އައްޑޫ: ދެ ގްރޫޕެއްގެ ދެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަނީ ޒަހަމްކޮށްލާފައި.
02 ޑިސެމްބަރ 2023 - 15:02
އައްޑޫ، ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ހިންގި މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ޒަހަމްވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުނެ އެވެ. މާލޭގައި ވެސް މި ދުވަސްކޮޅު އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. އެކަމަކު ތިން ޒުވާނަކު ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
03 December 2023
ޒުވާނުން ނުހިފަހައްޓާ. ދޫކޮށްފައި ބައިތިއްބަންވާނީ. ބޯދިގު ކޮށްގެން އެއުޅޭ ގްރޫޕް ފަތިސްވަގުތުގައި މާ އެކްޓިވް. ކޮން އިރަކުތޯ މާލެއަށް އަރާ މަގުގައި ސިފައިންގެ ޗެކް ޕޯސްޓެއް ޖަހާނީ؟ އަދި މަގުން ދުއްވާ ކޮންމެ އެއްޗެއް ޗެކްކުރެވިގެން ނޫނީ މާލެ އަދި ހުލެ އަށް އެއްލޭނުން އަނެއް ލޭނަށް ނުދެވޭ ގޮތް ހަދާނީ. މިހާރު ފުލުހުންނަށް ވުރެ ބާރަށް މޮޅަށް އެމީހުން ސައިކަލުގައި ނުވަތަ ކާރުގައި ދުއްވާތީ ފިލައިގެން ދެވޭ ފަސޭހައިން.
ޅިންޞޯ
03 December 2023
ހަގީގަތް ހާމަ ވަމުން ދަނީ ރައްޔިތުންނަށް،ކޮންބައެއްކަން މި ރާއްޖޭގައި އަމަން އަމާންކަން ނަގާލަމުން ދާދިއުން،މުޅި މާލޭގަވެސް ތި މާމޮޅު ކަމަކަށް ގޭންގް ހަދައި ގެން މާރާ މާރީ ހިންގަނީ ގިނައިން އައްޑޫ،ހުވަދޫ،ލާމު ހިސާބަށް ނިސްބަތްވާ މީހުން،މިމީހުންގެ ވެސް މައިންބަފައިން ތިބޭނެ ކަމަށް ގަބޫލު ކުރަނީ،މައިން ބަފައިން ލަދު ނުގަންނަނީބާ ތިމާގެ ދަރި އެގޮތަށް އުޅެން ދޫކޮށްފަ،ސުވާލު ނާންނާނެ ކަމަށް ހީކުރެވުމަކީ ކުށްހީއެއް،ވ ސަލާން ބޭރުކުރޭ މާލެއިން މިބައިގަނޑ
ޖިގްސޯ
03 December 2023
އޭމިހިރަ ރޭސިސްޓާ! ހަމަޖެހޭ ވާހަކައެއް ދައްކަން ނޭނގޭނަމަ ތިހިރަ ރަނުން ޖަރީކޮށްފައިވާ އަނގަފުޅު ލައްޕައިގެން ކުލީފައިސާއިން ގަނެފައިހުރި ލަގްޒަރީ އެޕާޓްމަންޓުގައި މޭބިސްކަދުރު ކާލަކާލައި އޮންނަންވީނު. މާލެއަކީ ވާރުތަ މުދަލެއްތަ.
މިސްރާބު
03 December 2023
މިއޮތީ އެމީހުންގެ ވެރިކަންފެށިފައި. ޖަމުއިއްޔާ، ޖަމާއަތްތައް ދަންނަ ނަންނަމުގައި އެންމެންގެ ލޯކިރިމަތީގައި އެދަނީ ރަޖިސްޓްރީކުރަމުން. އޭގެފަހުގައި ހިންގަމުންދާނީ ގާނޫނީބާރު ލިބިގެން އަދި މުއައްސަސާތަކުގެ އެއްބާރާއިއެކު. އޭރުވެސް އަހަރެމެން ބުނިގޮތަށް އަމާޒުހިފާފައި މިހިރީ ކޮލަންބިއާއާއި ދިމާލަށް. މާތްﷲ މިގައުމާއި ރައްޔިތުން ރައްކާތެރިކުރައްވާށި. އާމީން.
