މިނިސްޓަރުން ހުވާކުރެވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
18 ނޮވެމްބަރ 2023 - 23:51
އާ ސަރުކާރުގެ މިނިސްޓްރީތަކަށް ކިޔާނެ ދިވެހި ނަންތަކެއް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ އާ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ސަރުކާރުގެ 22 މިނިސްޓްރީއެއް އޮތް އިރު ކޮންމެ މިނިސްޓްރީއަކަށް ދިވެހި ނަމެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ:
1. މިނިސްޓްރީ އޮފް ޑިފެންސް - ދިފާއީ ވުޒާރާ
2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ހާރިޖީ ވުޒާރާ
3. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
4. މިނިސްޓްރީ އޮފް ފިނޭންސް - މާލީ ވުޒާރާ
5. މިނިސްޓްރީ އޮފް އެޑިޔުކޭޝަން - ތައުލީމީ ވުޒާރާ
6. މިނިސްޓްރީ އޮފް ހެލްތް - ސިއްހީ ވުޒާރާ
7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
8. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
9. އެޓާނީ ޖެނެރަލްގެ އޮފީސް - ބަންޑާރަ ނައިބުގެ އޮފީސް
10. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް - އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
11. މިނިސްޓްރީ އޮފް ޓޫރިޒަމް - ފަތުރުވެރިކަމާ ބެހޭ ވުޒާރާ
12. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
13. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
14. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
15. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް- ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ
16. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
17. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
18. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ
19. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ- އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
20. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ - ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
21. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
22. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ.
މިއީ ފަހުގެ ތާރީހުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ދިވެހި ނަންތަކެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޝާނީ
20 November 2023
ކޮންމެ ސަރުކާރެއް އައިސް މިނިސްޓްރީގެ ނަންތައް ކޮށާ މަށާހެދުން މީ މާ މޮޅުކަމެއް ނޫން. ކުރިން ހުރި ނަންތަކުން ކުރަންއުޅޭ މަސަައްކަތް ނުކުރެވޭނެތަ؟ އައު މަސައްކަތެއް ކުރަން އައު މިނިސްޓްރީއެއް، ނުވަތަ ގުޅުންހުރި މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ތެރެއަށް އެބައި ނުހިމެނޭނެތަ؟ ކޮންމެހެން މިނިސްޓްރީގެ ނަމުގައި މިނިސްޓްރީން ކުރާ ހުރިހާ މަސައްކަތެއް ނުހިމެނިޔަސް އެކަން ކުރެވޭނެ،
ޢެވެރިންގެ ދުވަސް
19 November 2023
ހަމަ ހިތައް ވަންނަނީ އިބުރާނީމް ނާޞިރު. އެމަނިކުފާނުގެ ވެރިކަމުގައި ހަނދާންވަނި ޤާނޫނުވެސް އޮވެޔޭ. ޗެޕްޓަރ 3 ޢާންމު ޤާނޫނުތައް. މިބައިގައިގާ ލިޔެފައިވޭ. "ކޮންމެހެން ބޭރުބަހަކުން ލިޔަންޖެހޭ ލިއުމެއްނޫނި ދިވެހިދައުލަތުގެ އެންމެހާ ލިއުންތައް ލިޔެވިފައި ހުންނަވާނީ ކިޔަން އެނގޭގޮތަށް ދިވެހިބަހުންނެވެ." ސަނަދު ނަގަން ކިޔެވިއިރު މިޤާނޫނު ވަކި ފެންވަރަކުންމާއްދާއަކަށް ހަދާފައޮތީ.
ރައްޒާގު
19 November 2023
މިހާރު އަރަބި ބަސްވެސް ފޭރިގަނެ ދިވެހި ބަހަކަށް ހެދީތަ؟
ސޮނިގަމް
19 November 2023
ވުޒާރާ . ޚާރިޖީ. ތައުލީމު، މަދަނީ، މާލިއްޔަތު، މީ ދިވެހި؟ މަށަށް އޮޅިއްޖެ.
މުގާބެ
19 November 2023
މިބަސްތަކަކީ އަރަބި ބަސްތަކެއް ކަމުގައިވޭ. އޮޅެނީ މިއަދުގެ ޒުވާން ޔޫރަޕް ތަޢުލީމާ ގުޅި ލާމެހިފައި ތިބޭ މީހުންނަށް. އެހެންނަފަހެ މިބަސްތަކަކީ ދިވެހިދައުލަތުގައި މައި އޮފީސްތަކަށް އެންމެ ފުރަތަމަ ބޭނުންކުރަންފެށި ބަސްތައް. އަލަށް ވަދެއުޅޭ ބަސްތަކެއްނޫން. މިހެންވެ ދިވެހިބަގުގައި ވަކި ހިއްޕާފައިވާ މިބަސްތައް ފަހަތަށް ނުޖެހި ވާހަކަ ދެއްކުމުގައި އެންމެން ބޭނުންކުރޭ. އޮޅޭކަށް ތަނެއްނެތް. ޥަރަށްސާފު.
ސޭކުބެ
19 November 2023
މިނިސްޓްރީތަކާ އޮފީސްތަކާ މަގުތަކުގެ ނަން ބަދަލުކުރުމަކީ ކުރީގެ ސަރުކާރެއްގަ ކޮންމެ ފަސް އަހަރަކުންހެން ފެންނަމުންދިޔަ ބޯދާ ކަމެއް. މިފަދަ ކަންކަމަކީ ވިސްނުން ކޮށިކަމާ ހިނގުންތެރިކަން ނެތް ސިޔާސީމީހުން ކޮށްއުޅޭ ކަމެއް. މުހިއްމީ ނަމެއްނޫން ކަންކަން ހިގަންވާ އުސޫލުން ހިންގުން.
