އައްޑޫގައި މީގެކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއް: ގޭންގް މަރާމާރީއާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި
03 ޑިސެމްބަރ 2023 - 08:53
އައްޑޫ، ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
އެ މާރާމާރީގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެ އެވެ. ފުލުހުން ބުނި ގޮތުގައި ޒަހަމްވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ކަމަށެވެ.
މާލޭގައި ވެސް މި ދުވަސްކޮޅު އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. އެކަމަކު ތިން ޒުވާނަކު ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.
މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑުބަރޭ
03 December 2023
ހަތަރެއްވެސް މަދު އަދި ހައްޔަރުކުރޭ، ތިއަތޮޅު ތަޔައްޔަރުވެ ހަލާކުވެ ނިމިއްޖެ ތިބައިގަނޑަކާހެދި. އެއްޒަމާނެއްގައި އައްޑުއަކީ މާލެއަށްފަހު ހުރހިާގޯތަކުންވެސް އެންމެ ތަރައްގީ އަތޮޅަށްވިޔަސް މިހާރުތީ ގޭންގުތަކާ ޕާޓޭންގެ ހާއްޔެއް. ރަށުގެ އިންފުރަސްޓްރަަކްޗާވެސް ހަލާވެ. ތަރައްގީގެ ހުރިހާ ކަމަކަަށް ބަލާއިރު ކުޅުދުއްފުށި، ތިނަދޫ އުޅެނީ އައްޑޫ ހިތަދޫއަށްވުރެ މާކުރީގަ. ބާކީހުރިރަށްރށުގެ ހާލު މާބޮޑު. ހުޅުދޫގެ ވާހަކަ ދައްކާނެވެސް ކަމެއްނެތް. އެއީ ފަޅުރަށެއް
ނަގިއްޔާ
03 December 2023
ދާދި އިހަށްދުވަހާ ޖެހެންދެން ދިވެހިންނަކީ ވަރަށް އަމާން އޮމާން ދިރިއުޅުމެއް އުޅެމުންއައިބައެއް. ގޭގަ ލައިގެން ކާނެ އެއްޗެއް ނެތިއްޔާ ޖެހިގެން ހުރިގެން ލިބޭނެ. އެންމެން އުޅެނީ ގުޅިގެން. ބޭރުން އަންނަ މެހުމާނުންނަށް އެވަރަށް އިހުތިރާމު ކުރާނެ. ދުއްވާ ބައިސިކަލް ތަޅުލާކަށް ނުޖެހޭ. މިހާރު މިތިބެންޖެހެނީ ޑޯލޮކްސިސްޓަމް ހަރުކޮށްގެން މީހަކު ބެލްއެޅިޔަސް ބިރުން ޕާޓޭއެއްކަމަށް ހީކޮށް. އެކިކަހަލަ އިންޓަނެޓްސްކޭމް، ގޭންގުތައް. ވަގުން، ކޮބާ އެގައުމު؟
ރަދީފްއޮފިޝަލް
03 December 2023
ވަރަށް ބޮޑު ތެދެއް. އަހަރުމެންގެ ދަރިންގެ އަޙްލާގް މިވަނީ ހަލާކުވެފަ.އަހަރުމެން ކުޑައިރު އަވަށްޓެރިންގެ ގޮތުގަ ތިބި (އަހަންމަދަ ބެއްޔާ ، އައްލާ ބެއްޔާ ، އަހަންމާ ބެއްޔާ ، މުހަދަ ކަލޯ ، ދަލިކާ ބެއްޔާގެ އަހަންމަދަ ބެއްޔާ) މީހުން މިސްކިތުން ނުވަތަ މަގުމަތިން ފެނުނީމަ ވެސް ގައިގަ ފިރުމާފަ ދިނީ ހެޔޮ ނަސޭހަތް.މިއަދު އެފަދަ އަހަންމަދަ ބެއްޔާ ނުވަތަ އައްލާ ބެއްޔާމެންގެ ނަސޭހަތް ވެސް މީހުން ގަބޫލުނުކުރޭ.މިއީ އަސްލު މައްސަލަ.ވ.ވެދުން
