސިލި
16 November 2023
އަސްތާ. މަޖިލީހު ބޭބޭފުޅުކޮޅުންގެ ވާހަކަ، ހާއްސަކޮށް ދައުލަތުގެ ހަރަދުގައި ދުނިޔެވަށައިގެން ޖަހާލާ ފިނި ބުރުތަކުގެ ވާހަކަދައްކައިގެން ނުވާނެއްނު ނިކަމެތި މިނިސްޓަރުގަނޑެއްވެސް.
ފައިނު
16 November 2023
ހެހެހެހެ. ކުޅޭކުޅޭ ....
އަބްދޫ
16 November 2023
ގާނޫނުއަސަސީގެ 96 އަދި 97 ވަނަ މާއްދާއާއި ހިލާފަށް ފައިސާ ހަރަދުކުރުމަކީ ހިޔާނާތް ވުން. ސަރިއަތަށް ފޮނުވަންޖެހޭނެ