އޭސީޕީ ރިޔާޒު: މަސްއޫލިއްޔަތުތަކުން ވަނީ ދުރުކޮށްފައި - ފޮޓޯ: މިހާރު
21 ނޮވެމްބަރ 2023 - 19:59
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ އިސްވެރިޔާ ފަރީދު އިސްމާއިލް މަސްއޫލިއްޔަތުތަކުން މިއަދު އެކަހެރިކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިޔާޒު ހުންނެވި ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަސްއޫލިއްޔަތުން އޭނާ ވަނީ ދުރުކޮށްފަ އެވެ. އަދި މިހާތަނަށް އޭނާ އަށް އެހެން މަސްއޫލިއްޔަތެއް ހަވާލުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރިޔާޒުގެ ބަދަލުގައި ކްރައިމް އިންވެސްޓިގޭޝަން ހެޑަކަށް ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ނާފިޒް ވަނީ ވަގުތީ ގޮތުން ހަމަޖައްސައިފަ އެވެ.
މި ސަރުކާރުގެ އިސް ބޭފުޅުންގެ ފާޑުކިޔުން އިދިކޮޅުގައި ތިބިއިރު ރިޔާޒަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރިޔާޒު އިސްވެ ހުންނަވައި ހިންގެވި ތަހުގީގުތަކާ ގުޅޭ ގޮތުން ފާޑުކިޔުން ބޮޑުވި އެވެ.
ރިޔާޒުގެ އިތުރުން ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު އަދި އިންޓެލް ހެޑްގެ ގޮތުގައި ހުންނެވި ފަރީދުގެ ބަދަލުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް ވަނީ އައްޔަންކޮށްފަ އެވެ.
ފަރީދު އިސްމާއިލް: މަސްއޫލިއްޔަތުތަކުން އޭނާ ވެސް ވަނީ ދުރުކޮށްފައި
އާ ސަރުކާރުން މިހާތަނަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެ އެވެ. ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދަށް ރިޓަޔާވާން ވަނީ އަންގައިފަ އެވެ.
މި މަހުގެ 25 ވަނަ ދުވަހު އެ ދެ ބޭފުޅުން ވެސް ފުލުހުންގެ ހިދުމަތުން ރިޓަޔާވާނެ ކަމަށް މިހާރު ވަނީ އަންގާފަ އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނާ ކަމަށް އައްޔަން ކުރެވޭނީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި ހުރި މީހަކަށެވެ. އެކަމަށް ކުރިމަތިލާން ހުޅުވާލުމުން، ކުރިމަތިލާ ފަރާތްތަކާ ފުލުހުންގެ ބޯޑުން އިންޓަވިއުކޮށް ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ކޮމިޝަނަރު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަރުބާދު
22 November 2023
އެކަހެރިކުރީ ކޮވިޑް ޖެހިގެންތޯ؟.
ޒަމީރު
22 November 2023
އެތަށް ބަޔަކު ފުރޭމް ކޮށް ޖަލަށް ލުމުގަ މުގުލުގަ ތިބި ދެ ހާއިނުން މީ
ސޮފީ
22 November 2023
ކިޔަވައިގެން ތަޖުރިބާ ހުރި ރަނގަޅު މީހަކަށް މި ވެވެނީ 15 ވަރަކަށް އަހަރުން . ކޮންމެ ސަރުކާރެއް ބަދަލު ވާއިރު އެ ތަނެއްގަ ތިބޭ މޮޅެތި އެންމެން ތިހެން ބޭރު ކުރަންވެއްޖެއްޔާ ތަން ފަނާ ވުން ނޫން ކަމެއް ނުވާނެ
ކާސިމް
22 November 2023
ރިޔާޒް އާ ފަރީދު މެން ކަހަލަ މޮޅެތި މީހުން އެކަހެރިކޮށްފަ ތި މަގާމް ތައް ތި ހަވާލު ކުރީ ބޭރު މީހަކު އެމީހުނާ ބައްދަލު ކުރަން އައިސް އިނގިރޭސިން ހަވް އާޔޫ އޭ އަހައިފިއްޔާ، މައި ނޭމް އިސް ޕޮޓޭޓޯ އޭ ބުނާ ފެންވަރުގެ މީހުން .. ހަހަހަހަ
ކިނާނަތު
22 November 2023
ބައެއް ފަރާތްތަކުގެ ވިސްނުމުގައި ހުންނަނީ ޤާބިލުކަމަކީ އިނގިރޭސިބަހާ ނުވަތަ އެނޫންވެސް ބަހަކާ ގުޅިފައި ހުންނަ ކަމަކަށް، ނަމަވެސް ދުނިޔޭގައި ބައެއް ޤައުމުތަކުގެ ވެރިން ތަރުޖަމާނުންވެސް ބޭނުންކުރޭ. އެއީ ފުރިހަމަ ގޮތަކަށްވެދާނެ. ފަހަރުގައި ވެދާނެ އެބޭފުޅާއަކީ އިނގިރޭސިބަހަށް މޮޅު ޤާބިލު ނަމަވެސް ކަރަޕްޓް މީހަކަށް. ޢިލްމަކީ ބަހެއް ނޫން އެއީ ވަސީލަތެއް. އެއީ އަޚްލާޤެއްވެސް ނޫން އަޚުލާޤީ ހަމަ ފާޅުވާ ވަސީލަތެއް.