ބޯކޮށާދޮންބެގެޔަހުޔާ
02 December 2023
ގާތްގަޑަކަށް ފަސްލައްކަ ކިރިއައި ހަމަވާ އާބާދީއެއް، ކުޑަކުދިންނާއި މުސްކުޅިންނާއި ޒިއްމާދާރުންވެސް ކަޑާކޮށާ ތިރިކޮށް ޒުވާންގުރޫޕަށް ހިމެނޭ ލައްކަ ދޮޅުލައިކައިންވެސް ޕާޓޭލައިނަށް ފޯލްވާ ގިނަވެގެން ތީރީހަކަށް ހާސް މީހުން ނުބެލެހެއްޓިގެން މިއުޅެނީ ބަޔަކު ހައިރާނެއް ނުވާނެތަ. ބައިތުލްމާލުން ބޮޑުބައެއް ހަރަދުކޮށް ސިފައިންގެއަކާއި ފުލުސްގެއަކާއި މަޖިލިހަކާއި ކޯޓުތަކާއި ކީއްކުރަން މުސާރަދިފަ ބައިތިއްބާ ބައެއްބާ.
އޮނަރަބްލް އަފީފު ދީދީ
02 December 2023
އައްޑޫގައި ISIS އަށް ވާގިވެރިވާ ބައިވެރިން އެބަތިބިކަމަށާއި ޓެރަރިސްޓްހަމަލާއެއް ދީފާނެކަމުގެ ޝައްކުއުފެދި އިބްރާހިމްގެ ސަރުކާރުން ޑިފެންސް ފޯސް ފޮނުވައިގެން އައްޑޫ އެފުށްމިފުށަށް ޖެހިތާ އަދި 6 މަސް ދުވަސްނުވޭ. # މިފަދަ ސީރިއަސް މައްސަލަ އޮތް އިރު އައްޑޫ ފަޅުރަށެއްގައިތޯ ޑިފެންސްގެ ސަދާރން ކޮމާންޑް ސެންޓަރ ޤާއިމްކޮށްފައި ބަހައްޓާންވީ!؟އަމުދުން ބައިނަލްއަޤުވާމީ އެއަރޕޯޓެއްގައި އާމަރީއާއި ރޭންޖްބަހައްޓައި މިލިޓަރީ ތަމްރީނުހެދުަކީި މުޅިންމަނާކަމެއް.
ލޮއްލަ
02 December 2023
ބައްލަވާ ތިޔަ ވިދާޅުވާ ފޯހެއް ހަރަކާތް ކުރަންފަށަނީ ހަރުކަށި ފިކުރުގެ މީހުން ހެލިފެލިވާން ފެށީމައޭ.. މިއުޅެނީ ކަންމަތީ އުޅޭ ބަލިކުދިންކޮޅެއް ކުޑަކޮށް ހިފިނުހުރިގެނޭ.. ތިޔަ ފޯސް އޮންނާނީ ނިދާފައޭ
އައްޑޫކޮއްޔާ
02 December 2023
މިނިސްޓަރ އޮފް ހޯމްލޭންޑް ސިކިއުރިޓީ ވީކް އެންޑްގައި އައްޑޫގައި ހޭދަކޮށްލީ ޗުއްޓީއެއް ކަމަށް ހީކުރަން. އެހެންނޫނީ މިހިނގާ 10 ވަރަކަށް ދުވަސް މިދަނީ ވައްކަމާ ފޭރުމާ މާރާމާރީ އިތުރުވެ ރަށުތެރޭ ކީއްކުރަންތޯ ގޭގަވެސް ތިބެން ބިރުން. މޫނު ނިވާކޮށްގެން ގެއަށްވަދެ މާމަ ޓީވީބަލަން އިންދާ ކަރުގަ ވަޅިޖައްސާފަ ތުއްތަގެ ލެޕްޓޮޕް ހިފައިގެން އެ ނައްޓާލަނީ ވިއްޔާ. ސީސީޓީވީގެ އެއްވެސް ބޭނުމެއް ނެތް. ކާކުކަން ނޭނގެޔޯ ފުލުސްކުދިން ބުނަނީ. މި އެންމެން ގެންދެބަލަ.
