އައްޑޫ: ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އަނެއްކާވެސް މީހަކު ވަނީ ޒަހަމްކޮށްލާފައި.
03 ޑިސެމްބަރ 2023 - 17:34
އައްޑޫ ހިތަދޫ ގެއަކަށް ވަދެ މީހެއްގެ ގަޔަށް މިއަދު ވަޅި ހަރައިފި އެވެ.
ފުލުހުން ބުނީ ދެ ގުރޫޕެއްގެ ދެމެދުގައި މަރާމާރީ ހިނގާފައިވާ ކަމުގެ ރިޕޯޓެއް މިއަދު މެންދުރު ފަހު 3:30 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޒަހަމްވި މީހާއަށް ހަމަލާދިނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމަށާއި އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައިރު ހެޔެއް ނެތް ކަމަށެވެ.
އޭނާއަށް ފަރުވާދެމުން އަންނަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގަ އެވެ.
މިއީ އައްޑޫ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ދިން ރައްދު ހަމަލާއެއް ކަމަށް ބެލެވެ އެވެ.
އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ މީހަކު ޒަހަމްކޮށްލި ކަމުގެ ތުހުމަތަަށް ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޒަހަމްވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް އެވެ.
މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު
04 December 2023
ތިގޭންގުތަށް ހުއްޓުވާނެކަމެއް ނެތް. ޢެކަކު އަނެކަކު ކޮށާ ކުދިކުރަން ބައިތިއްބާ. ޢޭރަށް ތިމީހުން މިތަނުން ހުސްވެދާނެ. ޢޭގެން ފައިދާކުރާނީ އޭރުން ރައްޔިތުންނަށް.
އނއސ
04 December 2023
ފުލުހުން އިންޓެލް މީހުން ތިބެނީ ތާ އަބަދު މެރަތަން ދުވުމުގައި. އެހެން ކަމެއް ކުރެވޭނީ ދުވުން ހުއްޓާލާގެން ދޯ.
ކަލޯކަލޯ
04 December 2023
ފުލުހުންނާ، ފުލުހުންގެ އިންޓެލް ތިބެނީ އެއްޗެއް ބ ވާނުވާ ނޭނގެން!
އިބޫު
03 December 2023
މިފެންނަނީ ވެރިކަން ނިމެން ދެތިންދުވަހަށްވީމަ ދޫކުރި ކުށްވެރިންގެ ސަބަބުން މާރާމާރި އިތުރުވާތަން
އެހެން
04 December 2023
ވެރިކަމަށް އައީ ގޯސްކޮށް ހުރި ހުރިހާ ކަމެއް ރަނގަޅު ކުރާކަށް ނޫންތަ؟ ނެރުނު މީހުން އަނބުރާ ވައްދަންވީނު ހަމަ! މި ސަރުކާރުން ކަންކުރާ ގޮތް ބަލަން ތިބެމާ!
ދެރަ.....
03 December 2023
ގޭންގުތަކަށް އޮއްސިފައި ހުރި އިރު މިއަދު މިވަނީ އަރާފައެވެ. ދިވެހި ދިދަޔަށް އިޝާރާތްކޮށް މުޢިއްޒު އެ ވިދާޅުވީ އަނެއްކާ މިވާހަކަ ބާވައެވެ؟
ހަނދޭ
04 December 2023
ތިހެން ކިޔާ ދެން.
ބާލިދީ
03 December 2023
ފޯޅަވަހި އައްޑޫގެ އިހުތިސޯސްތެރޭ ހިމެނިގެންދާއިރު ވިޔާނުދާމީހުން އެކޮޅަށް ބަދަލުކޮށްލާކަހަލަ ވިސްނުމެއްކަންނެ ހުރީ.
ދިވެހީން
03 December 2023
މީހުންމަރާ މީހުންނަށް މަރުގެ އަދަބު ދީގެންނާ، ކުށްވެރިންނަށް މާފް ދިނުމުގެ ސިޔާސަތު ދޫކޮށްލައިގެން ނޫނީ މި ގައުމެއް އިސްލާހެއް ނުވާނެ، ވެރިކަމަށް އަންނަ ކޮންމެ މީހަކަށް ހީވާކަހަލަ މި ގައުމަކީ ކުށްވެރިންގެ ގައުމެކޭ، އަހަރަކު އެއްފަހަރު ކުށްވެރިންނަށް މާފް އެބަދޭ، ބަލަ ކުށެއް ކޮށްފިއްޔާ އެމީހަކަށް ހައްޤު އަދަބު ލިބެން ޖެހޭނެ، ކޮންމެ މާފެއް ދޭކައްތަ، އެމީހުންނަށް މާފް ދިނުމަށްވުރެ އަނިޔާ ލިބޭ މީހާއަށް އެހީވިއްޔާ މާ ރަނގަޅު ވާނެ، ފުލުހުން ގޯސް ނުކުރޭ
ޓެރޭސްސް
03 December 2023
ވަޅި ޖެހުމުގެ ތުހުމަތުގައި ބަންދުކުރާ މީހާގެ ބަންދަށް މިޖަހަނީ 5 ދުވަސް... މިއީ ގައުމުގެ ހާލަތު އޮތްގޮތް
ސިނާ
03 December 2023
ކޮބާ މުއިއްޒު ހޮވަން އައްޑޫން މަރުދިން މީހުންނާއި ގްރޫޕްތަށް؟ އަދި ކަންތަށް އަންނާން އޮތީއެވެ. ދިދައޭ ޤައުމޭ ކިޔައި ރައްޔިތުންނަށް ކޮޅުކެހެދީފައި ފިލުން ލަސްތޯއެވެ؟
ސަމްސާ
03 December 2023
މުއިއްޒު ވެރިަކމަށް ގެންނާން ގުރޫޕްތަށް ނިކުމެ މިންނެތް މަސައްކަތް ކުރީ މަރާމާރީއާއި ވައްކަމާއި ފޭރުމަށް ލައިސަންސް ހޯދަންތާއެވެ. މުއިއްޒު ތުރުކީން ޑްބާއީން އުދުހި މަޖާކުރަނީއެވެ. ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް ނިކުމެ ގަތުލުކުރަނީއެވެ. ދިދަޔޭ އިރުނުއޮއްސޭނޭ ކިޔާއިރު މެންދުރު ގަދަ އަވީގައިވެސް މިހާރު ހީވަނީ މިޤައުމު ކަނު އަނދިރީގައިވާހެންނެވެ. އަދި ވެރިކަމަށް މަސް ނުވެއެވެ. މިދާވަރުންދާނަމަ 5 އަހަރު އުޅެން ޖެހޭނީ ފުރާނަ އަތަށްލައިގެންނެވެ.
ފިޔޮހި
04 December 2023
ތިއޮތީ ހަމަ ސައިސަމުލެއްގެ މިނުން ކަންކަން ވިސްނި އުނދުޅިއެއްގެ މިނުން ފިތުނަ އުފައްދާފަ.