ރަދީފްއޮފިޝަލް
03 December 2023
(2 ވަނަ ބައި) ކަލޯ އޭ ކިޔާފަ އެމީހުން އަހަރުމެންނަށް ނަސޭހަތްދިނީ.މިއަދު އެފަދަ ބޭބޭއިންނަށް ކުއްޖަކާ 4 ކަޅި ހަމަކުރަން ވެސް ނުކެރޭ.އަނެއްކާ ޖެހިގެން ހުންނަ ގޭގަ އުޅޭ 75 އަހަރުގެ މީހާ އެއީ ކާކުކަން ވެސް އަވަށްޓެރި ގޭގަ ތިބޭ ޅަ ފުރައިގެ ކުދިންނަށް ނޭނގޭ.ޒަމާނަށް އައި ބަދަލެއްގެ ސަބަބުން ދިވެހިންގެ އުޅުމާއި ވޭނޑުމާއި ވައްތަރާއި އަޙްލާގަށް ވިމަނީ ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައި.މިއީ ވިސްނާލަންޖެހޭ ގައުމީ މައްސަލައެއް.ވ.ވެދުން
ނޯ ސްމޯކިން ގަން
03 December 2023
އަބަދުވެސް އިވޭއަޑެއް. ގޭންގުތައް ބޭނުންގޮތަކަށް އުޅެވެނީ އެމީހުންނަށް ވާގިވެރިވާ ބަޔަކު މަތީހަރުފަތުގައި ތިބިމައޭ. އެބައެއްގެ ބޭނުމެއް ފުއްދަންވެސް އެމީހުން ބޭނުންކުރެއޭ. އެގޭހާވެސް އެއްޗަކީ ނޯ ސުމޯކް ވިތައުޓް ފަޔާ.
ބަރުބާދު
03 December 2023
ގޭންގުތައް މަޅީގަ ޖެހޭއިރު އިމިއުނިޓީލިބި ސަވައިވްވަނީ މަތީފަޑީގެ ބައެއްގެ ހެލްޕިބް ހޭންޑެއް ލިބިގެންކަމުގައިވާނަމަ ވަރަށް ދެރަ. ކޮންޓްރޯލުން ނައްޓާލައިފިއްޔާ ވާނެ ގޮތަކާމެދު ހިތައްއަރުވަންވެސް އުނދަގޫ. މިސަރުކާރުުން މިކަން ހަމައަކަށް އަޅުވަން އެބަޖެހޭ
ރަދީފު ބިން ރަފައިދާ
03 December 2023
ކުރީގެ ޕޮލިސް ކޮމިޝަނަރުގެ ކަމަކީ ގޭންގުތަކުގެ އަރުޝީފު ބެލެހެއްޓުން. މިހާރުގެ ކޮމިޝަނަރުގެ މައްސޫލިއްޔަތަކަށް ވާނީ ކޮންކަމެއްބާ؟
ރަދީފްއޮފިޝަލް
03 December 2023
ސްކޫލް ނިންމާފަ ރަށުތެރޭގަ އާވާރާވެގެން އެނބުރެން ޒުވާނުންނަށް ފުރުސަތު ނުލިބޭނެގޮތަށް ކަންކަން ބައްޓަންކުރަން އެއްވެސް ސަރުކާރަކުން މަސައްކަތްކުރާތަނެއް ނުފެނޭ.މީގެ ސަބަބުން ހެއިޓީ ނުވަތަ އެލްސެލްވަޑޯ ފަދަ ގައުމުތަކުގަ ހުރި ކަލަ ނުރައްކާތެރި ގޭންގްތައްވަނީ އުފެދިފަ.މާލޭގެ ގްރޫޕްތަކުން އަންގާލީމަ ކޮމްބެޓަށް ނިކުންނަ ގްރޫޕްތައް އައްޑޫގަ އެބަ ހަރަކާތްތެރިވޭ.ފުލުހުން އެބަޖެހޭ މިކަމަށް ހައްލެއް ހޯދަން.ވ.ވެދުން
މިއައު
03 December 2023
ގޭންގުތައް ހިންގުން ނުވޭތަ ޓެރަރިޒަމްއަކަށް؟