ޚަބަރު / ފުލުހުން

ޔޫނުސް، ޕޮލިސް އެކަޑަމީ އަށް ބަދަލުކޮށް، ކޮމިޝަނަރުގެ އޮފީހަށް ޝިފާން

07 ޑިސެމްބަރ 2023 - 10:10

10 comments

ޕޮލިސް ކޮމިޝަނަރު ބިއުރޯ ހިންގުމުގައި މިހާތަނަށް އެންމެ އިސްކޮށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޔޫނުސް ސޮބާހު އައްޑޫ ޕޮލިސް އެކަޑެމީ އަށް ބަދަލުކޮށްފި އެވެ.

ޔޫނުސް މިހާތަނަށް ހުންނެވީ ހެޑް އޮފް އޮފީސް އޮފް ކޮމިޝަނަރުގެ މަގާމުގަ އެވެ. އޭނާ ބަދަލުކުރީ އެގްޒެކެޓިވް ޑިރެކްޓަ އޮފް ޕޮލިސް އެކެޑަމީގެ މަގާމަށެވެ.

ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ވެސް ހުންނެވި ޔޫނުސް ޕޮލިސް އެކަޑެމީ އަށް އިއްޔެ އިން ފެށިގެން ބަދަލު ކޮށްފައިވާ ކަން އޭނާ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

ޔޫނުސް އަދާކުރައްވަމުން ގެންދެވި ހެޑް އޮފް އޮފީސް އޮފް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ ކުރިން އައްޑޫ ޕޮލިސް އެކަޑެމީ ހިންގަން ހަވާލުކޮށްފައިވާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާންއާ އެވެ.

ޔޫނުސްއަކީ މީގެ ކުރިން ވެސް އައްޑޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 2013 ވަނަ އަހަރު ފުލުހުންގެ ވަޒީފާ އިން އިސްތިއުފާ ދެއްވުމަށް ފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ އަލުން އެ ހިދުމަތާ ގުޅިވަޑައިގެންފަ އެވެ.

ޝިފާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމް ވެސް އަދާ ކުރެއްވި ބޭފުޅެކެވެ.

10 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޝާ

07 December 2023

ހާދަ ހެންސަމް ޕޮލިސް މޭންއެކޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 December 2023

ރަނގަޅު ފެންވަރުގެ ފުލުސް އޮފިސަރެއް އުފެއްދެނީ ވަރަށް މަސައްކަތުން. އެހެން ކަމުން ވެރިކަން ބަދަލުވާ ކޮންމެފަހަރަކު ކޮމިޝަނަރ ވަކިކުރާ ކުރުމާއި އިސް އޮފިސަރުން އެހެލުންފަދަ ކަންކަން ހައްލު ކުރުމަށްޓަކާ ފުލުހުންގެ ޤާނޫނަށް ގެންނާސްޖެހޭ އިސްލާޙީ ބޮޑެތި ބަދަލު ގެނެސް ފުލުހުންނަކީ ދިވެހި ރައްޔިތުން އިތުބާރު ކުރާ ބަޔަކަށް ހަދާން ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރާންޖެހޭ މުހިންމު ޤާނޫނީ މަސައްކަތް ވީހާ އަވަހަކަށް ކުރާންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 December 2023

މަތީގައިދެންނެވި ބަދަލުގެނައުމަށް ފުލުހުންގެ ތެރޭގައިއޮތް "ގަދީމީފިކުރާއި އުސޫލު ބަދަލުކޮށް" ފުލުހުންގެހިދުމަތް ލާމަރުކަޒު ކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި ކޮމިޝަނަރެއް ބަހައްޓަވާ 3 ރީޖަންގެ ކޮނިޝަނަރުން ރިޕޯޓްކުރަންޖެހޭ ފަރާތަކީ Director General of Police ކަމަށް ހަމަޖައްސާ މިހާރުގެ ސީޕީގެ މަޤާމް އުވާލަންޖެހޭ.

The name is already taken The name is available. Register?