ނިޝް
22 November 2023
ބޮޑާކަން، ކިބުރުވެރިކަން، އިންސާނިއްޔަތުކަން، އިހްތިރާމްކުރުން. މިއީ އިލްމު ލިބުނަސް ބައެއް މީހުންގައިގަ ހަރުލާ އެއްޗެއް. އެއީ ތައުލީމީ މަންހަޖްގެ ފީކަޅާކަން، މައިންބަފައިން ރެއާއި ދުވާލު ގޮދަޑިއަށް ފައިސާދައްކަން ކުރަންޖެހޭ މަސައްކަތުގައި ދަރިންނަށް އަޅާނުލެވޭ ގޮތަށް ވަޒީފާތައް ބައްޓަންކޮށްފައި އޮތުމުންވާގޮތް. ތަންތަން ރަނގަޅަށް ހިނގާނީ އިލްމާއި ހިލްމު ހުރި މީހުން ލައިގެން.
ކޮމިޝަން
22 November 2023
ކޮބާ އޭސީޕީ ޔޫނުސް ސޮބާޙް، އޭސީޕީ ފަރުހާދު ފިކުރީ، އޭސީޕީ ޢަބްދުއްރަޙްމާން، ސީއެސްޕީ ބަޝީރު މީއީ މިތާގައި ބަހައްޓަން ހެޔޮވާވަރު ބައެއް ނޫން. ހުސް ކޮރަޕްޝަނާއި ޖަރީމާ ހިންގާ ގުރޫޕް މިއީ.
ކިރު ސައި
22 November 2023
ކަންދަހާރު ހޭޒް އެންޓަރޑް ދަ ޗެޓް.
ކަޅު ސައި
22 November 2023
ސޯ ވަޓް؟ ސަދޫމްތަ އެހެންނޫނީ ޗެޓް އަށް ވަންނަންވީ؟
ލަބީބް
22 November 2023
ޕޮލިހަށް ހުށަހެޅޭ މައްސަލަތައް އެއީ ކިތަންމެ ނުފޫޒު ގަދަ މީހެއްގެ މައްސަލަ ކަމަށް ވިޔަސް ފަސް ޖެހުމެއްނެތި ބަލާ މީހެއް ރިޔާޒް ސަރ އަކީ. ކުރިން އަހަރުންނަށް ފެންނަނީ ސިޔާސީ މީހެއްގެ މައްސަލަ އެއް އައިއްސިއްޔާ އަޑި އަޑިން ޑީލް ހަދާ މައްސަލަ އޮއްބާތަން. ރިޔާޒް ސަރ އަކީ ރިޝްވަތަށް ހއްލޭނެ މީހެއް ނޫން ކަން މި ސިޔާސީ އެންމެނަށް ވެސް އެނގޭ. އެހެން ވެ މަގާމުން ދުރު ކުރީ. ބޭނުން ހާ ކުޅި ކުޅެވޭނެ މީހުން މަގާމުތަކަށް ލާން . ވަރަށް ސަލާމް
ބާބް
22 November 2023
ރިޔާޒަކީ ޕްރޮފެޝަނިލިޒަމް ހުންނަ މީހެއް ނޫން. ވަރަށް ޒާތީމީހެއް. އޭނަ ތާއީދު ކުރާބަޔަކު އެދޭގޮތަށް ހެކި އުފައްދައި ތަހުގީގު ހިންގާ މީހެއް އެއީ.
ރިޔައްޓެ
22 November 2023
ސިޔާސީ ބޭނުމަށް ޕްރޮމޯޝަން ދިނުމާ މުސާރަ ބޮޑުކުރުމާ ފުލެޓު ދިނުން ކަހަލަ ކަންކަން ދޫކޮށްލާފަ އޮންނަންޏާ ދެން އެއިރެއްގަ އޮންނަ ޕާޓީ އަކުން އެމީހުންގެ އަމިއްލަ ސަލާމަތަށް ރައްޔިތުންގެ ފައިސާއިން ސޮދަގާތް ބަހާހެން ހަދިޔާ ބަހަންވީ. ދެން މި ދޭ މީހާވެސް ހިފާ މީހާވެސް މީ އާޚިރަތަށް ބިރެއް އޮންނަ ބައެއް ނޫން މި ޒަމާނުގަ. މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ދާކަށް ނެތް އައްސޭރި ނުވެސް ފެނޭ.
ކުޑައިއްބެ
22 November 2023
ފުލުސް އޮފީހުގަ ކިޔަވައިގެން ތިބި މުއައްސަސާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ އެންމެން މަގާމް ތަކުން ދުރުކޮށް މިވީ 10 ވަރަކަށް އަހަރު އެއްވެސް މަސައްކަތެއް ނުކޮށް މިތާ ތިބި ކޮރަޕްޓް މީހުނާ ވަޒީފާއިން ކަނޑާލީމަ ޓެކްސީ ދުއްވަން އުޅުނު މީހުން މަޤާމް ތަކަށް ގާތް ކޮށްގެން ވަރަށް ރަނގަޅަށް މިތަން ހިންގާނެކަމަށް މި ބަލަނީ. ސިޔާސީ މީހުން ބުނާކޮންމެ ގޮތެއް ހަދާ ކަހަލަ މީހިން މިތާގެ އިސް މަގާމް ތަކަށް ލާތަން މި ފެންނަނީ