އައްޑޫގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ--- ފޮޓޯ:ޕޮލިސް
07 ޑިސެމްބަރ 2023 - 13:27
އައްޑޫގައި ގޭންގު މާރާމާރީތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ 11 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބާކީ ތިބި 10 މީހުންގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާއިރު، ދެން ތިބި މީހުންގެ ބަންދަށް އެކި މުއްދަތުތައް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
ފުލުހުން ބުނީ އައްޑޫގައި ހިންގި ދެ މާރާމާރީގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށެވެ.
އައްޑޫގައި މާރާމާރީތައް ފެށުނީ ފާރެއްގައި ކުރަހާފައި ހުރި ގްރެފިޓީތަކެއްގެ މައްޗަށް އެހެން ގޭންގެއްގެ ބަޔަކު މިދިޔަ މަހުގެ ގްރެފިޓީތަކެއް ޖެހުމުންނެވެ. އެކަމާ ގުޅިގެން ހިތްހަމަނުޖެހުންތައް ބޮޑުވެ، އެކަން އެންމެ ފަހުން ޒުވާބަކަށް ބަދަލުވެ، ގޭންގް ހަމަނުޖެހުމަކަށް ބަދަލުވެ، އެކަކަށް ހަމަލާދިނެވެ.
އައްޑޫގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ: މާރާމާރީ ހިންގަން ތައްޔާރުކޮށްފައި ހުރި ހަތިޔާރުތަކެއް ވަނީ ހޯދައިފައި --- ފޮޓޯ: ޕޮލިސް
އެކަމުގެ ބަދަލު ހިފުމުގެ ހަމަލާއެއް މިދިޔަ އާދިއްތަ ދުވަހު ދިނެވެ.
އިއްޔެ ފުލުހުން ވަނީ މާރާމާރީ ހިންގަން ތައްޔާރު ކޮށްފައިހުރި ހަތިޔާރުތަކެއް ވެސް ހޯދައިފަ އެވެ.
އެ މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވި އެވެ. ފުރަތަމަ މާރާމާރީގައި ހާލު ސީރިއަސްވި މީހާ ވަނީ މިދިޔަ ހަފުތާގައި މާލެ ގެނެސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަލޯ
08 December 2023
ގުރޫޕް މާރާމާރީގައި ބައިވާ މީހުންގެ އިންސާނީ ހައްގު އާދަޔާ ހިލާފަށް ގިނަވާނެ. އެކަށީގެންވާ ހެއްކެއް ނުހުންނާނެ. އެއްދޮރުންވަންދާފަ އަނެތް ދޮރުން ނެރެލީމަ އެެހެރީ އިންސާފް ގާއިމްވެފަ.
އޮނަރަބްލް އަފީފު ދީދީ
07 December 2023
ހޯމްލޭންޑް މިނިސްޓަރަކަށް ހުންނެވީ އައްޑުއަށް އުފަން އައްޑޫ ރަޒެްވެއްސެއް ކަމަށްވާތީ އައްޑޫ އެއަރޕޯޓްގައި ސެންޓަރު ހަދައި ބޮޑް ސަރަޙައްދެއްގައި ފެންސް ޖަހައިގެން "ޕިކްނިކް މޯޑްގައި" އެތަނުގައި ފުލުހުން ތިބުމަކީ ބޭނުން ކަމެއްނޫންކަން ރަނގަޅަށް އެގިވަޑައިގަންނަވާނެ. # އެހެން ކަމުން އެއަރޕޯޓްގައި ހުރި ފުލުހުންގެ މަރުކަޒު އައްޑޫ ފޭދޫ އަވަށަށް ބަދަލުކޮށް "ގޭންގް ތަކުގެ ބިރުވެރިކަމުން" އައްޑޫ ރައްޔިތުނަށް ރައްކާތެރިކަން ހޯދާ ދެއްވާނެކަމަށް ދެކެން.
ބަރުބާދު
07 December 2023
ދޫކޮއްލަން ޖެހުނީ ފެޑެރޭސަންގެ ރައީސްގެ ކޮއްކޮއަކައް ވެގެންތޯ؟.
ރަށު މުދިމު
07 December 2023
ހައްޔަރު ކޮއްފަ ދޫކޮއްފަ ދެން ދޫ ކޮއްލީމަ އަނެކަކު ބޮލައް އަރާނީ. ބޮލޭމް ކުރާނީ ނިމުނު ސަރުކާރައް. ރާއްޖޭގެ ކަން ހިނގާގޮތް.