އޮނަރަބްލް އަފީފު ދީދީ
02 December 2023
އިރުގެ އަލި ގެއްލުމާއިއެކުގައި މުޅި އައްޑޫސިޓީ ބިރުވެރި ތަނަކަށް ބަދަލުވެ (މާލެއަށް ރަންނަމާރި އެރި ޒަމާން ފަދަ ހާލަތަަކަށް ރަށުތެރޭގެ ކަންކަން ވެއްޓި) ރައްޔިތުން ބިރުވެރި ކަމުގައި އިރުއަރާންދެން ގޭގެ ވަށައިގެން ޖަހާފައިވާ ދަގަނޑު ތޭރިތަކުގެ ފުރަގަހުގައި ތިބެން ޖެހެނީ ޢައްޑޫގައި ޤާއިމްވެތިބޭ ޤައުމީ ސަލާމަތީ ހިދުމަތުގެ ސިފައިންނާއި ދިވެހި ފުލުހުންނަށް އެފަރާތްތަކުގެމައްޗަށް ހުރި ޤާނޫނުތައް ތަންފީޒުކޮށް ރަށް ނުބެލެހެއްޓޭތީވެ. މިއީ ވަރަށްދެރަކަމެއް.
އަފްރާސިޔާބު
03 December 2023
އައްޑޫ މީހުންނަށް ފޯޅަވަހި ހޯދާފައި އެތަނަށް ބަދަލު ކުރަންވީ. ކަނޑު ގެއްލިގެން އުޅޭކަށް އެއިރުން ނުޖެހޭނެ.
ޓެންޕޯ
02 December 2023
މިކަމާއި ގުޅޭގޮތުން އޮނަރަބްލް ގެ ބަހަކަށް މި މަޑުކޮށްލަނީ!
އޮނަރަބަލްގެ ތަރުޖަމާނު
02 December 2023
އައްޑޫމީހުން މާރާމާރީއެއް ނުހިންގާނެ. އައްޑޫގޭންގުތައް މާލޭގޭންގުތަކަށްވުރެ ތަހުޒީބުވާނެ.
އޮނަރަބްލް އަފީފު ދީދީ
02 December 2023
ކ.އަތޮޅު މާލެ ނަގާފައި ރާއްޖޭގެ އެންމެއާބާދީބޮޑު އަދި ބިމުގެގޮތުންވެސް އެންމެބޮޑު އައްޑޫސިޓީގައި ތިބޭފުލުހުންނަކީ "ހޮލިޑޭ މޯޑްގައި" ޗުއްޓީހަދާލަން އަންނަބައެއް. # މީހުންވަޒަންވެރިވެ ނޫޅޭ ރަށެއްގައި (ގޭން އިންޓަރނޭޝަނަލް އެއަރޕޯޓްގައި) ފުލުސް މަރުކަޒުހަދައި ޑިޓެންޝަލް ސެންޓަރެއްބަހައްޓައިގެން ބޮޑުސަރަޙައްދެއްގައި ފެންސްޖަހައި ބަންދުކޮށްގެން މަޖާކުރަންނުތިބެ ރަށުތެރޭގައި ފޯރިމަރަން ފޭދޫގައި އެތަން ހަދާފައި ހުންނަ ނަމަ ގައިމު ތަންކޮޅެއް ރަނގަޅުވާނެ.
މަކަރު ދީދީ.
02 December 2023
ރާއްޖޭގެ އެންމެ ބިންބޮޑު ތަނަކީ ލ.އަތޮޅު ގުޅިފައިވާ ރަށްތައް. އައްޑުއެއްނޫން. ދޮގު ހެދުމުގައިވެސް ހައްދެއް އޮންނަން ވާނެ.
ނިހާދު .
02 December 2023
ތިއީ ކަލޭމެން ބޭނުންވިގޮތް. އައްޑޫގެ ފުލުހުންގެ މަރުކަޒު ހިތަދޫގައި އަޅާފައި ބާކީހުރި ހުރިހާ އަވަށްތަކެއްގައި ނެއިބަރހޫޑް ޕޮލިސް ބައިތިއްބާގޮތަށް ރައީސް ސޯލިޙް ޕްލޭންކޮށް އަދި ޑިފެންސް ފޯހުގެ ދެކުނު ސަރަހައްދު ކޮމާންޑް ސެންޓަރު ހުޅުދޫގައި ހެދުމަށްޓަކާ ހުޅުދޫ އަދި މީދޫގައި ވަކިން 2 ބަނދަރު ހެދީވެސް. އެކަމަކު މިހާރުގެ ސަރުކާރުން އެކަމެއް ނުކުރާނެ.
ނާޑުވާ
02 December 2023
ސަރުކާރުތަކުން ބޭނުންވެގެން ކުރުވާ ކަންކަން. މީހަކު މަރުނުވެއްޖެއްޔާ ހައްޔަރުގަ 24 ގަޑިއިރުވެސް ހަމަ ނުވާނެ.