އެފްއޭއެމްގެ ރައީސް ބައްސާމް: އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓާފަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
05 ޑިސެމްބަރ 2023 - 11:16
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް މޯލްޑިވްސް އިމިގްރޭޝަނުން ހަ މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓީ ފުލުހުން އެދިގެންނެވެ.
ބައްސާމްގެ ޕާސްޕޯޓް ހިފެހެއްޓި އިރު، އެފްއޭއެމް އަށް ބައިނަލްއަގުވާމީ އިދާރާތަކުން ފޮނުވާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. އޮކްޓޯބަރު 22 ގައި ފުލުހުން އެފްއޭއެމްގެ އިދާރާ ރެއިޑްކޮށް ތަހުގީގެއް ފެށީ ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެންނެވެ.
އޮކްޓޯބަރު 22 ގައި އެފްއޭމް ހައުސް އަށް ފުލުހުން ވަދެ ފާސްކުރާއިރު ބޭރުގައި ދެ ފުލުހަކު މަޑުކޮށްލައިގެން. --- ފޮޓޯ: ނިޝާން އަލީ | މިހާރު
މިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަމީމް ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި "ޕްރައިމް ސަސްޕެކްޓަކީ" ބައްސާމް ކަމަށާއި ދައުވާކުރަން ކޯޓަށް ފޮނުވާނެ ކަމަށެވެ. ދައުވާ ކުރަން ފޮނުވުމުގެ ކުރިން، މިހާރު ކުރިއަށްދަނީ އިތުރަށް ބަލާލަން ޖެހޭ ކަންތައްތައްކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް. ޕްރައިމް ސަސްޕެކްޓަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން އޮތީ އެފްްއޭއެމްގެ ރައީސް ބައްސާމް،" ޕްރެސްގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވި އެވެ.
އޭނާ އަށާއި އެފްއޭއެމްގެ އެހެން ވެރިންނަށް ކުރެވޭ ތުހުމަތުތައް ވެސް ބައްސާމް ދޮގު ކުރައްވަ އެވެ. "މިހާރު" ގެ މެދު ސޮފުހާ އަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ އޭނާ ވެސް އަދި އެފްއޭއެމްގެ އެކްސްކޯ މެންބަރަކު ވެސް އަދި މުވައްޒަފަކު ވެސް ފައިސާ އަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.
ޕްރޮސިކިއުޓާޖެނަރަލް ހުސައިން ޝަމީމް މިދިޔަ ބުރާސްފަތި ދުވަހު މީޑިއާ އާ ބައްދަލުކުރަނީ: އޭނާ ވިދާޅުވީ އެފްއޭއެމްގެ މައްސަލާގައި ޕްރައިމް ސަސްޕެކްޓަކީ ބައްސާމް ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާ ނަމަހަމަ ގޮތްގޮތަށް ބޭނުންކޮށްފައި ހުންނަތަން ތަހުގީގަށް ފެނިފައިވާ ކަމަށެވެ. އެފްއޭއެމްގެ ބައެއް ވެރިން ބޭރަށް ކުރާ ދަތުރުތަކުގައި ފައިސާ ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދަތުރުތަކުގައި ގޮސް ފައިސާ ހަރަދުކޮށްފައި ހުންނަނީ ކޭޝް ކާޑުން ކަމަށްވާތީ އެ މައުލޫމާތުތައް ފެންނަން ހުންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ކޮންތާކުން ކޮންތާކަށްކަން ދިޔައީ ވެސް. ކޮން ހޮޓަލަކުން ކޮން ހޮޓަލަކަށްކަން ދިޔައީ، ކޮން މޯލަކަށް ކަން ދިޔައީ. ވަނީ ކޮން ފިހާރައަކަށްކަން ގަތީ ކޯއްޗެއްކަން. މިހުރިހާ މައުލޫމާތެއް ނިޒާމެއްގައި ރައްކާކުރެވިފައި އެބަ ހުރޭ،" އެފްއޭއެމްގެ ވެރިން ބޭރު ދަތުރުތަކުގައި ގޮސް ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަކަން ފާހަގަކޮށް ޝަމީމު ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރެނެ އުސޫލުތަކެއް ރާއްޖޭގައި ހުންނަ ކަމަށެވެ. ފީފާއިން އެފްއޭއެމަށް އެ ފައިސާ ފޮނުވިޔަސް، އެއީ ދިވެހި ރައްޔިތުންނަށް ފޮނުވާ ފައިސާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދަ
06 December 2023
މީނަމީ މަކަރާއި ހީލަތުން އަބަދުވެސް އުޅޭ މީހެއް.ބޮޑު މަގާމެއް އަތުޖައްސައިގެން ފީފާ ނިވާފަތްގަޑަކަށް ހަދާގެން މިގައުމުގަ ކުރި ކުރިހާ ވައްކަމެއްގެ ބައިވެރިވާ މީހެއް.އެމްޕީއާރުސީގެ ހިޔާނާތުގަވެސް ބޮޑެއް.ގައުމަށް ޢައްދާރުވި މީހުންގެ ލިސްޓްގަ ހިމެނޭ.
