26 ނޮވެމްބަރ 2023 - 21:07
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ލަސް ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިން ލަފަޔާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.
ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް އީސީން ތާވަލު ކުރުމުން އިންތިހާބު އެންމެ އަވަހަށް ބޭއްވެނީ ރޯދަ މަހުގެ ފަހު 10 ފެށޭ ދުވަހަށެވެ. އެ ދުވަސްވަރަށް އޮފިޝަލުން ހޯދުމާއި ކެމްޕެއިން ކުރުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އެ ކޮމިޝަނުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނީ ގާނޫނީ ހައްލެއް ހޯދައި ދެއްވުމަށެވެ.
އެހެން ނަމަވެސް އެ ކޮމިޓީން މިއަދު އެރުވި ލަފާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތެއް ރޯދަ މަހަށް ފަހު ވެސް ލިބޭތީ ރޯދަ މަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ރޯދަ އަށް ފަހު އިންތިހާބު ބާއްވައިފި ނަމަ މުޅި ރޯދަ މަސް ތެރޭގައި މުއައްޒަފުން ތިބެން ޖެހޭނީ މަސައްކަތުގައި ކަމަށާއި ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
މިދިޔަ ހައްޖުގެ ދުވަސްތަކާއި އީދު ދުވަސްތައް ވެސް އެ ކޮމިޝަންގެ މުއައްޒަފުން އެއްވެސް ބަންދެއް ނުލިބި މަސައްކަތުގައި އުޅުނު ކަމަށާއި ރޯދައިގެ ފަހު 10 ސަރުކާރު ބަންދު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ އިރު އެ ފުރުސަތު ވެސް މުއައްޒަފުންނަށް ނުލިބޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
"މިހާރު ވެސް މި އުޅެނީ ސްޓާފުން ނުހިފެހެއްޓިގެން. ކުޑަ މުސާރައެއްގައި މުއައްޒަފުން ގެންގުޅެން ޖެހޭ އިރު މިފަދަ ނިންމުންތައް ނިންމުމަކީ ހަމަގައިމު ވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރޯދައިގެ ފަހަށް އިންތިހާބު ބާއްވަން މަސައްކަތް ކޮށްފި ނަމަ ދިމާވާނެ މައްސަލަތައް އެ ކޮމިޓީ ބައްދަލުވުމުގައި ވެސް އީސީން ވަނީ ހިއްސާ ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ނައިބު ރައިސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި ރޯދަ މަހަށް ފަހު ދެން އެންމެ އަވަހަށް އިންތިހާބު ބޭއްވޭނީ އީދު ތެރޭގަ އެވެ. އެހެންވެއްޖެ ނަމަ ވޯޓާސް ޓާންއައުޓް ވަރަށް ބޮޑަށް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ރޯދައިގެ ތެރޭ އިންތިހާބު ބޭއްވިޔަސް ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ފަހު ދެވަނަ ބުރެއް ބާއްވައިފި ނަމަ އެ މަސައްކަތް ނިންމާލެވޭނީ ދައުރު ހަމަވާން އެއް ދުވަހަށް ވެފައި އޮއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި އީސީން އެރުވީ ދެ ހައްލެކެވެ. އެއް ގޮތަކީ ގާނޫނުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ދޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗު ނުވައެއްގައި އިންތިހާބު ބޭއްވެ އެވެ.
ދެ ވަނަ ގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. އޭރުން އިންތިހާބުގެ މަސައްކަތް ކުރިން ފަށައި އަވަހަށް އިންތިހާބު ބޭއްވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
27 November 2023
ޟަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބާއްވަންވީ މިހާރުއޮތް މަޖިލިސް އުވާލަންވީ މުޅިންއާ މެންބަރުން ހޮވަންވީ
ލަފައެއްނޫން
27 November 2023
ކޮމިޓީން މި ދިނީ ނުލަފައެއް ދޯ
އަލިފުޅު3
27 November 2023
ފުއާދު ތިޔަ މަސައްކަތުން އެކަަހެރިވުމަށް ނަސޭހަތްތެރިވަން! މަނިކުފާނު އަރާމު ކުރައްވާ އަދި އަޅުކަމުގާ ގިނަ ވަގުތު ހޭދަކުރައްވަން ޖެހޭ ވަގުތު ޖެހިއްޖެކަމަށް ގަބޫލުކުރެވޭ... ހެޔޮ ދުއާ ސަލާން!
އަލީހަސަނު
27 November 2023
ތިޔަ މަޖިލިހެއް ނެތަސް މަށަށް ހެޔޮ! ކީއްކުރާ ބައެއްތީ؟
އަލީމު
27 November 2023
ކޮމެޓީން ދިން ލަފާ ހަމަ ރަގަޅު. މަސައްކަތްނުކުރެވެންޔާ ގެއައްދޭ! ރޯދަމަހޭ ކިޔާފަ ނިދަން އޮންނަންވީކީނޫން. އިސްލާމްދީނަކު ނެތް ރޯދަހިފީމަ މަސަތްކަތް ނުކޮށް ގޭގަތިބޭށޭ އަންގާފަކަ!!! ރޯދައަކީ އާންމުދިރިއުޅުމުގެ އިތުރުން ކުރަން އަންގަވާފަ އޮތްކަމެއް! ދީން ހަމަ އެންމެ ނުބައިގޮތުގަ އަބަދު ވެސް ބޭނުން ކުރެވޭތޯ ބަލާތި!
