ޝަހީބު ބްރޯޯޑްކޮމްގެ ރައީސަކަށް ހުންނެވިއިރު މަޖިލީހުގައި: އޭނާ މިއަދު ވަނީ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހަމަޖައްސާފައި -- ފޮޓޯ: މިހާރު
13 ޑިސެމްބަރ 2023 - 13:17
މީޑިއާގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު ޝަހީބަށް ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމް ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް މިއަދު އޭނާ އައްޔަން ކުރައްވާފައިވާކަން ޝަހީބު ވަނީ "މިހާރު" ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ޝަހީބު ނޫސްވެރިކަން ފެއްޓެވީ "ހަވީރު" ނޫހުންނެވެ. އޭގެ ފަހުން ސަން މީޑިއާގެ ސީއޯއޯގެ މަގާމު ވެސް ފުރުއްވި އެވެ. އަދި މިހާރު "އަދިވެސް" ނަމުގައި އަމިއްލަ ނޫހެއް ހިންގަވަމުން ގެންދަވަ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ކަމާއި ރައީސްކަން ވެސް ކުރައްވައިފައިވާ ޝަހީބު އެ ކޮމިޝަންގައި ހުންނަވައިގެން، ރައީސް އަބްދުﷲ ޔާމީންގެ ދައުރު ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.
ޝަހީބަކީ، ނޫސްވެރިކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ނޫސްވެރިކަމުގެ ރޮނގުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އަލިމަސް ގަލަން ވެސް އޭނާ އަށް ލިބިވަޑައިގެންފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޓުރައީސް
14 December 2023
ބޮޓޭމެން މިކިޔަނީ އެކައްޗެކޭ. ވަރަށް މޮޅު، ވަރަށް ކަމުދޭ، ވަރަށް ގާބިލު. ބަލަ މޮޔަފުޅުވީތޯ. ވަރަށް، ވަރަށް ވަރަށް ތިކިޔަނީ ކޮންކަމަކަށް ބިނާކޮށްފަތަ. ނިކަން ސަބަބެއް ދައްކަބަލަ.
ޝަހުމާ
14 December 2023
ވަރަށް ރަނގަޅު ނިންމެވުމެއް.ޑރ މުއިއްޒުއަށަ ޝުކުރިއްޔާ
ސިއްތިމާވާ
14 December 2023
ޝިހާބު ތި މަގާމަށް ވަރަށް ކުފޫ ހަމަވާނެ
އިބްރާހިމް ހަނީފް
14 December 2023
ޝިހާބުގެ ގާބިލިއްޔަތު ވާހަކަ އެންމެނަށް އެބަ އިނގޭ. ވަކި ވަރަކަށް ދެން ކިޔާދޭން ނުޖެހޭނެ
ޒައިމާ މުހައްމަދު
14 December 2023
ކޮބާ ކުރުސީ؟ އޭނަ މިވާހަކަ ނުދައްކާތަ؟ އެކަމަކަށް އެންމެ ރަނގަޅު ވަގުތުގައި ޑރ. މުއިއްޒު ކަން ނިންމާނެ.
މަހުދާ
14 December 2023
މމިއުވާނުހެން ދޮގު ނުހަދާނެ
ޔޫނުސް މުހައްމަދު
14 December 2023
ޑރ މުއިއްޒު އެ ނެންގެވީ އެންމެ ރަނގަޅު ޗޮއިސް. މަރުހަބާ ޝަހީބު
ހަމްދާން މުހައްމަދު
14 December 2023
ޝަހީބަށް ވުރެއް ވަކި ގާބިލް ބޭފުޅެއް ތި މަގާމަކަށް ނުލިބޭނެ
މާނިއު.
14 December 2023
ޝަހީބަކީ ވަރަށް އިލްމީ ބޭފުޅެއް. މަރުހަބާ
ރަދީފްއޮފިޝަލް
14 December 2023
ވަރަށް މޮޅު ބޭފުޅެއް. މަރުހަބާ ޝަހީބް. ''އަދިވެސް'' އަޕްޑޭޓް ވާނެކަމަށް އުއްމީދުކުރަން.