ެއެކަލޯ
19 November 2023
ނަން ވަރަށް މުހިންމު ދިވެހިންނޭ ކިޔަނީ ދިވެހިބަހުން ވާހަކަދައްކާތީ ވީއިރު ދިވެހިންގެ ރާއްޖެއަކު ބޭރުގެ ވުޒާރާ ތަކެއް ހުރެގެން ނުވާނެ. މިހާރު ފެންނަނީ ކޮންމެ ތަނެއްގައިވެސް އިގިރޭސިން ބޮޑުކޮށް ނަނަލިޔެ ކުދި އަކުރު ތަކަކުން ދިވެހިން ނަން ލިޔެފައި ހުންނަތަން. ދިވެހިންގެ ރާއްޖޭގައި ދިވެހި ބަސް ބޭނުންކުރަނީ ދެވަނަ ދަރަޖާގަ. އިންޓަވިއުތައްވެސް ބައްޓަންކޮށްފައި ހުންނަނީ އިގިރޭސިން. މިކަމަށް ނިމުމެއް ގެންނަންޖެހޭ.
ހެޔޮ މަގު
19 November 2023
ޑރ.މުއިއްޒު ވެރިކަމަށް އައީވެސް ތަފާތު ދައްކާފަ. މިއަދުވެސް ތި ދަނީ ތަފާތު ދައްކަމުން އަދި ބަހާ އަމަލާވެސް ދިމާވަމުން. ކުރިޔަށް އޮތްތާ ވެސް އިންޝާﷲ ތަފާތު ފެންނާނެ ކަމަށް އުންމީދު ކުރަން.
ޙިލްމީ
19 November 2023
“މިއީ ފަހުގެ ތާރީޙުގައި ސަރުކާރުގެ މިނިސްޓްރީ ތަކަށް ދިވެހި ނަންތަކެއް ހަމަ ޖެއްސި ފުރަތަމަ ފަހަރު” މިކަހަލަ ޖުމްލަތައް އިވި ކުރީގެ ސަރުކާރަށް ތާއީދު ކުރާ މީހުންގެ ހިތަށް އަސަރުތަކެއް ކުރާނެ. ދެ ދުވަސް ތެރޭ މިހާ ތަފާތު ފެންނަން ހެދީމަ އާން މަވެސް މީ އެމްޑީޕީ ކުއްޖެއް ނަމަ ކޮންމެވެސް އެއްޗެކޭ ކިޔާފަ ބަލާނަން ފާޑެއް ކިޔޭތޯ ކިތަންމެ ރަނގަޅަށް ކަމެއް ކޮށްދިނަސް. ފުރަތަމަ ފަހަރަށް ސަރުކާރުން މިކަން ކޮށްދީފި އެކަން ކޮށްދީފި. މިނޫން އަޑެއް ނީވޭނެ ދެން.
ދިވެއްސެއްނޫން ޢަރަބި
19 November 2023
ތިޔައީ ދިވެހި ނަންތަކެއްތަ؟ މާލީ ވުޒާރާ. މާލީ އަކީ ޢަރަބި ބަހެއް. ވުޒާރާ އަކީ ޢަރަބި ބަހެއް. ތަޢުލީީމީ ވުޒާރާ، ތަޢުލީމީ އަކީ ޢަރަބި ބަހެއް. ވުޒާރާއަކީ އަރަބިބަހެއް. ޞިއްޙީ ވުޒާރާ. ޞިއްޙީ އަކީ ޢަރަބި ބަހެއް. ޚާރުޖީ ވުޒާރާ. ޚާރުޖީ އަކީ ޢަރަބި ބަހެއް. މިކަހަލަ ގޮތަކަށްދޯ ތިހުރީ. އަރަބި ބަހަށް ބަދަލުކުރެވުނީ ދެއްތޯ.
ޙައިޝަމް
19 November 2023
ޑރ.މުއިއްޒު ދިވެހި ބަހަށް ތި ދޭ އަހައްމިޔަތު ކަން ވަރަށް ބޮޑަށް ބަލައިގަންނަން. ބަޔަކު އަލާ ނުލިޔަސް ދިވެހި ބަސް އަނބުރާ ދިވެހީންނަށް ގެންނާނީ ހަމަ ޑރ.މުއިއްޒު. ފާޑު ކިޔާ މީހުން ތިބެން ޖެހޭނީ ހަމަ ފާޑު ކިޔާލަ ކިޔާލަ.
ނަނަނަ
19 November 2023
ތިޔަ ބުނާ ބަހުގެ އެކަޑަމީއަކާ، ބަސް ކޮމިޓީ އަކާ އޮއްވާ ބަސްތައް މިހިރަ ބަދަލުވެގެން ގޮސް ނިމެނީ… ބޮރޯ އަކީ ދިވެހި ބަހެއް…. ކޭ، ކަލޭ… އެކަމް، އެކަމަކު.. މިހެންގޮސް ކިތަންމެ ބަހެއް. ބަސް ކޮމިޓީ އަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ނުވެސް ހުއްޓުވޭނެ.