މިނީމިނީ
06 December 2023
ވާގޮތް އެނގިދާނެ. ބަލަންތިބެންވީ. އަލަގަހަކުން ކެޔޮނިރެއްނުފަޅާނެއޭބުނަނީ ޔޯލައަކަށްނޫން.
ނާނު
05 December 2023
ކޮންމެ މީހަކުވެސް އެމީޖަކަށް އަތުޖެހުނު ތަނަކުނ ކާލައިގެން ބަޗަންދޯ މި ގައުގެ ފެޝަނަކީ. ވަރިހަ ކޮންމެ ގޮތަކަށް ލާރިހޯދުނަދް ދުނިޔޭގެ މޮޅުކަމާ ބޮޑާކަން ކިބުރުވެރިކސމާ ދެއްކުން ތެރިކަން ބޭނުންވަނީ. އަނެއްކާ މޮޅުކަމަކީ އެކަކުވެސް އރއްބަހެއްނުވެޔޭ.
މަ ބުނީ
05 December 2023
އެސޮރު އެކުޅެނީ އެ ސޮރުގެ ބޮޑުބޭބެ ދެ ބޭބެ ވެސް ކުޅުނު ގޮތަށް ، ޔަޤީން ވާކަމަކީ މި ޤަޢުމުގައި ޤާނޫނުގެ ދިގުއަތް ފޯރާނީ ނިކަމެތީންގެ ދަރީންނަށް ކަމެވެ.
ސަފޯޓަެ
05 December 2023
އެފޯލޯއަށް ގުދަށް ފަތި ކުށްޔަށް ދީގެން ލިބުނި ރުފިޔާތައް ވަތް އެކައުންޓެއް އެގޭބާ?
އާރީ
05 December 2023
ބަންސާމް ވެސް ހިފާ ހަށްޔަރު ކުރަށް ޖެހޭ. ދިވެހި ގައުމަށް ހިޔާނާތްތެރި ވާ މީހުންނަށް ހައްގު އަދަބު ދޭށްޖެހޭ.
ކައުންސެލަރު.
05 December 2023
ޕާސްޕޯރޓް އެކަންޏެއްނޫން ހިފަހައްޓަންވީކީ. ހައްޔަރުވެސް ކުރަންވީ. ޖަލަށްވެސްލާންވީ.
ކޭކު ޢަލީ
05 December 2023
ތިހުރިހާ ފައިސާއެއް ހުރީ އޮޑިޓްކޮށް ފީފާއިން މައްސަލައެއް ނެތްކަމަށް ނިންމާފައި. މިހާރު މި އުޅެނީ ޒާތީ މައްސަލައެއްކަަމަށްވަނީ
ފެށޭ ހިސާބު
05 December 2023
ސްޕޯޓްސް މިނިސްޓަރުން އެސޯސިއޭޝަން ތަކަށް ވިކުނީމަ އެސޯސިއޭޝަންތަކުން ބޭނުންގޮތެއް ހަދަނިީ.
އަންދަލޫސިޔާ
05 December 2023
އަނެއްކާ އޮފިޝަލް ޕާސްޕޯޓް ވެސް ހިފެހެއްޓިތޯ؟