ޕީސީބީގެ އާ ރައީސަކަށް އައްޔަން ކުރެއްވި ހަމްދީ
22 ނޮވެމްބަރ 2023 - 23:16
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުގެ ރައީސަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސަކަށް އައްޔަން ކުރެއްވީ ހެންވޭރު ރަންގަލި 4، ހަމްދީ އަގީލް އެވެ.
އޭނާއަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. ހަމްދީ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީ އިން މާސްޓާ އޮފް ކޮމާސް ހާސިލު ކުރައްވައިފަ އެވެ.
ޕީސީބީގެ ބޯޑުގައި ހުސްވެފައިވާ ތިން ގޮނޑި އަށް ރައީސް މިއަދު ވަނީ މެމްބަރުން އައްޔަން ކުރައްވައިފަ އެވެ. އެއީ:
- އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން: އަހުމަދު މުޝްތާގު، ދަފްތަރު 4652
- ބޭންކިން ދާއިރާ އިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ ށ. ކޮމަންޑޫ
އޭގެ ތެރެއިން މޫސާ ފަތުހީއަކީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. އޭނާ އަށް އިއްޔެ ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފަ އެވެ.
ލީނާ އަބްދުލްޖަލީލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ސީއީއޯ ކަން ވެސް ކުރައްވައިފަ އެވެ.
ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖައްސާ އިދާރާ އެވެ.
ގާނޫނުގައިވާ ގޮތުން ޕީސީބީގެ ބޯޑުގެ ކޯރަމަކީ ފަސް މެންބަރުން ކަމަށް ވިޔަސް މީގެ ކުރިން ތިއްބެވީ ތިން މެންބަރުންނެވެ. އެ ބޯޑުގައި ކޯރަމް ހަމަނުވާތާ ތިން މަސް ވެއްޖެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާވާ
25 November 2023
މިއީ ވަރަށް ކަރަޕްޓް މާޒީ އެއް އޮތް މީހެއް!
ފަހުދު.
24 November 2023
ކިލަންބު ވެއްޖެ
ގުޑް
23 November 2023
ހަމްދީއަކީ ހިންގުމުގެ ދާއިރާއިން ރާއްޖެއިން ނުފެންނާނެ ވަރުގެ ކުޅަދާނަ ބޭފުޅެއް.
ބާކުންބޭ
23 November 2023
ހަމްދީ ޕީސީބީ ހިންގާލާނެ، ކުޅަދާނަ ބޭފުޅެއް. ކިލަނބުކަމަކީ އނޑޕ ކުދިންނަށް ހީވާގޮތް
ވާވާ
23 November 2023
ކިލަނބު މާޒީ އެއް އޮންނަ މީހުން މިފެންނަނީ ހުސް!
ވައްކަމަކީ އެވޭލާ ކުޅިވަރެއް
23 November 2023
ރަނގަޅު މީހަކު ނުވެސް ދާނެ ތިތާކަށް ފުރަތަމަ ކަމަކަށް. ރައީސް އަށް ގޭމު ޖައްސާ ހުރިހާ އެސްއޯއީސް ތައް ފެން ފޮދަކާ ނުލާ ދިރުވާލަން އެހީވެދޭ ބޯޑު ތިތަނަށް ކިޔަންވީ ހޭބައްޔެއް ނުވާނެ ތަ? މަޖުލިސްއިން ތަންތަން ގަވަން ކުރަން މެންޑޭޓު ދިނީމާ ބޯޑުން މިހަވާލު ކުރަނީ ރައީސުލް ޖުމްހުރިއްޔާ އަށް އަނެއްކާ އަނބުރާ އެބާރުތައް ރިޒޮލިއުޝަނަކުން. ދެބޯގެރިންވެސް އެބަދަލު ކުރާކަށް ބޭނުން ނުވި