ޤައުމުގެ ލޯ

07 December 2023

ފުލުހުންގެ ހިދުމަތުގެ ވަރަށް މުހިއްމު ދެ ތަން ތިޔަ ބަދަލްކޮއްލެއްވީ ޝިފާން އަކީ މީހުން ދައްކާ ވާހަކަ ހިދުކޮޅަކަށް ހަދާން ހުންނަ ފަރާތެއް އެހެންވީމާ ގަބޫލްކުރަނީ ހިދުމަތް ވަރަށް ބާރަށް ކުރިޔަށް ދާނޭކަމަށް ޔޫނުސްއަކީ މިހާރުވެސް ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަ ނުކޮށް ހުރި ފަރާތެއް އެހެންވީމާ ދެން ހިދުމަތުގައި އަސާސީ ތަމްރީން ފުރިހަމަކުރުން މާ މުހިއްމުކަމަކަށް ނުވާނެތާ .

The name is already taken The name is available. Register?

މަފް

07 December 2023

އެމްސީ ހަމިދުވަރުގެ ކޮމިސަނަރެއް ނުލިބޭނެ

The name is already taken The name is available. Register?

ގޮޅި

07 December 2023

އިންޓެލް ރިޕޯޓްތައް ރައީސްގެ މޭޒުކޮޅާ ހަމައަށް މިފަހަރު ދާނެބާ؟ ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓަރުކަމަށް އިހުސާނަށް ރުހުންދޭކަށް އެއްގޮތަކަށް ނުފެނެއެވެ. މިހާތަނަށްވެސް ފެންނަމުންދަނީ ކުރިން ޕޮލިހުންގެ ތެރޭގައި އޮތް ސިޔާސީ ކުޅިތައް އަލުން އަތުރާލަމުންދާ މަންޒަރެވެ. ފެންފޯއްރުއްތައް ކަނޑާލާ ފިސްތޯލަ ޑިފެންސް މިނިސްޓަރު ބޯއަޅައިގެން އޮތް ބާލީސްދަށުން ހޯދުން ފަދަ ކަންކަން ތަކުރާރު ކުރުމަށް އެތަނުގަ އިހުސާނަށް ފުރުސަތު ނުދޭށެވެ.

The name is already taken The name is available. Register?

2222

07 December 2023

ސްޕޯކްސް ޕާސަންއަކަށްހުރެ ލައްކަ ދޮގު ހެދި

The name is already taken The name is available. Register?

ދީމުގުރާތުސް

07 December 2023

ރައީސް ޔާމީނުގެ ދައުރުގައި ތިޔަ ޕޮލިސް ހިންގިގޮތް އެންމެނަށްވެސް އެގޭ. ޔަގީނުންވެސް ސީޕީ ހަމީދު ތިޔަތަން ލައްކަތަނުން ކުރިއަށް ޖައްސާ، އެތަނުގައިހުރި ހަޑި ގޮނޑުތަކެއް ސާފުކުރި. ހީވާގޮތުން ބެކްޓު އަންޒަމާނަށް މިދަނީ! ކަޕްޓަން އިހުސާންގެ ފަރާތުންވެސް އުއްމީދުކުރިވަރުގެ އޯޕަން ޓްރާންސްޕޭރަންޓް ބަސްމަގެއް އަދި ނުފެނޭ. މިތިބީ ބަލަން.

The name is already taken The name is available. Register?

2222

07 December 2023

އާއިލީ ވެރިކަމެއްގައި ލިބުނު ކާމިޔާބެއް އެއީ.

The name is already taken The name is available. Register?

ދީމުގުރާތުސް

07 December 2023

@2222: އާއިލީ ވެރިކަމެއްގައިވިޔަސް، ޕްރޮފެޝަނަލިޒަމް ކުރިއަށްނެރެ، ލީޑަރޝިޕް ދައްކަައިދިން. މިވެރިކަމުގައި އަހަރެންގެ ކޮންސާންއަކީ ކުރިން ހަޑިހޭވި، އެތަކެއް ޖަރީމާތަކެއްހިންގި ލީޑަޝިޕެއްގެ ބައިވެރިއެއް އަނެއްކާވެސް ކުރިއަށް ނެރުނީމަ. އޭރު ޕޮލިސް އިންޓެލް، އަދީބުގެ ކޮންޓްރޯލު އަދި ގޭންގުތައް ދޫކޮށްލާފަައިއޮތް އޮތުމުގެ ބައިވެރިން ބާރުތަކުގެ ވެރިންނަށް އުޅޭތީ. މުއިއްޒު ކޭން ޑޫ ބެޓާރ. މުއިއްޒުގެ ލެގަސީ ހަޑިވާތަން ދެކޭކަށްބޭނުމެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454