ސާބަސް01
27 November 2023
ރޯދަމަހޭ ކިޔާފަ ނިދަންތިބޭ ވާހަކަތަ އޮތީ؟ ބަންދު ދުވަސް ދުވަސް މުވައްޒަފުން ބޭނުންވެގެން ނޫންގޮތަކަށް މުވައްޒަފުން ލައްވާ މަސައްކަތް ނުކުރެވޭނެ. ސަރުކާރުން މުވައްޒަފުންނަށް ދެނީ ކުޑަ މުސާރަ. މީހުން ހިފެހެއްޓުންއެއީ އީ.ސީ އަށް ކުރެވޭނެ ކަމެއްނޫން. ފަހު ދިހައިގަ އަޅުކަންކުރުމަށް ވަގުތު ދިނުމުގެ ގޮތުން ބަންދު ކުރާއިރު ރެޔާއި ދުވާލު ބައެއް މުވައްޒަފުން މަސައްކަތް ކުރަންޖެހުމަކީ އިންސާފެއް ނޫން. ކޮންމެ ކަމަކުން ކުށް ހޯދަން މޮޅުބައެއް އަހަރުންމީ
ބާބް
27 November 2023
ކޯންޗެއް ދަންނަ މީހެއްތަ މިއީ. ބަލަ މުއައްޒަފަކީ ރޮބޮޓެއް ނޫނޭ. އެއީ އިންސާނެކޭ. ދަރިންނާއި އަނބި ފިރިން މަންމަޔާއި ބައްޕަ ކޮއްކޮއާއި ދައްތަބޭބެ ތިބޭ މީހެކޭ. އޭގެ އިތުރުން އެމީހަކުވެސް އެހެން މަސްތަކާ ޚިލާފަށް އަޅުކަމުގައި އުޅެ އާއިލާޔަށް ވަގުތު ދޭން ބޭނުންވާނެޔޭ. ކަލޭ ގޮތަށް ދެފައިދަމާފައި ނިދަން އޭނަވެސް ބޭނުންވާނެޔޭ މޮޅުވާހަކަ ދައްކަނީ ތި
އަލީމު
27 November 2023
ކަންނެތް އަދިމަސަތްކަތަށް ފަރުވާކުޑަކަން ކަށީގަހިފާފާ ތިބިބައެއް ރަގަޅެއްނުވާނެ. ރޯދަމަހޭ ކިޔާފަ ހަމަ ނިދާފަ ތިބެން ވީތަ؟ ކީރިތިރަސޫލާ އަދި ސަހާބީން ރޯދަމަހު ކުރެއްވި ބުރަމަސަތްކަތާ، ހަގުރާމަ އެގޭ ބަޔަކު މިތާ ހަމަ ނެތީތަ؟ އަދިވެސް ބޭރުމީހުންނާ ދިމާލަށް ބަސްބުނެވޭތޯ ބަލާ. އަމިއްލަ މޫނަށް ކޮންމެވެސް އިރަކުން ބަލާލުން ރަގަޅު!
ބަރުބާދު
27 November 2023
މިފަހަރު ތިލިބުނީ ނުލަފައެއް ތޯއްޗެ.!! ލަފައެއް ލިބޭނީ ލަފާބަޔަކު އުޅޭތަނަކުންތާ.
އައްބެ
26 November 2023
ދީނީ ކަންކަމަށް ފަރުވާކުޑަ ބަޔަކު މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބީމައި ނުބަލާނެ ރޯދައެއް ހައްޖެއް ހުކުރެއް ހަލާލެއް ހަރާމަކަށް. އެއިރަކު ހިތައް އެރިގޮތެއް އެއިރަކު ނިންމާނީ, ކުރާކަމެއް ދުވަހަކު ދެކޮޅެއް ނުޖެހޭނެ.
ރަދީފު ބިން ރަފައިދާ
26 November 2023
ރޯދައިގެން ކުރިން ޓެސްޓު. ރޯދައިގެ ކުރިން އިންތިޚާބު. ވިހަންވެސް ދެން އަންގާނީ ރޯދައިގެކުރިންތޯއްޗެ. މައުމޫނުދައުގާ ފައްކާތަންކޮޅަކީ މިކަހަލަ ކޫސަނި ކަންކަން ފެންމަތިނުވާތީ. ތާކުންތާކުންނުޖެހޭ ކަންކަން އެމަނިކުފާނުގެ ވެރިކަމުގާ އޮންނާނީ ފެނުއަޑީގާ.
ގާނޫން
27 November 2023
އޭރަކު ގާނޫނެއް ގަވާއިދެއް ނޯވޭ. ގާނޫނަކީ މައުމޫނު. ފެހި ގާނޫނު އަސާސީގެ ދަށުން އެބާރެއް އެކަކަށްވެސް ނޯވޭ.
Husenq
26 November 2023
ރޯދަމަހު ކެންޕެއިން ކުރަން ދިނުން ރަނގަޅުކަމަށް ފެނޭ. އޭރުން ދޮގު ހަދަން ތަންކޮޅެއް ޖެހިލުން ވާނެ އީމާންތެރިކަން ފުކެއްވެސް ހުންނަ މީހަކު. އަނެއްކާ ރިޝްވަތު ނަގަންވެސް. މިހެން ބުނީމަވެސް ރޯދައަށް ފަރުނީޗަރު އާކުރަން ބޭނުންވެސް ވާނެ.
އަލީމު
27 November 2023
ނުވާނެތިކަމެއް. މިއީ، އޮޅުވާލައިގެން މީހުންއަތުން ހައްޖަށޭކިޔާފަ ލާރިފޭރޭ ގައުމެއް! ސައްތައިން ސައްތަކީއްކުރަން، ފަންސާސް ޕަސެންޓުގެ އީމާންކަންނެތް ތަނެއްމިއީ!!!