މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ-- ފޮޓޯޯ: ނިޝާން އަލީ/ މިހާރު
05 ޑިސެމްބަރ 2023 - 14:20
ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ފާސްވެއްޖެ ނަމަ، އެ ކަމަށް ރައްޔިތުން ރުހުން އޮތްތޯ ބެލުމަށް އިތުރު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ބިލު ބޭރުކޮށްލައިފި އެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މަޖިލީހުގައި ނެގި ވޯޓުގައި 44 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. ބަލައިގަންނަން ފެންނަން ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހުރި ބައެއް ހުރަސްތައް ނައްތާލުމަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާ އިސްލާހުކުރަން ހުށަހެޅި ބިލުގައިވާ ގޮތުން ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ އަޣްލަބިއްޔަތު ވޯޓުން ލިބޭ ކަމަށްވާ ނަމަ އެވެ.
ނަމަވެސް، އެފަދަ ބަދަލަކީ މަޖިލީހުގެ ތެރެއިން ލިބިދޭ ބާރަކުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ފަހު ގެންނަ ބަދަލަކަށްވާ ނަމަ، ރައީސް އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން އިތުރު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް އިމްތިޔާޒް ވަނީ ހުށަހަޅުއްވައިފަ އެވެ.
މި ބިލު ބޭރުކޮށްލިއިރު ނިޒާމީ ވޯޓު ނަގަން ޑިމޮކްރެޓްސް އިން އިސްނަގައިގެން ކުރި މަސައްކަތްތައް ވަނީ މެދުކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސާމްމު
06 December 2023
ވ. ރަންގަޅު ބޭުރުކޮށްލިކަން. އޮއްސިއްޖެ. ގޮތް ދޫ ނުކުރުމުގެ ނަތީޖާ.
މިވަރެއްނެތް
06 December 2023
ހުށަހަޅަން ތިއަށްވުރެން ރަނގަޅުވާނީ ކެނެރީގެ މުހައްމަދު ނަޝީދު ދުނިޔޭގަ ހުރިހާ ހިނދަކު އޭނާނޫން މީހަކު ރާއްޖޭގެ ވެރިކަން ކުރުމާއި ސިޔާސީ ހަރަކާތުގެ އިސްވެރިއަކަށް އުޅުމަކީ ނުފުއްސަވާވަރުގެ ފާފައެއް ކަމާއި އުމުރު ޖަލު ހުކުމެއް އަންނަވަރުގެ ކުށެއްކަމަށް
ކަނބިލި
05 December 2023
ކެނެރީގޭ ނަޝީދު ކުޑަވަމުން ކުޑަވަމުން ގޮސް ދެން މަޖިލިހުން ވެސް ފެނުމާ ދުރު. ދެން އިތުރަށް ހުޚުނބު ނުދަނީސް ކޮންމެވެސް އެހެންކަމެއްގެ ތެރޭގައި އުޚުން ބުއްދިވެރި. ތިމާއާއި އެކަށީގެންނުވާ ކުރަން ނޭގޭ ކަންކަމުގައި އުޅުން ބުއްދިވެރިއެއް ނޫން
ހާއިބްރީ
05 December 2023
އިންތި ރަށު ތެރޭން އެހެން ކަމަކާ އުޅުއްވާ. ތިއުޅެނީ ދެތިން ގޮނޑި ހޯދައިގެން ތާއަބަދު ވެރިކަން ކުރެވޭނޭ ކުޅިބައެއް ރާވާލަން. ތިހުވަފެން ދޫކޮށްލައްވާ. މަޖިލިސް އިންތިހާބުގަ އިންތިމެންގެ ސިޔާސީ ހަޔާތް ނިންމާން ރައްޔިތުން ތިބީ ތައްޔާރަށް.
ނުކުތާ
05 December 2023
އިސްލާހަށްވުރެ މާބޮޑަށްވެސް އިމްތިޔާޒު މިހާރު އުޅުއްވާ ކަމަށް ފެންނަނީ ހަލާކަށް. ޔޫރަޕްގައި އިންތިމެން ހިނގާފާނެ. މާފަންނު އުތުރު މީހުން އިންތި ބަތަނާފުއް އޮތް ގޮތް ދަސްކުރީ ޕްރައިމަރީއަކުން ބަލިވި ފަހުން
އޮނަރަބްލް އަފީފު ދީދީ
05 December 2023
ވެރިކަން ބީވުމުން އައިރުޅީގައި ހުށަހެޅުންބޭރުކުރާން ވޯޓްދިންމީހުން ހަމައެކަނި މިއަދުދެއްކި ވާހަކައަށް (މުއިއްޒުގެކެބިނެޓަށް ރުހުން ނުދޭނެކަމަށްބުނުން) ބަލާލުމުންވެސް އިގެނީ މިމީހުންވެސް ޙަޤީގަތުގައިބޭނުންވަނީ Parliamentary މަށް ހިގާ ވެރިކަމެއްކަން. # މައުމޫނަށްފަހު ވަޑައިގަތް 4 ވެރިންނަކީވެސް މަޖިލިސްމެންބަރުން. އަދި މިހާރުގެކެބިނެޓްގެ އިތުރުން މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނަށް މަޖިލިސް މެންބަރުކަންކުރި އެތައްބަޔަކުތިބުން ހެއްކަކަށްފުދޭ.
ފެހުރިސް
05 December 2023
މުގާބޭއާއި އޭނަގަ ގެ ދޮމޮދޮރޮޓޮސޮއޮ އަށް ބޮޑު ބޮޅެއް.
އ
05 December 2023
ކަލޭމެންނަކީ އަގުލަބިއްޔަތައް ބޯލަބަން އެގޭބައެއްނޫން..... ފުރަތަމަ ހަޖަމުކުރަން ދަސްވެ ނިމިގެން އާދޭ... އިސްތަށީގެ ްކޮޅުން ވިސްނާ ބައެއް ކައިރިޔައް ތި ބިލް ހިފައިގެންދޭ..... މިރާއްޖޭގައި ވެރިކަމައް ފަހުބަސް ކިޔާނީ މި ދިވެހި ރައްޔަތުން....ކިހިނެއް ވެގެން ތިއުޅެނީ ކޮންމެ މީހަކައް ޕާޓީއެއް ހަދައިގެން.....
ހީހިި
05 December 2023
ބޭކާރުވި ބައި. ގުޑް. ގުޑް ފޮ މޯލްޑިވްސް.
ރަދީފްއޮފިޝަލް
05 December 2023
ނިޒާމީ ވޯޓެއް މިގައުމުގަ ނެގޭނެ އެއްވެސް ގޮތެއް ނެތް.އެކަން ނުކުރެވޭނެ. މަމެން ނުދޭނަން އެފުރުސަތެއް.