20 ނޮވެމްބަރ 2023 - 08:32
މެޑްރިޑް (ނޮވެމްބަރު 20) - ސައުދީ އަރަބިއާގެ އައް ނަސްރުން ހުށަހެޅި އަގުބޮޑު އެއްބަސްވުން، ކީޕަރު ޑޭވިޑް ޑެހެއާ ދޫކޮށްލީ އޭނާގެ އަންހެނުނާ ހެދިކަން ހާމަވެއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް 12 އަހަރު ކުޅުމަށް ފަހު މިދިޔަ ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލި ޑެހެއާ، އޭގެ ފަހުން އެއްވެސް ކްލަބަކާ ނުގުޅެ އެވެ. ޔުނައިޓެޑްގައި ޑެހެއާ އާއެކު ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅޭ އައް ނަސްރުން، ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރަށް، ހަފުތާ އަކު 500،000 ޑޮލަރުގެ އާމުދަނީއެއް ލިބޭ މުސާރައެއް ހުށަހެޅި އެވެ.
އެކަމަކު ސައުދީ ލީގަށް ބަދަލުވާން ޑެހެއާ ބޭނުން ނުވީ، އޭނާގެ އަންހެނުން، އެޑާން ގާސިއާ ސައުދީ އަށް ދިރިއުޅުން ބަދަލުކުރަން ބޭނުން ނުވުމުން ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.
އިނގިރޭސި މިޑީއާތަކުން ބުނާ ގޮތުގައި ޑެހެއާ އުންމީދުކުރަނީ، އެމެރިކާގެ މޭޖާ ލީގަށެވެ. ބެލޮންޑިއޯ އެވޯޑް އަށްވަނަ ފަހަރަށް ހޯދި ލިއޮނެލް މެސީގެ އިންޓަ މަޔާމީން ޑެހެއާ އަށް ހުށަހެޅުމެއް އަތުވެދާނެ ކަމަށް ބެލެވެ އެވެ.
މާޔާމީގައި ދިރިއުޅެން، ސްޕެއިންގެ ސެލްބްރިޓީ ލަވަކިޔުންތެރިޔާ އެޑާން ދެކޮޅު ހަދާނެކަމަކަށް ނުބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާމި
20 November 2023
އަންހެނަކަށް ޓަކާ ތި ކުރަނީ ވަަރަށް ބޭކާރު ކަމެއް.
ހަމީދު 1
20 November 2023
އަންހެނުންނަށްޓަކައި ، ޢާއިލާއަށްޓަކައި މަސައްކަތް ކުރަނީ އަދި ކުރަންވާނީވެސް، އެހެންވީމާ ނިންމުމަށް އިޙުތިރާމް ކުރަން. އެކަމަކު އަސްލު އަންހެނުންނަށް ނޭނގެނީ ރިޔާޟްގެ ކަންތައް ހުންނަގޮތް. އޭނާ ހީކުރީކަންނޭނގެ، ބުރުގާ އަޅަންޖެހޭނޭ. އަސްލު މުހާރު އެއީ ދުނިޔޭގައި އޮތް އެންމެ ފްރީ އެއް ސިޓީ، ބޭނުންކަމެއް ކޮށްލެވޭނެ، ބިކިނީގަވެސް އުޅެވޭނެ.
ޖަގަހަ
21 November 2023
ނިންމުމަށް އިހްތިރާމް ކުރަމޭ ބުނެފާ ދެން އިތުރުވާހަކަ ދެއްކުމުގެ ބޭނުމެއްނެތެއްނު؟
ނަނާ
20 November 2023
ތިޔައްވުރެ މާ ހިތްހެޔޮ ސޯލިހު ރީތި ހުނަރުވެރި ކުދިން ސައުދީން ލިބޭނެ. ވަރަށް ބޭކަރު ކަމަކަށް މުސްތަގްބަލް ތި ނަގާލަނީ.
ގުލްޒާރު
20 November 2023
އަންހެނުންނަށްޓަކާ ތިޔަ ނަގާލީ ހާދަ ރަނގަޅު ފުރުސަތެކޭ.